ރެއިން ފެށިގެން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލު ސީރިއަސް ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ކަރެކްޝަނަލް ސާވިސް އިން ޑޮކްޓަރުގެ ލިއުމަށް ތަބާނުވުމުގެ ނަތީޖާއެއްގެ ގޮތުން އަދީބުގެ ކިޑްނީގައި އުފެދިފައިވާ މިހާރު އިނީ ކިޑްނީ އާއި ބްލެޑާ ދޭތެރޭ ހޮޅީގައި ތާށިވެފައި ކަމަށެވެ. ތިން ދުވަސް ތެރޭގައި ބޭހުން ހިލަ ވައްޓާ ނުލެވިއްޖެ ނަމަ ދެން ޖެހޭނީ އޮޕަރޭޝަން ކުރަން ކަމަށް ނަޝްވާ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ 6:00 އިން ފެށިގެން އަދީބުގެ ހަށިގަނޑަށް ފަސް ޕެއިންކިލާ އިންޖެކްޝަން ޖެހި ކަމަށާއި އަދި ކޮންޓްރާސްޓް ސީޓީ ސްކޭންއެއް ހެދުމަށް ހަތަރު ފުލުއިޑް އިންޖެކްޝަން ހަށިގަނޑަށް އިންޖެކްޓް ކުރެވިފައިވާ ކަމަށް ވެސް ނަޝްވާ ބުނެއެވެ.

އަދީބުގެ ބަނޑުގައި ރިހެމުން ދިޔަކަން ފުލުހުން ގަބޫލު ކުރީ ވެސް ދެގަޑިއިރު ވަންދެން އަދީބު ވާހަކަދައްކައިގެން ކަމަށް ނަޝްވާ ބުނެއެވެ. އޭނާ ބުނީ އަދީބު އައިޖީއެމްއެޗް އަށް ބަދަލުކުރީ އަދީބަށް ދޫނިދޫ ކްލިނިކްގައި އިތުރަށް ފަރުވާ ނުދެވޭނެ ކަމަށް ވިދާޅުވެ ދޫނިދޫގައި ހުންނަވާ ޑޮކްޓަރު ޒިންމާ ނުނަންގަވާނެ ކަމަށް ލިޔުގައި ސޮއިކުރެއްވުމުން ކަމަށެވެ. އަދީބު ރޭ މާލޭ ގެނައި ވަގުތު އަދީބު ވެއްޓުނު ކަމަށް ވެސް އަދީބާއި ހަވާލާދެއްވާ ނަޝްވާ ބުންޏެވެ.

ރޭ އަދީބަށް އައިސީޔޫގައި ފަރުވާ ދިން ނަމަވެސް މިހާރު އޭނާ ވަނީ ރޫމަކަށް ބަދަލުކޮށްފައި ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

އަދީބުގެ ހާލަތާއި ގުޅޭ ގޮތުން ރަސްމީ އިދާރާއެއްގެ ބަހެއް ނުލިބެއެވެ.

ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާ އަދި ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރިކަން ސާބިތުވެފައިވާ އަދީބަށް ވަނީ ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މިހާރު ވެސް އޭނާގެ މައްޗަށް ދައުވާ ކުރާ ތިރީހަކަށް މައްސަލަ ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

އަދީބަށް ނުރައްކާތެރި ސިއްހީ މައްސަލަތަކެއް ދިމާވެ ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ލަފާދެއްވަމުން ގެންދަވާތާ ދެއަހަރެއްހާ ދުވަސް ވެއްޖެއެވެ. ނަމަވެސް އަދީބު ރާއްޖެ އިން ބޭރަށް ދިއުމުގެ ހުއްދަ ސަރުކާރުން ދެއްވާފައެއް ނުވެއެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން އަދީބު ރާއްޖެ އިން ބޭރަށް ފޮނުވާފާނެތީ މިހާރުއްސުރެ ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ވަރުވާ

    އަޙުމަދު އަދިބަށް އަވަސް ޝިފާޔަކަށް އެދެން.

  2. ކަންމަތި

    ތިހެން މަރަށް ބާއްވަިގެން ބުރުމާ ވެސް ބޭރަށް ގެންދިޔަ. ދެންވީ ކިހިނެތް. ޢަސްލު ޖަލަށް ލީމަ ވައްތަރު ނުޖައްސާ ތިބި އިމްރާން އަދި ނާޒިމް އަކީ ތީގެ ތެރެއިން ކުށެއް ނެއް ހަމަ އެކަނި ބަޔަކީ. މުޖުރިމުން ފިލަން އުޅޭނެ. އަހަރުން މިތިބީ ދެން އަނަނަ ސަރުކާރުން ހަދާ ގޮތެއް ބަލަން. އަދީބު ދޫކުރިއްޔާމު އަހަރުންގެ ބަޑީ އަދި ލީޑަރ ހުމާމް ވެސް ދޫ ކުރަން ޖެހޭނެ

