އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފާޑުކިޔުން "ރާއްޖެ ޓީވީ" އަށް އަމާޒުވެފައިވާއިރު، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދުގެ ފާޑުކިޔުން، ރާއްޖެ ޓީވީގެ އޮންލައިން ނޫސް، "ރާއްޖެއެމްވީ" އަށް އަމާޒުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ޑރ.ޖަމީލު މިއަދު ހެނދުނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއެމްވީ އިން މިހާރު ފަށާފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަން ބަލިކަށިކުރުމަށް ބަޔަކު ކުރާ ޒިންމާދާރުކަން ކުޑަ ޢަމަލުތައް ޕްރޮމޯޓް ކުރުންކަމަށެވެ.

"މިހާރު ރާއްޖެއެމްވީ ގައި ފަށާފައިވަނީ އިބޫ ސޯލިހުގެ ވެރިކަން ބަލިކަށި ކުރުމަށް ބަޔަކު ކުރާ ޒިންމާދާރުކަން ކުޑަ އަމަލުތައް ޕްރޮމޯޓް ކުރުން." ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ވިދާޅުވިއެވެ.

ޖަމީލު، އޭނާގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ވަކި ބަޔަކަށް އަމާޒުކޮށް ފާޑު ކިޔަނީ ކޯލިޝަން ބައިބައި ކުރަން ކަމަށެވެ. އަދި ދެން ތިބި ފަރާތްތަކާމެދު ކިޔާނެ އެއްޗެއް ނެތްތޯ އޭނާ ސުވާލު އުފައްދަވާފައިވެއެވެ.

"ވަޒީރުންގެ މަޖިލީހުގެ ވަކި ބަޔަކަށް އަމާޒުކޮށް ފާޑު ކިޔަނީ ކޯލިޝަން ބައިބައި ކުރަން. ދެން ތިބި ފަރާތްތަކާމެދު ކިޔާނެ އެއްޗެއް ނެތީތޯ؟" އޭނާގެ ޓްވީޓުގައިވެއެވެ.

ޖަމީލު މިހެން ވިދާޅުވިއިރު ބައެއް މިނިސްޓްރީތަކަށް އައްޔަން ކުރައްވާފައިވާ މިނިސްޓަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. އެގޮތުން، ހޯމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝައިޚް އިމްރާން އަބްދުﷲ އަށާއި ޓްރާންސްޕޯޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި އައިޝަތު ނަހުލާ އަށް ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައިވެއެވެ.

ޖަމީލު ރާއްޖެއެމްވީ އަށް މިއަދު ފާޑުވިދާޅުވިއިރު ނަޝީދު ރާއްޖެ ޓީވީ އަށް ފާޑުވިދާޅުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެޓީވީން ދެއްކި ޕްރޮގުރާމެއްގައެވެ. އެޕްރޮގުރާމުގައި ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެޓީވީން ބޭނުންވަނީ ޚިޔާލު ތަފާތުވުންތަކާއި ނަފުރަތު އުފެއްދުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިކްރާމް އަބުދުއްސައްތާރު

    މި އުޅެނީ ކީ ޖަމީލު ހިތް ހަމަޖެހޭތޯ ނުވަތަ ނޫންތޯ ބަލާކަށް ނޫނޭ. މިދައްކާ ވާހަކަޔަކީ ކެބިނެޓަށް ކޮރޮޕްޓް ބަޔަކު ޖޭޕީން ލައިގެން އެވާހަކަ އޭ!

