ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކުރިން ކަނޑައެޅި ނަމަވެސް މިހާރު އަލުން ގޮނޑި ލިބިފައިވާ 12 މެންބަރުންނާއި ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމާއި ދެމެދު މީސް މީޑިއާގައި ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުން އެބަދެއެވެ.

12 މެންބަރުންނަށް ނިޔާޒް ފާޑުވިދާޅުވަމުން ގެންދަވާއިރު އެމެންބަރުންގެ ފަރާތުން ނިޔާޒަށް ވެސް ވަރުގަދަ ރައްދުތަކެއް ދަނީ ދެމުންނެވެ.

މައްސަލަ ހޫނުވެފައި ވަނީ 12 މެންބަރުންނަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓް ދިނުމާއި ދެކޮޅަށް ފޭސްބުކްގައި ނިޔާޒް ކުރެއްވި ޕޯސްޓެއްގެ ސަބަބުންނެވެ.

އެ ޕޯސްޓްގައި ނިޔާޒް ވިދާޅުވީ ގައުމުގެ ހާލަތު މިހާ ނިކަމެތި ދަރަޖައަކަށް ވެއްޓިގެން ދިއުމުގައި 12 މެންބަރުންގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. "ފުރަތަމަ ދުވަހުން ފެށިގެން ވެސް 12 މެންބަރުންގެ ވާޖިބު ފުރިހަމައަށް އަދާކުރިނަމަ ޔާމީނަށް އަނިޔާވެރި ވެރިކަމެއް ނުކުރެވޭނެކަން ޔަގީން. ބެލެވޭ ގޮތުގައި މަޖިލީހަށް ހާޒިރު ނުވެވުނު ދުވަސްތަކަށް ވެސް މުސާރަ އާއި އިނާޔަތްތައް ދައުލަތުން ދޭނެ. ވީމާ 12 މެންބަރުންނާއި މެދު ކަންތައްތައްވީ ގޮތް އެމީހުންގެ އަމަލުތަކުގެ ކައްފާރާއަކަށް ނުފުދޭތޯ؟ އަދި ރައްޔިތުންގެ ވިސްނުން ހުރިގޮތް ބެލުމެއް ނެތި ރައްޔިތުން މަޖިލީހުގެ ގޮނޑި ތަބަކަކަށް ލާފައި ދޭން ޖެހޭނެތޯ؟" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒަށް ރައްދު ދެއްވަމުން 12 މެންބަރުންގެ ތެރޭގައި ހިމެނޭ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ބޭއިންސާފާއި ދެކޮޅަށް އެތައް ބަޔަކު ޖިހާދު ކުރިއިރު ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒަކީ ބިރުން ފިލި މީހެއް ކަމަށެވެ. "ތިން އަހަރު ދުވަހު ހިހޫތަނުގައި ހުރެފައި ކޯޓު ފަޓުލޫނުގައި ވައިކުޑައިގައި ފުންމާލައިގެން އައިސް އެހުރީ ވަޒީފާއަކަށް ބިޑް ކޮށްގެން. ހަނދާން ނައްތާލާ." މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ނިޔާޒް ހުންނެވިއިރު ނިޔާޒް ބައްލަވައި ގަންނަން އުޅުއްވި ދެ ފްލެޓަށް ފައިސާ ދައްކަން ބޭނުންފުޅުވީ ފިނޭންސް މިނިސްޓްރީގެ ލޯނަކުން ކަމަށެވެ. "ރައީސް ޔާމީން އެކަމަށް އިންކާރު ކުރުމުން ނިޔާޒް ވާހަކައެއް އުފެއްދި. (ނިޔާޒަށް ލޯނެއް ދޭން) ރައީސް ޔާމީން އިންކާރު ކުރެއްވި ސަބަބެއް އެކަކަށް ވެސް ވަނީ ނޭނގިފައި." މުސްތަފާ ވިދާޅުވިއެވެ.

12 މެންބަރުން ދެކޭ ގޮތް ހާމަކުރަން ހަދާފައިވާ ޓްވިޓާ އެކައުންޓެއް ކަމަށްވާ "ވޮއިސް އޮފް 12 އެމްޕީސް" އިން ފުލުފުލުގައި ކޮށްފައިވާ ޓްވީޓްތަކެއް ވެސް ވަނީ ނިޔާޒަށް ރައްދުދީފައެވެ.

