ޕީޕީއެމްގައި ކުރިން ހުންނެވި މުހައްމަދު ރަޝީދު (ހިޔަލީ) އެމްޑީޕީ އަށް ސޮއިކޮށްފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ހިޔަލީ އެމްޑީޕީ އަށް ސޮއިކުރެއްވީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސުވަދީވް ކެފޭގައި މިއަދު ބޭއްވި ފަރިއްކޮޅަކަށް ފަހުއެވެ. ހިޔަލީ އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެ ވަޑައިގެންނެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ހިޔަލީ އެމްޑީޕީ އަށް ސޮއިކުރެއްވިއިރު މިދިޔަ ރިޔާސީ އިންތިހާބުގައި އޭނާ ތާއީދު ކުރެއްވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށެވެ.

ހިޔަލީ އަކީ ކުރިން ރައީސް ޔާމީން އުފެއްދެއްވި ޕީއޭގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅަކަށްވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާއަށް ހިޔަލީގެ އެއްބަނޑުއެއްބަފާ ކޮއްކޮ އަހުމަދު ރަޝީދު (ޗެކްމާކް) ނިކުންނަވަން ވަނީ ނިންމަވާފައެވެ. ހިތަދޫ މެދު ދާއިރާގެ ގޮނޑި މިހާރު ފުރުއްވަމުން ގެންދަވަނީ އިބްރާހިމް މުހައްމަދު ދީދީއެވެ.

ހިޔަލީ ވަނީ މީގެކުރިން ހިތަދޫ މެދު ދާއިރާ އަށް ދެ ފަހަރެއްގެ މަތިން ވާދަކޮށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަވާ

    ފެން އޮންނަ ދިމާލަކަށް އަބަދުވެސް މަސް ދަތުރު ކުރާނީ ތިޔައީ އާ ކަމެއްނޫން

  2. ގޯޕީ

    އަބަދު ވެސް އެގޮތައް އުލެނީ

  3. ރައްޔިތުމީހާ

    2008 ވަނަ އަހަރު އިންތިހާބުންބަލި ވިމާއި ގުޅިގެން އެސްޓީއޯ ގައި ހިޔަލީ ގެ ޖަރީމާ ޑޮކިޔުމެންޓް ތައް އަންދާލީ.
    އެ ކަންތަށް މިފަހަރު ފަޅާ މިއެރީ އެހެންވެ އިތުރު ގޮތެއް ނެތިގެން ބްލެކް. މެއިލް ވެފަ އެ ހުރީ

  4. މުހައްމަދު

    ތިޔަ ހިޔަލީއަކީ މިހާރު އައްޑޫ މީހުން ދަންނަ މީހެއްނޫން...
    މީވަތަށް ވާހަކަ ނަޝީދޫ...