ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ކިތަންމެ ބޮޑު ނަމަވެސް ތުޅާދޫ ދާއިރާ އެމްޑީޕީއަށް ނުލިބިއްޖެނަމަ އިންތިޚާބުގައި ވާދަނުކުރައްވާނަން ކަމަށް ގާނޫނީ ވަކީލާ އަލްއުސްތާޛާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ހިސާން މިހެން ވިދާޅުވީ "ވީޓީވީ" ގެ "ފަސްމަންޒަރު" ޕްރޮގްރާމުގައެވެ.

ރޭގެ ޕްރޮގްރާމްގައި ހިސާން ވިދާޅުވީ ތުޅާދޫ ދާއިރާ ޚިޔާރުކުރެއްވީ އެދާއިރާއަކީ ވަރަށް ގާތް ދާއިރާއަކަށް ވުމުން ކަމަށާއި ބައްޕައަކީ ބ.އަތޮޅު ބޭފުޅަކަށް ވެފައި އެންމެ ކުޑައިރުއްސުރެ ވެސް ތުޅާދޫއަށް ވަޑައިގަންނަވާ ކަަމަށެވެ. ތުޅާދޫ ރައްޔިތުންނަށް ހިސާން އެނގޭނެ ކަމަށާއި މާލޭގައި ދިރިއުޅުއްވި ނަމަވެސް ތުޅާދޫ ރައްޔިތުންނަކީ ބީރައްޓެހި ބައެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީ އަށް ތުޅާދޫ ދާއިރާ ނުލިބިއްޖެނަމަ ފަހަތައް ޖެހޭނަން ކަމަށް ހިސާން ވިދާޅުވިއެވެ.

"މަޖިލީހުގެ ގޮނޑިތައް ކޯލިޝަން ތެރެއިން ބެހިގެންދާއިރު ތުޅާދޫ ދާއިރާ އެމްޑީޕީއަށް ލިބޭ ދާއިރާއަކަށް ނުވާނަމަ އަޅުގަނޑު ފަހަތަށް ޖެހޭނަން. އަދިހަމަ އެއާއެއްކޮށް ކޯލިޝަނުން ކޮންމެ ކެންޑިޑޭޓަކު ނެރުނު ކަމުގައި ވިޔަސް އެކެންޑިޑޭޓަކާ އެކުގައި އެމަސައްކަތުގައި ދެމިހުންނާނަން، އަޅުގަނޑުގެ ތާއީދު އެކެންޑިޑޭޓަކަށް ލިބޭނެ. އަޅުގަނޑެއް ޕާޓީގެ ނިންމުމާ ޚިލާފަށް ނުވަތަ ކޯލިޝަންގެ ނިންމުމާ ޚިލާފަށް އަމިއްލަ ގޮތުން ނުކުމެ އެދާއިރާއަށް ނުވަތަ އެހެން ދާއިރާއަކަށް ކުރިމަތިލުމަށް ވެސް މަސައްކަތެއް ނުކުރާނަން" ހިސާން ވިދާޅުވިއެވެ.

އެމްޑީޕީއަށް ތުޅާދޫ ދާއިރާ ނުލިބިއްޖެނަމަ، އެދާއިރާ ލިބޭ ޕާޓީއަކުން ފުރުސަތު ހޯއްދެވުމަށް ނޫޅުއްވާނީ ކީއްވެތޯ ދެންނެވުމުން ހިސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޝައުގުހުރި ވަރަށް ގިނަ ބޭފުޅުން ކޯލިޝަންގެ އެހެން ޕާޓީތަކުގައި ވެސް އެބަތިއްބެވި ކަމަށާއި ޓިކެޓެއް ހޯދަން އެހެން ޕާޓީއަކަށް ބަދަލުވުމަކީ އިންސާފުވެރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ހިސާންގެ ބައްޕަ ޝެއިހް ހުސައިން ޔޫސުފަކީ ބ.ހިތާދޫ ބޭފުޅެކެވެ. އެ ރަށް، ހިމެނޭ އޭދަފުށީ ދާއިރާއަށް 2009 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ހިސާން ވާދަ ކުރެއްވި އެވެ. އެ އިންތިޚާބު ހިސާން އާއި ވާދަކޮށް ކާމިޔާބު ކުރެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ރެޑްވޭވް ސަލީމެވެ. އޭގެ ކުރިން ބޭއްވި މަޖިލިސް އިންތިޚާބަށް ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ތުޅާދޫ ދާއިރާގެ ޕްރައިމަރީގައި ހިސާން ވާދަ ކުރެއްވި އެވެ. ނަމަވެސް އެފަހަރު ވެސް ވީ ނާކާމިޔާބީ އެވެ.