އެއިން އެއް ޓްވީޓެއްގައި ބުނީ "އޭރު އޮތް ބިރުވެރި މާހައުލުގައި ކުރިމަތިލާން ބޭނުން ނުވެ ރާއްޖެއިން ބޭރަށް ގޮސް ހިހޫތަނުގައި ހުރެފައި ގައުމަށް އެނބުރި އައިސް މޮޅެތި ވާހަކަ ނުދައްކާތި. ތިމާއަށްވުރެ ބޮޑު އިންޓެގްރިޓީއެއް އޮތް މީހަކު މިގައުމުގައި ނެތް ކަމަށް ހެދިގެން ނޫޅުއްވާތި." އެވެ.

ބޭއިންސާފާއި ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުންވެ ރާއްޖެ ނުގޮސް ޖަލަށް ގޮސްގެންނާއި އެތައް ގޮތަކުން އަނިޔާ ލިބި އެތައް ބަޔަކު ގުރުބާންވި އިރު ނިޔާޒް ކޮބައިތޯ އާއި އަނިޔާވެރިކަމާއި ދެކޮޅަށް އޭނާ ކުރީ ކޮން މަސައްކަތެއްތޯ ވެސް ޓްވިޓާ އެކައުންޓުން ވަނީ ސުވާލު ކޮށްފައެވެ.

12 މެންބަރުންގެ ފަރާތުން ކުރިމަތި ކުރި ފާޑުކިޔުންތަކަށް ނިޔާޒް ވެސް ފަހުން ވަނީ ރައްދު ދެއްވާފައެވެ. 12 މެންބަރުންނަށް ރައްދު ދެއްވަމުން ނިޔާޒް ވިދާޅުވީ ބަޔަކު ކިތަންމެ ނުރުހުނަސް އޭނާގެ ޚިޔާލު ފާޅުކުރައްވާނަން ކަމަށެވެ.

"ފާއިތުވި ފަސް އަހަރު ރާއްޖެއަށް ދިމާވި އެންމެހައި މުސީބާތްތަކުގެ އަސްލަކީ ޚިޔާނާތްތެރިން ރައްޔިތުންގެ މަޖިލީހުގައި ގިނަވުން. މަޖިލިސް ސާފުކުރަން ޖެހޭ." ނިޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ނިޔާޒް މަގާމުން ދުރުކުރި ފަހުން ރައީސް ޔާމީންގެ ސަރުކާރަށް ނިޔާޒް ފާޑުވިދާޅުވާތީ ބައެއް މީހުން މީގެ ކުރިން ވެސް ސުވާލު އުފައްދާފައި ވެއެވެ. މަގާމުގައި ހުންނަވާ ނިޔާޒް މަގާމުގެ ޒިންމާ އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރައްވާފައި ނުވާކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މިއަދު

    ސާބަހޭ ފަހުލަވާނުންނޭ ތަޅާތަޅާ ތަންރޫޅާލާ ކަލޯމެނަށް ކަމެއް ކުރެވުނުކަމަށްވާނީ އިބޫސޯލިހު ހުވާނުކޮށް އިސްތިއުފާގެ ސިޓީ މަޖިލިހަށް ފޮނުވޭވަރު ކުރިއްޔާ

  2. ހިހޫތަން

    ބަލަހަމަ ތިޔަ ބުނާ ހިހޫ ތަނުން ކާން ދެއްތޯ ބޭފުޅުން ތިޔަ ކިޔާ ކެނެރީގޭ މުގާބޭ ވެސް އޮތީ، އޭނަވެސް މިހާރު އައިސް ވަޒީފާ އަކަށް ބިޑް ކޮށްގެންނު ހަމަ އުޅެނީ

    އެމް.ޑީ.ޕީ ލޮޖިކް

  3. އައިޝާ

    ނިޔާޒްވެސް ތިޔަ ފަޅާއަރަނީ ރައީސް ޔާމީނާ ދެކޮޅުވީ ކީއްވެގެންކަން ބަލަ ރައީސް ޔާމީންފަދަ ރަނގސޅުވެރިއެއް މިގައުމުގެ ވެރިކަމަކަށް އަދިނާދޭ

  4. ސިޔާސީ

    12 މީހުންނަކީ ގައުމު ލޫޓްވި މީހުންނެވެ އެމީހުން މުދާ ސަރުކާރަށް ހިފަން ޖެހެއެވެ
    އަދި ެމީހުންގެ އެކައުނޓްތައް އިޑިޓްކޮށް
    މަކަރާއި ހީލަތުން ހޯދާފައި ކަމަށް ބެލެވޭ ތަކެތި
    ތަފްސީލް ކުރަންޖެހެއެވެ

    • ސައްތާރު

      ވަރަށް ރަނގަޅު ވާހަކައެއް!

