"ހިޔާ" މަޝްރޫޢުގެ ދަށުން އަޅާފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ބިއްލޫރިގަނޑެއް ތަޅާލައިފިއެވެ،

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓު ލިބުނުކަމުގެ ލިޔުން ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އެތަނުގެ މަޝްރަހުވަނީ ހޫނުވެފައިވެއެވެ.

ބިއްލޫރިގަނޑު ތަޅާލި ވަގުތު، މިނިސްޓްރީގައި ގިނަ އަދަދެއްގެ ބަޔަކު ތިބިކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް، މިކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ވެފައިވާކަމުގެ މައުލޫމާތެއް ލިބިފައި ނުވެއެވެ.

ހައުސިންގ މިނިސްޓްރީ އިން ކުރިން ވިދާޅުވެފައިވަނީ މިރޭ 00:00 ގެ ނިޔަލަށް، ހިޔާ ފްލެޓު ލިބުނު ހުރިހާ ފަރާތްތަކަށް، ފްލެޓު ލިބުނުކަމުގެ ލިޔުން ހަވާލުކޮށް ނިންމާނެކަމުގައެވެ. އެހެންނަމަވެސް، ހައުސިންގ މިނިސްޓްރ ޑރ. މުޙައްމަދު މުއިއްޒު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިރޭ ފްލެޓު ލިބުނުކަމުގެ ލިޔުން ހަވާލުކޮށް ނިންމާ ނުލެވޭކަމަށް ވަންޏާ، މާދަމާ މެންދުރު 12:00 ގެ ކުރިން ލިޔުންތައް ހަވާލުކޮށް ނިންމާނެކަމުގައެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓު އަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ...

    އަނިޔާވި މުވައްޒިފުންނަށް

  2. ލައިފް

    ޔޭއް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ސިފައިންގެ ރިހާސަލްތައް ކުރިއަށްގެންދަނީއޭ ކުދިންނޭ ހުރިހާ ކުދިންނަށް ވެސް މާލެ ސަރަހައްދުން ހުޅުމާލެ 2 އިން ބިން ލިބެނީއޭ ޓްރޫ ހޭއް ހެހޭ ލައިފް ލިބެނީ އޭ ލައިފް އިޒް ލައިފް ނައްނާނާނަނާ ނައްނާނާނަނާ ލައިފް އިޒް މަމެން ނަށް ލައިފެއް ލިބުމުން އުފާ ކޮށް ނަށާ ހަދަންވީއޭ ކުދިންނޭ ލައިފް އިޒް ލައިފް ލައިފް އިޒް ލައިފް ކަމޯން ސްޓޭންޑް އަޕް އެން ޑާންސް އިޓްސަ ދަ ފީލިންގް އޮފް ދި އޯޑިއެންސް ޔޭއް ލައިފް ލައިފް ލައިފް..

  3. ސައީދު

    އޭ.ސީ.ސީ އަށަި ޕޮލިހުން ވެއްޖެއެނޫންތޯ މުިޒޒުމެން ކޮށްފައިވާ ވައްކަން ތައް ތަކުރާރުކުރި އަނުދީ ހިފާ ހައްޔަރު ކުރަން.

  4. ސައީދު

    މުއިއްޒުމެން ކޮށްފައިވާ ވައްކަމާއި ވެފަވާ ޚިޔާނާތް އަދިވެސް ތަކުރާރުކޮށް ރައްޔިތުންގެ މެދުގައި ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދިނުމަށް މޯލްޑިސް ޕޮލިސް ސާރވިސަސް އަށް ގޮވާލަން.
    ތިޔަ ފޮލެތް ތަކަކީ މުއިއްޒު އާއި ޔާމީނުގެ މައިން ބަފައިންގެ ތަރިކައެއްނޫ. ދިވެހިރައްޔިތުންގެ ހައްޤު.

  5. އަލީ

    ތިޔަވާނީ އެމް.ޑީ.ޕީގެ އެކުޓްވިއްސަކު ކުރިކަމަކަށް މިގައުމުގައި ތިޔަކަހަލަ ހުރިހާކަމެއްކުރާނީ އެމް.ޑީ.ޕީ މީހުން

    • Anonymous

      އެމް.ޑީ.ޕީ އަށް ސަޕޯޓް ކުރާ މީހުންނަކީ މި ޤައުމުގެ ހަލާކު.

  6. ފަތޯ

    ކަންތަކާޖެހުނަި

  7. ދަވޭ

    ފްލެޓް ލިޔުން ހޯދަން ގޮސް ހަމަނުޖެހުން ހިންގައިފި ނަމަ ދިވެހިންގެ ސެލްފިޝް ކަން އެއީ ފާޅުވެގެންދާ ކަމެކޭ މިރާއްޖެ އަށް ޖަޕާނަށް އައިފަދަ ސުނާމީ އެއް އަތުވެއްޖެނަމަ ފެން ބަލާ ދާން ކިއޫގައި ތިބުމުގެ ބަދަލުގައި އެމެން އަރައިގަނެގެން ފެން ދޫކުރަން އިންނަ މީހާ ފުނޑާލާ އެމީހަކާއި އެމީހެއް ކަނޑުގެ ހުކުމް ނޫންތޭ އޮންނާނީ މިރާއްޖޭގެ ޒުވާން ޖީލުގެ ކިބައިގައި ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީއޭ ސްކޫލް ތަކުން ކިޔަވާދޭން ވެއްޖެއޭ ދުރޫސުލް އަޚްލާގު ވަރަށް..

    • ޣްތް

      ކަލެޔަށް އެތާގެ ހާލަތު އެގޭނަމަ ތިހެންނުބުނާނެ

  8. ޓްރޫ

    އިންތިޒާމް ވަރަށްދަށް. ވާނުވާނޭނގޭ،ލިސްޓްތައް ބައިވަރު. ލިސްޓް އެކެއްގެ ދާއިމީލިސްޓްގަ ނަން އޮތް މީހުނަށްވެސް ނުގުޅައިގެން ދިއުމުން ޖަވާބެއް ނުދެވޭ.

  9. ޔަޝަ

    ދެރަވަރު ކަމެއެ