އިކުއިޕްމެންޓް ހަރުކުރުން ފިޔަވާ، އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ތަރައްޤީ ކުރާ 100 އެނދުގެ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވީ އައްޑޫ ހޮސްޕިޓަލުގެ ފޮޓޯތަކާއެކު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ސަރުކާރުން އެލިއާ ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ 161.8 މިލިއަން ރުފިޔާ އަށެވެ. އެމަޝްރޫޢު ހަވާލު ކުރީ 14 ނޮވެމްބަރު 2016 ގައެވެ. މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ލަސްވެގެން 08 މެއި 2018 ގައި އިމާރާތް ސަރުކާރާއި ހަވާލު ކުރަން އެލިއާ އާއި އެކު ވަނީ އެއްބަސްވެފައެވެ.

އައްޑޫ އާ ހޮސްޕިޓަލަކީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިނާ ލޯނުގެ އެހީގައި ހިންގާ މަޝްރޫއެކެވެ. މުޅި މިމަޝްރޫޢު އަށް 21 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީތަކާއި ފަރުނީޗަރުތައް ހޯދަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ބީލަމަށް ލައިފައެވެ.

ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި އައްޑޫ އާ ހޮސްޕިޓަލްވެގެން ދާނީ މާލޭން ވެސް ނުލިބޭ ސިއްހީ ގިނަ ހިދުމަތްތަކެއް ލިބިގެން ދާނެ ހޮސްޕިޓަލަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ތިޔަ އައްޑޫ އާލާތުންނަށް އެއްވެސް ކަމެއްކޮށްދޭނިކަމެއްނެތް ތިޔައީ މިގަމަށް ގައްދާރު ވެރިކަމަށް ދޯކާދޭ ރައްޔިތެއް ދިރިއުޅޭ ސިޓީއެއް! މި ސިޓީގެ މީހުންނަށް އެންމެރަގަޅުވާނީ ކެރަފާ ޏަޝީދު ފިލޯސަފީ ބޮވެންޏާރަގަޅުވާނެ!