ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އެވެ.

ޕީޖީގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަޙެޅުއްވި މައްސަލައިގައި ފަސް ސަބަބެއް އަބުޅޯ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ގާނޫނު އަސާސީ އާއި ގާނޫނުން ޕްރޮސެކިއުޓާ ޖެނެރަލަށް މަތިކޮށްފައިވާ ޒިންމާތަކާއި ހަވާލުކުރެވިފައުިވާ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރައްވަމުން ނުގެންދަވާކަން އަބުޅޯ ވަނީ ވިދާޅުވެފައެވެ.

މެމްބަރު އަބްދުﷲ ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންތައްތައް:

1- ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމަށް ހައްޔަރުކުރިއިރު، އެ މެންބަރުންގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ ވަށައިގެންވާ ކަންކަމަކީ ކޮބައިތޯއާއި، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކުރައްވާފައިނުވުމާއި، ފުލުހުންގެ އިދާރާއިން އެދޭކޮންމެކަމެއް ކޮށްދެއްވަމުން ގެންދަވާ އުސޫލުން އަމަލުކުރައްވާފައިވުން.

2. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއްގެ ތުހުމަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމާނުލައި ބަންދުކޮށްފައި ބެހެއްޓިއިރު، އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމުގައި އަމަލުކުރަން އޮންނަ އިޖުރާއަތާ ހިލާފުކަމެއްކަމަށް ވާއިރު ވެސް، އެކަން ބައްލަވައި، އެ އިޖުރާއަތަށް އަމަލުކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އެ ހިނދުން އެހިނދަށް އަންގަވާފައިނުވުމުގެ އިތުރަށް، އެ މެންބަރު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓާފައިވާއިރު، އެކަން ރަނގަޅުކުރެއްވުމަށް އެއްވެސް މަސައްކަތެއް ގާނޫނީމަގުން ނުވަތަ ޝަރުއީމަގުން ނަމަވެސް ކުރައްވާފައިނުވުން.

3. ޖިނާއީ ކުށް ކުށުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމުގައި ޢަމަލުކުރުމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެކަން ހުއްޓުވާފައިނުވުމާއި، އެކަމުން މަނާވެގެންފައިނުވުން.

4. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަނުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ޝަރީއަތް ހިނގަމުންދިޔައިރު، އެކަން ހުއްޓުވާފައިނުވުމާއި ގާނޫނާ އެއްގޮތަށް އެކަންކުރުމަށް ބާރުއަޅުއްވާފައިނުވުން.

5. ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް އޭނާގެ ޙާޟިރުގައި ޝަރީއަތްކުރެވުމުގެ ހައްޤު ލިބިދީފައިވާއިރު، އަދި އެ ހައްގު ގާނޫނަކުން ހަނިކޮށްފައިނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ޝަރީއަތްކޮށް ޣައިރު ޙާޟިރުގައި ހުކުމް ކުރެވިގެންދިޔައިރު، އެކަން ހުއްޓުވާފައިނުވުމާއި އެކަން ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވާފައިނުވުން.

މީގެއިތުރުން ޕީޖީ ބިޝާމްގެ އަމަލުތައް ބެހެއްޓި ގޮތުގެ ސަބަބުން އެކި މައްސަލަތަކުގައި ދައުވާކުރުމުގައި މުޖުތަމައުގެ މަސްލަހަތަށް ރިއާޔަތްކުރެއްވުމެއްނެތި، ހަމައެކަނި ސިޔާސީ ބޭނުންތަކަށްޓަކައި، އެކިފަރާތްތަކުގެ މައްޗަށް އުފުލުނު ތުހުމަތުތަކާއި ދައުވާތަކުގެ ސަބަބުން، ޖިނާއީ ކުށެއް ސާބިތުވުމެއްނެތި، ޖަލަށް ދާންނުޖެހޭ ނުވަތަ ބަންދުގައި ތިބެންނުޖެހޭ ބަޔަކު ޖަލުގައި ދުވަސްތަކެއް ހޭދަކުރަންޖެހިފައިވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހަންމާ

    ޢަބުޅޯ ކަލޭމެންއެދުނު ގޮތަށް ކޯލިޝަން ލީޑަރުންގެ މައްސަލަތަށް ސްޕްރީމްކޯޓުންމުރާޖާކޮށްދިނުމަށްއެދި ހުށަހެޅުމުން ތިޔަދެނީ ޕޖ އަށް ރަގަޅު ހަދިޔާއެއް

  2. ާއަލީ

    ޢަބްދުއްލޯ ކަލޭ ރިޝްވަތުގެ ގޮތުގަ ހޯދި ދެމިލިއަންރުފިޔާ މަދުވެގެން އިތުރަށް ރިޝްވަތުހޯދަންތަ ތިމަސައްކަތްކުރަނީ

  3. ރިޝްމީ

    ބޭނުންގޮތަކަށް ހަދާ! ކޯޓުތަކަށް ނުފޫޒްފޯރުވާ ހުރިހާ މަރުޙަލާއަކުން ނިމިފައިވާ ޙުކުމްތައް ބަތާނަފުށުންޖަހާ! މާތްﷲ ވޮޑިގެންވާކަމާއި މާދަމާވެސް މަރުވެދާނޭކަށް ނުވިސްނާ އަނިޔާދިންމީހުން މިނިވަންކޮށް އަނިޔާލިބުނުމީހުންގެ ޙައްޤުތައް ކަފުންކޮށް ވަޅުލާ! ޤާނޫނު ނެގެހެއްޓުމަކީ ތިޔައީ! ސާބަސް ވަގުސަރުކާރު!

  4. ޜުގީ

    ފުއްޕާފަ ތިއުޅެނީ ދެނެއްނުހޮވޭނެ ޓާޓާ

  5. ސަލީމު

    ޢަބްދުއްލޯ ނުހޮވޭނެ ދެނެއް މަޖިލީހަކަށް

  6. ާއަލީ

    ރިޝްވަތު ނަގައިގެން ޖަލައްލީ ތިބައިގަނޑު ގޭގަ ތިއްބަކާއެއްނޫން

  7. ޢާަދސިދާ

    ޞިބިސް މިދިޔަ ފަސް އަހަރުތެރޭ ރަނގަޅު ބޮޑު މަހެއް ބޭނިތާ

  8. Miadhu

    ޒާތީވިއަސް ތިއީ ބޮޑުވަރު

  9. Miadhu

    ބިޝާމުއަށް ސާބަސް އިސްތިއުފާނުދެެއްވާތި
    މިސަރުކާރުން އިންސާފުން ބޭރުން ވަޒީފާތަކަށް އަތްބާނާ މިންވަރު ރައިއްޔަތުންނަށް ދައްކާލާތި ހަމަ ހިލާ އެއްވެސް ބޭފުޅަކު އަމިއްލައަށް އިސްތިއުފާ ނުދެެްވާތި ރައިސް މީހާގެ ވަޢުދާޚިލާފު ކުރުވާތި

  10. ބޮޑުގަނޑުދައިތަ

    ކޮލަށް ވައިޖަހައިގެން އިމްނާނެކަމެއް ނެތް ނެސްޓަމު ބޭބީއެއްހެން.. ރެޑިވޭ ފައިބަން.. ލައްކަ އަނިޔާ ދީފި ނިކަމެތި ރައްޔިތުންނަށް ވެސް ނުހައްޤު ދަޢުވާކޮށްގެން..ދުވަހަކުވެސް ހެޔޮ ގޮތެއް ނުވޭތޯ ބަދު ދުޢާކުރާނަން އަބަދުވެސް..