ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ހިންގެވި ޖިނާއީ ކުށްތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅީ، މެމްބަރުކަން ގެއްލުނު ކަމަށް އިލެކްޝަންސް އިން ކަނޑައެލި 12 މެމްބަރުންގެ ފަރާތުންނެވެ.

މައްސަލަ ހުށަހެޅުމަށްފަހު ފުލުހުންގެ އިދާރާގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ފުލުހަށް ހުށަހެޅި ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މަޖިލީހުގެ 12 މެމްބަރުން މަޖިލީހަށް ވަނަ ނުދިނުމާއި، ސަލާމަތީ ބާރުތައް މެދުވެރިކޮށް މެމްބަރުންނަށް އަނިޔާކުރުމާއި، ބައެއް މެމްބަރުން މަޖިލީހުގެ ދޮރާށިމަތިން ބޭރަށްލުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން މިއެދެނީ ފުލުހުންގެ މުއައްސަސާއިން ވީހާވެސް އަވަހަކަށް މިމައްސަލަތައް ބަލައިދީ، ތަހުގީގުކޮށް އަދި ދައުވާ ކުރަންޖެހޭނަމަ ދައުލަތުގެ މުއައްސަސާތަކަށް މިމައްސަލަތައް ވީހާ އަވަހަކަށް ފޮނުވައިދިނުމަށް". އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ، މިއީ ހަމައެކަނި 12 މެމްބަރުންގެ ޒާތީ މަސްލަހަތާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ދާއިރާތަކުގެ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހިނގައިދިޔައީ ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ނުހިގާވަރު ގޯސްތަކެއް ކަމަށެވެ. މަޖިލީހުގެ ރައީސްކަމުގައި މަސީހު އިންނަވައިގެން ފަހުގެ ތާރީޚުގައި ފެންނަން ނެތްވަރު އެތައް ކަމެއް ހިންގަވާފައިވާ ކަމަށެވެ. މިގޮތަށް ކަންތައްކޮށްފައި ވަނީ، ހަމައެކަނި 12 މެންބަރުންގެ މެދުގައި ނޫންކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

"އިދިކޮޅު ހުރިހާ މެމްބަރުންނާ މެދު ވެސް ކަންތައް ވެފައި އޮތީ މިފަދަ އިހާނެތި ގޮތަކަށް. އަޅުގަނޑުމެންނަށް އިންސާފު ލިބެންޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި އަނިޔާ ލިބުނު މީހުންގެ މައްސަލަ ބެލެންޖެހޭނެ. އިންސާފުގެ ކުރިމައްޗަށް މަސީހު ހާޒިރުކުރަން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. މިގައުމުން މަސީހަށް ފުރައިގެން ދެވިގެން ނުވާނެ، ޖަވާބުދާރީވާންޖެހޭނެ" ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ ދައުލަތުގެ ހުރިހާ މުއައްސަސާއެއް ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހާއި މެމްބަރުންގެ އަގުވައްޓާލާފައި ވާކަމަށާއި، މަސީހު މުޅި މަޖިލީސް ފަސާދަކޮށް ޚަރާބުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަލި

    މިދެން ތިމާމެންވަރު ބަޔަކު ނެތްކަމަށް ދެކިގެން އުޅޭ ހަސަދަވެރި ފަސާދަ އުފައްދަންއުޅޭ ބައިގަނޑެއް

    • ޙައްގުބަސް

      ތި 12 މެމްބަރުންގެ މައްސަލަ ފުރަތަމަ ބަލަންވީ!! ހުރިހާ ރައްޔިތުން ނިކުމެ މި 12 މީހުންގެ ކަންތައް ބަލަންވީ!! މިމީހުން ހަމަމަގަށް އަޅުވަންވީ!!

  2. Miadhu

    އިކޮޅޭމެން އަދި ތިއުޅެނީ ހުވަފެނީ ސަރުކާރެއް ފެނިގެން

    4
    2
  3. ސިރިސޭނާ

    ކަޅުފައިސާ މަޖިލިސް

  4. މޯދީ

    ތިމަޖިލީހަކީ މިހާރު ރަށްޔަތުން ބަލާގަންނަ ތަނެއްނޫން.

  5. ފޫހި

    އަބުދުލްޢަފޫރު ދިވެހިރާއްޖޭގަ އޮންނަނީ ރިޔާސީ ނިޒާމެ.. ކޮންބަރުލަމާނީ ނިޒާމެއްގެ ވާހަކަތިދައްކަނީ.. ހާދަ ފުއްޕާމީހެކޭމީ... ދުފޭތޯބަލާތި ދެކޯފުފެންދެން.

  6. ވަހީދު

    ތިއިން ކަމެއްގައި މަސީހު ޢަމަލީ ގޮތުން ބައިވެރި ނުވާ ނަމަ އޭނާއަށް ހުކުމެއް ނާއްނާނެ. ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް މަޖުލީހަށް ވަނުމަކީ ކުށަކަށް ވެދާނެ.

  7. ރާއްޖެ

    މެންބަރުންގެ މައްސަތައް ނުބަލައި މަސީހުގެ މައްސަލަ ފުލުހަށް ހުށަނޭޅޭނެ
    މެންބަރުންގެ މައްސަލަތައް ވީހައަވަށް ތަހްގީގު
    ކުރުމަށް ގޮވާލަން

    2
    1
  8. ބަކުރުބެ

    މިރާއްޖޭގެމަޖިލަިހަކީއުވާލަންޖެހޭތަނެއް

    2
    1
  9. އަބޯ

    މިހާރު ތިޔަ މައްސަލަ އެއް ނުބެލޭނެ . އެދުވަސްވަރުގެ ވަގުތާހާލަތަށް ބަލާއިރު އެއީ މަސީހު ކުރެއްވި ކުށެއްނޫން. އަމީތުމެން ތިޔަ ކުރައްވަނީ މޮޔަކަމެއް.

  10. ނަޢީމު

    ވެރިކަމެއް ތިއޮތީ ލިބިފައި ޙަރާމްގޮތުގަކަމުވިޔަސް! ބާރަށް ތެޅިއަރުވާ ލޮނދިކެޑެންދެން! އިން ޝާ އަﷲ ތިޔަ ގެނައި ވަގު ޙަރާމީ ވެރިކަން މިރާއްޖޭގައި ޤާއިމުވެނޯންނާނެ ގިނަދުވަހަކު!

    1
    1
  11. ސަލީމާ

    ޢަގު ވެއްޓިގަންނަނީ ކޮންމެ ބަޔަކު ޢަމިއްލަޔަށް، ރައްޔިތުން ދާއިރާ ތަމްސީލު ކުރަން މަޖްލިސް އަށް ހޮވީމާ ދައްކާ ރިވެތި ނަމޫނާ ރައްޔިތުންނަށް ނުފެނޭތަ؟