    • ޗިއްލޫ

      ގޮނޑި ގެއްލުނުކަމަށް ސްޕްރީމް ކޯޓުން ކަނޑަނޭޅިޔަސް ހަމަ ހިތައްއެރިއްޔާ މަޖިލީހަށް ހަޒިރުވަނީ، ގަޔަށް ނޭގި އެންމެދުވަހަކު މަޖިލީހަށް ހާޒިރުނުވެވެސް ލައްކައިން މުސާރަޔަށް އެބަލިބޭ، އަދި ކޮބާ ކަރަޮޕްޝަނުގެ ފައިސާ!!!!!!!!!!!!

  5. ރައްޒާން

    ބާރަ މެމްބަރުން މިހާރު ހީކުރަނީ ޕުރައިމަރީ އަކާއި ޖުލައި ޓިކެޓު ލިބުމަކީ އެމީހުންގެ ހައްގެއް ކަމަށެވެ. މިއީ އަޖައިބު އަންތަރީސް ވާވަރުކަމެއް. އެހެނީ ބާރަ މެމްބަރުން ހީ މިކުރަނީ އެމީހުންނައް މަޖިލީހައް ނުވަދެވުމަކީ އެއީ ކުރިއައްއޮތް ދައުރުގައި މަޖިލީހައް ކުރިމަތިލާން ބޭނުންވާ އެހެން އެންމެންގެ ހައްގުތައް ބާތިލު ކުރުވާނެ ކަމެއްތޯއެވެ. ބާރަ މެމްބަރުން ދައުވާ ކުރާގޮތައް ތާއީދު އޮތް ކަމުގައިވާނަމަ ކެރިގެން ހަމަ ޕުރައިމަރީ އާއި ކުރިމަތިލައިގެން ހޮވެންވީނޫންތޯ..

  6. ނިޔާޒު

    މިގައުުމުގެ އެންމެންނަކަށް އަނިޔާއެއްނުލިބޭ.އަނިޔާ ލިބުނީ އަމިއްލައެދުން ހާސިލްކުރަން އަނިޔާތެރެއަށް ވަންމީހުންނަށް.

  7. ސުންބުޅި

    ސާބަހޭ

  8. .ތެދު

    .އެއީ ވަރަށް ބޮޑުތެދެއް އެއްވެސް މީހަކު ނުހުންނާ ޚަންޖަރު ހިފައިގެން ދިއޭމާ ޚަންޖަރުހަރަން ބަޑުދައްކައިގެނެއް ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރާނެ ކޮންމެ މީހަކުވެސް ހަތިޔާރު ނަގާނެ ޖަލަށްލީ ކޮންމެ މީހަކީވެސް ތި 12 މެމްބަރުންނާ ގުޅިގެން މި ލޮބުވެތި ގައުމު ފިތުނަވެރިކޮށް ފަސާދައިގެ ތެރެއަށް ވައްޓާލި މީހުން އެއިރު ކޯޓުތަކުންވެސް އެގޮތަށް ނިންމި މިހާރު މިހާރުއެހެން ނުވީ.......

  9. ބިސް ބުރު

    ނިޔާޒް ތި ވިދާޅުވީ ވަރައް ބޮޑު ތެދުފުޅެއް.

  10. ޒޫޝާން

    ވާ.. ވާ.. ވާ... ވާސަރީ.... ކަލޯގަޔާ އަވަހޭ ފެށިލެއް ސާބަހޭ ސަބަހޭ ސާބަހޭ.. ޖަޒީރާ ސާބަހޭ...ލާލަލަލާ ..

  11. ތެދު

    އަނިޔާ ތިކިޔަނީ ބޮޑުކެކުރި ކުޑަ ކެކުރި ނުބެލީމަތަ...

  12. ބެއްޔާ

    "ރާއްޖެއަށް ދިމާވި އެންމެހައި މުސީބާތްތަކުގެ އަސްލަކީ ޚިޔާނާތްތެރިން ރައްޔިތުންގެ މަޖިލީހުގައި ގިނަވުން. މަޖިލިސް ސާފުކުރަން ޖެހޭ." ތާއީދު. އެއޮތީ ޕާޓީ ބަދަލުކުރުންމަނާ ބިްލވެސް ބާޠިލްކޮށްފި. ކަރަޕްޓް

  13. ފަޤީރު ކަލޯ!

