ހެންވޭރު އުތުރު ދާއިރާގެ މެންބަރު ކަމުން އަބްދުﷲ ޝާހިދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މިއަދު މަޖިލީސް ކުރާ ގޭގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

ޝާހިދު ވިދާޅުވީ، މިއަދަކީ އޭނާ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެންމެ ފަހު ދުވަސް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފެނިވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރެއިން ކަންވެސް ވަނީ ހާމަކޮށްފައެވެ.

"ރައްޔިތުންގެ މަޖިލީހުގައި ފަސް ދައުރު ހޭދަކުރުމަށްފަހު އަޅުގަނޑު ރައީސް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިދުމަތް ކުުރުމަށް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގޮޑިވަކިވެ ސަރުކާރާއި ގުޅެން ގަސްތުކޮށްފައިވާތީ، މިއީ މަޖިލީހުގެ އެންމެ ފަހު ދުަވަސް". ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގެ ތެރެއިން ގައުމަށް ކަންތައްތަކެއް ކޮށްދެއްވުމަށް ބޭނުންވާ ކަމަށާއި އިންތިހާބީ ރައީސް ހަވާލުކުރައްވާ ކޮންމެ މަސައްކަތެއް ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.

ޝާހިދު ވަނީ މަޖިލީހުގައި ފަސް ދައުރު ހޭދަކޮށްފައެވެ. ޖުމްލަ 25 އަހަރު ހޭދަކޮށް، މަޖިލީހުގެ ރައީސްކަންވެސް ޝާހިދު ވަނީ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Miadhu

    މިއީ ފޮރިން މިނިސްޓަރތަ؟

  2. Anonymous

    ދެން ގޮސް ފިލްމު ޕްރީޕެއިޑް ކުޅޭ

  3. މައުސޫމު

    އިސްތިހުފާ ދިނީޔާ ރަނގަލުވާނީ މިހާރު މުޒާހަރާ ކުރަން މަގުމަތީގަ އުޅެ ވަރުބަލި ވެއްޖެއެންނު އިސްތިއުފާދީފަ ގޭގައޮވޭތޯބަލާ.

  4. ޙަސަން

    މަޖުލިސްގައި ގިނަ ޖަރީމާތަކެއްހިންގުމަށްފަހު އ.ޑ.ޕ ސަރުކާރުތެރޭގައި ނުބައި ރޯލްކުޅުމަށް

  5. ސަވީރު

    ޓުއަރިޒަމް މިނިސްޓަރު

  6. މޫސާ

    ޜަނގަޅަށް ބުނެެމަ ނިމުނީނު! ފޮރިންގ މިނިސްޓަރ ކަމޭ! ކާކަށް ފޮރުވަން.

  7. ސަލީމް

    ކޮބާ ރައްޔިތުން ހޭބޯ ނާރާ ހޮވީމަ ވީކަމެއް؟ ބޭނުންވީމަ ޕާޓީ ބަދަލް ބޭނުންވީމަ އިސްތއުފާ

  8. ޟަ

    ރައްޔިތުން މީނަ ހޮވީ ދައުރު ނުނިމެނީސް ފައިސާގެ ދަހިވެތި ކަމުގައި މަޤާމް ދޫކުރަން ަހަހަހަހހަަަަހަހަހަ

  9. ދަރާ

    މައުމޫނުގެ ވެރިކަމުގަ މިނިސްޓަރކަމުގަ ހުރެގެން 10ބުރި އިމާރާތެއް ހެދި ކަމަށް އެމްޑީޕީ.މީހުން ގޮވި މިފަހަރު މިނިސްޓަރ ކަން ލިބުނީމަ އަނެއްކާ ކުރާނީ ކީއްބާ!

  10. ޢަބްދުﷲ

    5 އަހަރުގެ މުއްދަތަކީ، އަމިއްލަ ޖީބުފުރާލެވޭ ވަރަށް ވުރެ މާކުރު މުއްދަތެކެވެ. ވައްކަމާއި ޚިޔާނާތާއި، ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރާފައިވަނީ، ހުރިހާ ވެރިކަމެއްގައެވެ. ޤައުމީ ކުންފުނީގެ ދުވަސްވަރު އެކުންފުނީގައި ފައިސާއަށް އަތްފޯރާ ފަށުގައި ތިބި ބައެއް މީހުންނަކީވެސް ދައުލަތުގެ ފައިސާގައި މަހުޖަނުންނަށް ވެފައިވާ ބަޔެކެވެ.