ރައްޔިތުން މަޖިލީހަށް ކުރިމަތިލައްވަން ހިސާން ނިންމެވި އިރު މިމަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާނެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކުލަވާލާ ކެބިނެޓްގައި ބަންޑާރަނައިބު ކަން ކުރައްވަން އެންމެ ރަނގަޅީ ހިސާން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ނަމަވެސް މިހާރު ޤާނޫނު އަސާސީ އޮންނަ ގޮތުން އެއްވެސް ބޭފުޅަކަށް ވަޒީރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އެއް ފަހަރާ އަދައެއް ނުކުރެއްވޭނެއެވެ.

ހިސާން ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ލީކަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި އޭނާ ވަނީ އެމަނިކުފާނު ޖަލު ޙުކުމުން ސަލާމަތް ކުރައްވަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އެމްޑީޕީ އާއި އިދިކޮޅު އިސް ފަރާތްތަކުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ފާއިތުވި ފަސް އަހަރު އެންމެ ގިނަ މަސައްކަތް ކުރެއްވި އެއް ބޭކަނބަލަކަށް ވެސް ހިސާން ވާނެއެވެ.

ހިސާން ތުޅާދޫ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލައްވަން ނިންމެވި އިރު މިހާރު ތުޅާދޫ ދާއިރާގެ މެންބަރަކީ ނާޒިމް ރަޝާދު އެވެ. ތުޅާދޫ ދާއިރާގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ތުޅާދޫ އަކީ އެމްޑީޕީގެ ސަޕޯޓް ބޮޑު ރަށެކެވެ. އެހެންކަމުން ތުޅާދޫ ދާއިރާގެ މަޖިލިސް ގޮނޑިއަކީ "އެމްޑީޕީ އަށް ޔަގީން ގޮނޑިއެއް" ކަމަށް އެދާއިރާގެ ގިނަ ރައްޔިތުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މިސް ހެޓްރިކް

    ކަމަނާ ހެޓްރިކެއް ހެދިދާނެތީ ބިރުންތޯ ނޫނީ ލަދުންތޯ؟ ޖަވާބުގެ އިންތިޒާރުގަ މިހުންނަނީ........ ހީހީ ހަލާކުވެދާނެ......ހެހެހެހެހެ

  2. މޫސާ / ތުޅާދޫ

    ތުޅާދޫ ދާއިރާގެ ރައްޔިތުންގެ އިޚްލާޞްތެރިކަމެއް ހަމްދަރުދީއެއް އޮތްނަމަ އެދާއިރާއިން މަޖްލިސްއަށް ނަގާނީ ރައީސް ޔާމީން ދައްކަވާ ފަރާތެކެވެ. އެހެނީ އެދާއިރާއިން އެފެންނަ ތަރައްޤިއަކީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީއެވެ. އެމްޑީޕީގެ ވެރިކަމުގައި ހަމައެކަނި ކުރިކަމަކީ ދަޅަދެއްކުމެވެ.

  3. ޖޭމްސް

    ރަގަޅު ނިއްމުމެއް

  4. މިއަދު

    އަތޮޅުތަކުގައި ޕާޓީއަށް އޮތް ސަޕޯޓު އެގުމުން މާޔޫސްވީދޯ ނުހޮވޭނެކަން ޔަގީންވީދެއްތޯ

  5. އަލީ

    ތުޅާދޫ ދާއިރާ ފިޔަވައި ކާމިޔާބު ކުރެވޭނެ ދާއިރާއެއް ނެތީތޯ؟ރާއްޖޭގައި އެތަކެއް ދާއިރާ އިބައޮތެވެ. ހަމަ އެއްވެސް ދާއިރާއކުން ކާމިޔާބު ވާނޭކަމުގެ އުއްމީދު ނެތީތޯ؟ ރާއްޖޭގެ އަުމާލުކުލޫނީ

  6. ކިއްސަރު

    ދެންތުޅާދޫ އިތުރުދާއިރާއެއް ޤާނުނީވަކިލުން އިފައްދާންވީނުދެއްތޮ

  7. ޗިއްލޫ

    މިހުރިހާ މިހުންވެސް ދުވަނީ ގަމާރު ރައްޔިތުން ތިބި ހިސާބުތަކަށް ކުރިމަތިލުމަށް! ހަމަ އެގޮތައް އަންނިވެސް އައްޑޫ މީހުންގެ ގަމާރުކަން ދުނިޔެއަށް ދައްކަމުން މިދަނީ!