    ނިޔާޒަކީވެސް ޚިޔާނާތްތެރިންނާ ގުޅިގެން އެޚިޔާނާތް ތައްފޮރުވުމަށް މަގުފަހި ކުރުވި މީހެއް! ނިޔާޒަކީވެސް ޚިޔާނާތްތެރިއެއް! އޭރު އޭނާގެ މަޤާމުގެ ހައިސިއްޔަތުން، ފޮރުވުންތަކެއް ފޮރުވާފައި އެބަހުރި! އަހުރެން މީ އެކަން އެއްމަޖިލިހަކުން ދެކެފައި ހުރި މީހެއް!

  14. ޔާމިން

    ނިޔާޒްގެވާހަކަރަގަޅު

  15. އަލިބެއްޔާ

    ތިބުނާ 12 މެންބަރުން ގައުމަށް ކޮށްދިނީ ކޮން ކަމެއް؟؟؟ ފައިދާއެއް ނެތް ގެއްލުން ދިން ބައެއް.. އާރާބާރުގަ ތިބެ ގައުމުގެ ބިން ވިއްކަން އެއްބަސްވި މީހުން.. ވޯޓުދިން މީހުން.. ލާރިއަށް ޕާޓީ ބަދަލުކޮށް، ބުރަ މަސައްކަތުން ހޮވާދިން ރައްޔިތުންނަށް ހަރާންކޯރުވި 12 މެންބަރުން.. މަޖްލިސް އަށް ޑްރާމާ ކުޅޭ މީހުން، ގޭންގް ގްރޫޕްތަކުގެ މީހުން، ކާޑު ގުދަނުގެ ދޮރުވާނުން، ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް ނުޙައްގުން މުއްސަދިވެފައި ތިބި މީހުން ވެއްދީމާ ރައްޔިތުންގެ މަޖްލިސްގެ ކަރާމަތަށް އޭގެ ސަބަބުން އުނިކަން ލިބޭ.. ބިނާ ކުރަނިވި، ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމަކަށް އެންމެ ކުޑަމިނުން ބަހެއް ބުނާނެ ފެންވަރެއް އެއިން މީހެއްގެ ގައިގަ ނުހުރޭ.. ރައްޔިތުން ވިސްނާ.. ޕާޓީ ފިކުރުގަ ގައުމު ފުޑާ ނުލާންވީ.. މަޖްލިސްއަކީ ހުރިހާ ރައްޔިތުންގެ ޙައްޤު ހިފަހައްޓާތަން.. ތަޢުލީމީ ޒުވާނުން، ހިލްމާއި ޢިލްމު ހުރި ފަރާތްތަކަށް ފުރުސަތު ދީ..

  16. ކަރާ

    ނިޔާޒަށް ކޮޅުކެހި؟ ނުވާނެ ތިކަމެއް އަވަހަށް ތިކަން ހުއްޓާލާފަ ލަންކާއަށް ދޭ

  17. ނިޔާޒް އބ

    ހުރިހާޤައުމެއްގަވެސް ކުއްވެރިންނަށް އަނިޔާލިބޭނެ ،، ރިސްވަތުފައިސާ ކެއުމުން މަރަންވީ ،، މިހާރު މިޤައުމުގަ ރިސްވަތާނުލައި އެއްވެސްކަމެއްނުވާނެ