  3. ޙައްގުބަސް

    ފޭކް!! އެއްގޮތް ނުވިއްޔާ އަނެއްގޮތް ހޯދައިގެންވެސް ބޭސްފަރުވާއަށޭ ކިޔާފަ ބޭރަށްގޮސް ބަޗަން މިއުޅެނީ!! އެކަމަކު ސިޔާސީ މީހުން ކުރިކުށްތައް މިރާއްޖޭގެ ޝަރުޢީ މަރުޙަލާތަކުގެ ކޯޓްތަކަށް މީގެ ކުރިން ޝައްކެތް ނެތް މިންވަރަށް ސާބިތުވެގެން ޖަލަށްލާފައި ތިބި ހުރިހާ ބޮޑުން ފަޓާސް ބަރިއެއްހެން 7 ދުވަސްތެރޭ ދޫކޮށްލި ގޮތަށް އަދީބުވެސް ދޫކޮށްލާ!!

  4. ޝައުރާ

    ދިވެހި ދައުލަތުގެ އަފިސާއިން ބިލިޔަނުން ކޭ ލާރިގަނޑު ހިލަޔައްވެ ކިޑުނީގައި ތާށިވީތާއެވެ. އަވަހައް ބޭސްކޮއްނިންމފައި ގެންގޮސް ގޮޅިއައް ލާށެވެ.. މިއީ ރާއްޖެދުއް އެންމެ ބޮޑު ވަގު.. މީނާގެ ހުކުމް ބަދަލުވިޔަދީގެން ނުވާނެ.. މީނަ ފިލުވަން ފުރުސަތުދީގެން ނުވާނެ.. އެހެން އެކަން ކޮއްފިނަމަ ރާއްޖެއަކު އެއްވެސް ގަާނޫނެއް ގެންގުޅޭނެ ކަމެއްނެތް..ވައްކަން ކުރުން ހަމަ ގާނޫނީގޮތުން ހުއްދަވީކަމުގައި ބަލަންވާނީ..

  5. ޖައުފަރު

    އެހަލަ ޖާހިލުންގެ ހާލު ސީރިއަސް ވުން އެއީ މައްސަލައެއް ނޫން

  6. ރަދުން

    ހާލު ސީރިއަސްވެގެން އައިސީޔޫއިން ރޫމަށް.

  7. ށިސިސނސ

    ހާދަ ދުވަހަކު ސީރިޔަސް ހާލުގަ ދުނިޔޭގަ ހުރެއޭ އެބަ. ވަގު ކަލޭގެ މަރެއްނުވޭތަ؟

  8. އާދަނޫ

    ވަގު ލާރި ކޭމަވާނީ ހަމަ ތިހެން

  9. ައާމިނާ

    އަޅޭ އިންސާނުންތަ މިކޮމެންޓް ކުރަނީ
    ކިހިނެއްއެގެނީ އަދި އަހަރެމެންގެ ހާލު

  10. ސާބަސް

    ބަލަ ވަގުކަލޭގެވެސް ހަމަ ބަލިވެދާނެ. ބަލިވީމަ ޖެހޭނެ ބޭސްކުރަން.

    • ޯކ

      ބޭސް ކުރާށެވެ. ފިލުނަ ދޭކަށް ނުވާނެއެވެ.

  11. ދޮރު

    އަދިބަށް އަވަސްޝިފާ އަކަށް އެެދެން

  12. ީއައި ޖީ އެމް އެޗް

    އަދީބަށް ދުވަހަކުވެސް ރަނގަޅުނުވާ ވަރުގެ ބައްޔެއް ޖެހޭވަރު ވެއްޖެ. ކިހާދުވަހެއް އެއެއްޗެކޭ މިއެއްޗެކޭ ކިޔައިގެން ނަމަވެސް ފިލަންދެވޭތޯ އުޅޭތާ

  13. ޖޮއްބެ

    ލާރިގަނޑު މަޅާލިއިރު އެކަމެއް ނޭނގޭދޯ.

  14. ޔާމިން

    ޔާމިން އިބޫ އާ ހެދި ޑީލް އަކީ އަދީބު ދޫކޮއް ނުލުމަށް،

  15. ކުޑަ ސޭކު

    އަބަދުވެސް....

  16. ޛސޖސހ

    ފޭކު ޑަމީޖައްސައިގެން މި ފުރޭތަ މިއުޅެނީ ބަޗަން. ކަލެޔަށް ހަލާކު ހުރި. ތީ މިގައުމަށް ހުރި އެންމެ ބޮޑު ބިރުވެރިކަން.

  17. ރުޒާނާ ޗޮއްޕަޓު

    ގައުމަށް ލިބުނުހާ ލާރިގަނޑު ކައްވާލީމަ އަހަރުމެންގެ ހާލުވެސް ވަރަށް ސީރިއަސް. ކަންކަން ވަރަށް ނިކަމެތި ހާލަތަކަށް ގޮއްސަ މިވަނީ.