ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު - ފޮޓޯ: ހައުސިން މިނިސްޓްރީ

"ހިޔާ" މަޝްރޫއުއަކީ ރައީސް ޔާމީންގެ މެނިފެސްޓޯގެ ތެރެއިން މުހިންމު މަސައްކަތެއްގެ ގޮތުގައި ޚާއްޞަ އިސަކަމެއް ދެއްވައިގެން ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދެވި މަސައްކަތެއް ކަމަށާއި، ފްލެޓް ލިބުނު ފަރާތްތައް އިއުލާންކޮށް، ދާއިމީ ލިސްޓު ގެޒެޓް ކުރެވިފައިވާއިރު، ފްލެޓް ލިބުނުކަމުގެ ލިޔުން މާދަމާރޭ 12:00 އާ ހަމައަށް ކުރިއަށް ގެންދަވާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަށް ރަސްމީ ލިޔުން ހަވާލުކުރަމުން މިދަނީ. ވަޑައިގަންނަވަމުން ދާވަރަކަށް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެން މާދަމާރޭ 12:00 އާ ހަމައަށް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ދާނީ. އެއަށްވުރެ ލަހުން އަޅުގަނޑުމެންގެ އެއްވެސް މަސައްކަތެއް ނުކުރާނަން. އެހާތަނަށް ދަންދެން ހަވާލުކުރެވުނު އެއްވެއް ހަވާލު ކުރާނަން." މުއިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ، ސިވިލް ސަރވިސް ކެޓަގަރީން ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު މިއަދު މިނިސްޓްރީތަކަށާއި އޮފީސްތަކަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށައި، ލިސްޓާއެކު ފްލެޓް ލިބުނު ކަމުގެ ލިޔުންވެސް ފޮނުއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ޕޮލިސް/އެމްއެންޑީއެފް ކެޓަގަރީން ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓާއި ލިޔުންވެސް ލިބޭނެ ކަމަށާއި، އަދި ގުޅީފަޅުން ފްލެޓްތައް ނުލިބުނު ފަރާތްތަކަށް "ހިޔާ" މަޝްރޫއުއިން ދެވޭ ފްލެޓު ލިބުނު ކަމުގެ ލިޔުންވެސް ހަވާލުކުރެވިގެންދާނެ ކަމަށެވެ.

"އެއާއެކީގައި އެއް ކޮޓަރީގެ ފްލެޓްތަކުގެ ދާއިމީ ލިސްޓު އަދި އިއުލާނު ނުކުރެވި ވަނީ. ޝަކުވާތަކަށް ޖަވާބު ދެވިފައި ވަނީ. މިއަދުގެ ގަޑިއެއްގައި އެއްކޮޓަރީގެ ފްލެޓްތަކުގެ ދާއިމީ ލިސްޓުވެސް އިއުލާން ކުރެވޭނެ. އެއާއެކީގައި އަޅުގަނޑުމެންނަށް ވަގުތު އޮވެއްޖިއްޔާ މަސައްކަތް ކުރަމުން މިދަނީ ލިސްޓު ދެއެއްގައި ހިމެނިފައިވާ ފަރާތްތަކަށްވެސް މިދެންނެވި މުހުލަތާ ހަމައަށް ހަވާލު ކުރވޭތޯ. މަސައްކަތް ކުރިއަށް ދާވާހަކަ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން ބޭނުންވީ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އެޗްޑީސީ އާ ހަވާލު ކުރައްވާނެ ކަމަށާއި، ފްލެޓުތައް ލިބުނު ފަރާތްތަކާ އެކު އެގްރީމެންޓު ހެދުމުގެ މަސައްކަތް ކުރައްވާނީ އައު ސަރުކާރުން އެޗްޑީސީގެ ހިންގުމާ ހަވާލުވެލައްވާ ފަރާތްތަކުން ކަމަށެވެ.

ހަމައެއާއެކު 3 ކޮޓަރީގެ 1530 ފްލެޓުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، އެ ފްލެޓުތަކަކީ ސޯޝަލް ހައުސިންގ އަށްވުރެ މެދު ފަންތީގެ ފަރާތްތަކަށް ޚާއްޞަ ފްލެޓްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، އެފްލެޓުތައް ހުންނާނީ 3 ކޮޓަރީގައި ވަކިން ފާހާނާ ލެވި، ކޮޓަރިތައް އޭސީވެސް ކުރެވިފައި ކަމަށާއި، އެހެންކަމުން އެ ފްލެޓުތަކުގެ އަގު "ތަންކޮޅެއް" ބޮޑުވާނެ ކަމަށެވެ. އަދި އެ ފްލެޓުތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ލަސްނުކޮށް ހުޅުވާލައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މާދަމާރޭ 12:00 އާ ހަމައަށް ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު، ސަރުކާރުން ހުޅުމާލެ-2 ގައި ތަރައްޤީ ކުރަމުންދާ 7000 ފްލެޓު ލިބޭ ފަރާތްތައް ވަނީ އިއުލާން ކުރައްވާފައެވެ. އެއީ ގާތްގަނޑަކަށް ބައިލައްކައެއްހާ ރައްޔިތުންގެ ބޯހިޔާވަހިކަމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮބާ ރާއްޖެތެރެ ފްލެޓް

  2. ތިމާއައް ނުވާވަރު ކަންތަކާ ހަވާލުވީ ކީއްވެ؟؟؟؟؟؟

  3. މުއިއްޒު ސާބަސް އަޅުގަނޑު މުއިއްޒު އަށް ވަރަށް ބޮޑަށް ތާއިދުކުރަން ނަމަވެސް އަޅުގަނޑު ގެ ކުދިން ތިބީދެވަނަ ޅިސްޓުގައި ފުޅެޓް ޅިބޭކަމުގެޅިއުން ޅިބޭނެކަމަށް އުމްމީދުކުރަން

  4. ކޮބާ ސިވިލްސާރވަންޓުންގެ ދާއިމީ ލިސްޓް؟

  5. ޢައްެޑުސިިިޓިީ ފުލެޓް ކޮބާ ތޯ؟
    ޢެއިީ
    ބަންގާލުން ތޯ؟

  6. ޢައްޑޫ ސިޓީ ޗާޓުގަ ނުހިމެނޭ ތޯ؟؟؟؟