  18. 12 ވގ

    12 މެމްބަރުން ކިތަންމެ ވަރަކަށް ހުދު ކާފޫރަށްވާން އުޅުނަސް ބުނެވޭނީ ހަމަ ވަޓިދިސް؟ ކިތަންމެ ވަރަކަށް ކޮރަޕްޓް ނުވަމޭ ބުންޏަސް ބުނެވެން އޮތީ ތިމަރަ ފައިޓަރ ޖެޓް ވަޓިދިސް؟ ނިޔާޒް ބުނިވާހަކަ އެއީ%100 ތެދެއް ތި12 މެމްބަރުން ނިކަން ބުނެބަލަ ކޮން ޕާޓީ އެއްގެ ޓިކެޓެއްގަ މަޖްލިސްއަށްވަދެގެން ތިއުޅެނީ؟ މޑޕ މީހުންތޯ ވޯޓް ދިނީ؟ ވޯޓްދިން ރައްޔިތުންނަށް ކޮންކަމެއްތޯ ކޮށްދިނީ؟ ދެން އަނިޔާވެރިވީ ކޮންބައެއްތޯ ވަޓިދިސް؟ އަނިޔާއެއް ފެނުނީމަ އެނގޭނެތޯ؟ ނުހައްގުން ރައްޔިތުންގެ ފއިސާ ބަނޑުއަޅައިގެން ތިބެނީ މަޖްލިސްގެ ކިތަށް ޖަލްސާގަތޯ ބއިވެރިވީ؟ ރައްޔިތުންގެ ލާބަޔާއި މަންފާހުރި އަދި ރައްޔިތުންގެ ތަރައްގީއަށް ކިތަށް ވޯޓްތޯ ދިނީ ވަޓިދިސް ؟ފާއިތުވި ދުވަސްތަކަށް އެއްމެ ލޯލާރިއެއްވެސް ދީގެން ނުވާނެ ރައްޔިތުންގެ ފައިސާއަކީ އެހެން މީހުންގެ ހިއްސާއެއް އޮތްގޮތަށް މަގޭވެސް ހިއްސާ އޮންނާނެ މަގޭ ހައްގު މަށަކަށް މާފެއް ނުކުރެވޭނެ ވަޓިދިސް ވަޓިދިސް ވަޓިދިސް

  19. އަންނި

    ތިޔަ 12 މެންބަރުން ގައުމަށް ކޮށްދެއްވި ކަމަކީ ކަރަޕްޝަނުގެ ފައިސާ ބަނޑު އެޅުން ކޮންކަމެއްތޯ؟؟؟ މިމީހުންވެސް ހެދިގެން އުޅެނީ ތިމަންމެންނަކީ މިގައުމުގެ ހީރޯއިންނަށް!!! މީދެންކޮންބަޔެއްތަ އަޅެ!

  20. މުސްލިމެއް

    ތިޔަ 12 މެމްބަރުންނަކީ އަމިއްލަ އެދުމުން ފޯވެގެން ތިބި ބައެއް. ޢަނިޔާއޭ ގައުމުގެ ހަލާކޭ ބުނާއިރު ގައުމުގެ ލާބްއާއި މަންފާއަށްޓަކައި އެމީހުން ކުރި އެންމެ ކަމެއް ބުނެބަލަ

  21. ސަމަދު

    ނިޔާޒޫ ބޭޒާރުވުންނޫންކަމެއް ނުވިއެއްނު. ކަލޭހީކުރީ މުސްތަފާމެންނާ ޖަދަލުކުރެވޭނެކަމަށްތަ؟ މުސްތަފާމެންނަކީ، ޔާމީނުއަތުންވެސް ކައިގެން މައުމޫނު އަތުންވެސް އިބޫއަތުންވެސް ބަނޑުއަޅަން މޮޅު ވަގެއް؟ ތިމރަފުށީ މުސްތަފާއަކީ މުޅިރާއްޖެ ދަންނަ ކަނޑުގަ ލެއްވިނަމަ ކަނޑުގެރި، ކަނޑުފުރޭތަ؟ މިހިސާބުގަނޑުގެ ހުރިހާ ގައުމަކަށް ދަރާފައޮތީ، އެރޭ ގައުމެއްނެތް. ދެން ނިޔާޒުވެސް ކުރަންއުޅުނު ހަޑި ކަނތައްވެސް ފަޅާއެރީއެއްނު. ޔާމީނާ އެހާ ޖައްސާލައިގެން ތިއުޅުނީ ތިކަމާތާ. ދެން ގާސިމުގާތުގަ ކުޓުވައިގެން އުޅުނީ މީހުންގެ މުޅަމަސްކައި ސަރުކާރުގެ ސިއްރުތައް ބޭޒާރުކުރަން. މޮޅުތަކެއް ވެއްޖެއެއްނު. އެންމެ ފަހުން ބުޅަލަށް ވީވަރުވެސް ނުވި. ތިކަހަލަ ދެއުޅިއެއްނުވާ މީހުން ބޭނުމެއްނުވާނެ މިހާރު ސަރުކާރަކުން. ދން ލަލަލާ

  22. ޢަލި

    12 މެމްބަރުންނަކީ ޤައުމުގެ ހަލާކު