  8. އިބްރޭ

    ތީ ޝެއިހް ހުސައިން ޔޫސުފުގެ ކުއްޖެކޭ ބުނަންވެސް ލަދުގަނޭ. ދީނުގެ އެއްވެސް އަސަރެއް ފެންނާންވެސް ނެތް. ބޮޑުކުރެވުނުގޮތް ގޯހީތާ

  9. ދދދދދދދ

    ކަލޭގެ ރަށު ދާއިރާއަށް ކަލޭ ލާބަލަ. ތުޅާދޫ ދާއިރާއަކަށް ކަލޭ ކޮން އުނދަގުލެއް ޖައްސާކަށް.

  10. ހައްޤު ގޮތް

    ތުޅާދޫ ދާއިރާ އެމްޑީޕީއަށް ލިބުން އެއްމެ ރަގަޅެވެ.ސަބަބަކީ 2014 ވަނަ އަހަރު ގެ މަޖްލީސް އިންތިޚާބުގެ ގޮޑި ކާމިޔަބު ކުރީ އެމްޑަިޕީ އިން ކަމަށް ވާތީއެވެ.އެކަމަކު އެމްޑީޕީގެ މެމްބަރުން ދުވަހަކު ވެސް ނުހޮވޭ ދާއިރާ ތަށް އެމްޑީޕީ އަށް ލިބޭ ކަށް ނުޖެހެއެވެ.އެކަން އޮންނާން ޖެހޭނީ މިހާރު ހުރި މެމްބަރެއް ދާއިރާ އެއްގެ ގޮތުގައެވެ.

  11. އަލީ ށ

    ހެޔޮ ނުކުރިޔަސް. މައިބަދަ ބިދިދާނެ ތީ ހެދީ ދޮގު

  12. ހުސެން

    މިދިޔަފަހަރު އަމިއްލަރައް ޢޭދަފުއްޓައް ކުރިމަތިލައިގެން ހިސާން ބަލިވީ. މިހާރު ތިއުޅެނީ ތުޅައިދޫގަ މޑޕގެ ތަނަވަސް މެޖޯރިޓީ އޮތްނާތީ އެތަނުން މޑޕ އިން ކޮންމެމީހަކު ކުރިމަތިލިޔަސް ހޮވޭނެކަން ޔަގީންވާތީ އަވަހައް އެތަނައް ބޯކޮއްޕާލަން. ހިސާނަކީ ތުޅާދޫ ދާއިރާގެ މީހެއްނޫން އެހެންވީމަ އެދާއިރާގެ ރައްޔިތުން ނޫން ދުރުބަޔަކައް ފުރުސަތުދޭކައް ނުފެނެ. ހިސާނަކީ ވަރައް ހިހޫތަނުން ކާންބޭނުންވާ ވަރައް އިއްޒަތްތެރިކަން ބޭނުންވާ ބޮޑާ މީހެއް.

  13. މޫސަ

    އެއްވެސް ދާއިރާއަކަށް ކުރިމަތިނުލެއްވުން އެދެން މުހިއްމު ސަޙުސިއްޔަތެއްނޫން.... ތުޅާދޫ މޫސަ ތިބުނާ ރ. ޔާމީނުގެ ތަރައްޤީ ،، މާލެ. ހުޅުމާލެ. އައްޑޫސިޓީ. ގދ.ތިނަދޫ. ދ. ކުޑަހުވަދޫ ނ. މާފަރު. ށ. ފުނަދޫ. ހދ. ކުޅުދުއްފުށި. މިއަތޮޅު ތަކަށް ނުވަތަ ރައްތަކަށް ނުފެނުންއިރު ތުޅާދޫ މީހުންނަށް ވަކިންފެންނާކަށް ޖެހޭނެކަމަކުނެތެވެ..

  14. އަލީ ށ

    ކަމަނާ ކީއްކުރަން ކުރިމަތިލަނީ . މައިބަދަ ގޯސްވާހަކަ ދެއްކުން އޮތްކަމަކީ

  15. ޢަލީ ރާޖާ

    ވަކި މީހަކަށް ދާއިރާ ހުސްކުރާކަށް ނުޖެހޭ. ރައްޔިތުން ގޮތެއް މިންމާނީ

  16. ހަލި

    ކަމަނާގެ ވާހަކަ އިން އެގެނީ އަސްލުގާވެސް ކަމަނާ އަކީ ހިހޫ ތަނުން ކާލަން ބޭނުންވާ ބޭފުޅެއް ކަމެވެ.