ފުލުހުން ތަޙުޤީޤު ކުރަމުންދާ ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމަށް ފޮޓޯ އާއްމުކޮށްފިއެވެ.

މިމައްސަލަތަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ހދ. ހަނިމާދޫ، ރަންވިލާގެ، ޢަލީ ރަޝީދު (46އ) އާއި ސ.ފޭދޫ،އުޖާލާ، މުޙައްމަދު އިމާދު އަޙްމަދު (24އ) އާއި ޏ.ފުވައްމުލައް/ދިގުވާނޑް،ހޮލިޑޭ، ޢަބްދުﷲ ޙުމެއިދު (25އ) އެވެ.

މިތިން މީހުންގެ ތެރެއިން ޢަލީ ރަޝީދު އާއި ޢަބްދުﷲ ޙުމެއިދު ހޯދަމުންދަނީ ވައްކަމުގެ ދެ މައްސަލައަކާ ގުޅިގެންނެވެ. އަދި މުޙައްމަދު އިމާދު އަޙްމަދު ހޯދަމުންދަނީ ފޭރުމުގެ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ވަނީ މިތިން މީހުންނާބެހޭ އެއްވެސް މަޢުލޫމާތު ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.