    ޖަމީލަކީވެސް ތެދުވެރިއެއްނަމަ މީހުން އަގަބަންދުކުރަން އުޅުމުގެ ބަދަލުގައި ކޮރޮޕްޓް ނޫން މީހުން މިނިސްޓަރު ކަމަށް ލެވޭތޯ އަދިވެސް މަސަތްކަތް ކުރައްވަންވީނޫން ތޯ؟

    މިހާރު މިއެގެނީ ހަމަ ލަނޑަޔާ ވާނީ ލަނޑަޔާކަން. ކޮރޮޕްޓް މީހުންގެ ދިފާއުގައި އުޅޭނީވެސް ހަމަ އޭގެ މީހުން

    ރަޢިޔަތުން ބޭނުމެއްނޫން އަލީވަހީދެއް

    1
    1
  2. Anonymous

    ޖަމީލު ރުޅިގަދަވާނެ ކަމެއްނެތް. މަޖުލީހުގެ ހުރިހާ ގޮނޑިތަކައް އެމްޑީޕީން ވަކިން ވާދަ ކުރަންފެނޭ

    2
    1
  3. ބަތްގޮނު

    އެޑިޔުކޭސަންމިނިސްޓަރާ އިތުރު ދެ މިނިސްޓަރަކުފިޔަވައި ދެންތިބީ ތަންދޮރުނުފިލައިތިބި ސަންގޯރުން. ރުޅިގަދަވީމަ އެހެންމީހުންވެސް ރުޅިގަދަވާނޭކަމާއި ހާމަކުރާނޭ ބައިވަރު އެބަހުރިކަން ކަލޭވެސް ދަންނަންވާނެ!

  4. ދޮށިކޮއި ޢަލީގެ މުޙައްމަދު

    އަސްލަމް އެއީ ހުދުކާފޫރު ތަ؟ 715 މިލިޔަން މަޅާލައިގެން އެހުންނަނީ

  5. ނަޖްވާ

    އެކަހަލަ ދެ އުޅިއެއް ނުވާ ކެބިނެޓެއް އިއުލާނު ކުރީމަ މީހުން ހިތް ހަމަ ނުޖެހޭނެ ދޯ؟ މީހުން އިތުބާރު ކުރާ، ހިންގުންތެރި ޤާބިލު މީހުން ރާއްޖެ ތިއްބާ އަލީ ވަހީދާ، ފިރިމީހާގެ ކަންކަން ބަލަން ގޭގަ މިއޮތްހާ ދުވަހު އުޅުނު އައިސަ އާ މީސްމީހުންނަށް ވަޒީރުކަން ދިނީމަ މީހުން އެއްޗެހި ނުކިޔައެއް ނުތިބޭނެ ދޯ! ދެން ތި ޖަމީލަކީ ރުޅި އަންނަން އެނގޭ މީހެއްވެސް ނޫނެއްނު އެއްވެސް އިރައްގެ!

    1
    1
  6. ފުވައްމުލައް

    ޙެޔޮނުވާނެ ތި އަމީން އަލީ ވަހީދު މަލީހު އައް ރުހުން ދީފިއްޔާ ކޮންމެ މީހަކައް ކުރިން ނެގި ދެ ގޯތީގެ ބަދަލުގަިއި ހަގޯތި ހަ އެޕާޓްމަންޓް ރައްޔިތުން ފައިސާ އިން ގަންނާނެ......އަނެއް ހަތާ ބީޗް ގެސްޓް ހައުސް ހަދާނެ....ޢަމީން އިތުރު ތިން އޮޑެގައްލޭ ރެސްޓޯރެންޓް ވެސް ހަދާނެ ......މަލީހު ގެ ހުރިހާ ދައްތަ އިންނާ ކޮއްކޮ އިންނައް ބިންތައް ގަންނާނެ ވައްލާހު ޢަޢުލަމް އަނބި ދަރިންނައް ހަރާން އެއްޗެހި ކާންދޭން ބިރެއް ވެސްނުގަނޭ ތަ ؟؟ މިނޫން ދުވަހެއް ވެސް އެބަ އޮއް ކުދިންނޭ....

  7. Anonymous

    އެމްޑީޕީ ކޮރަޕްޓް
    1. މާރިޔާ ކޮއްކޮއައް އެއަރލައިން ހަދާދިނީ ދައުލަތުގެ.ބަޖެޓުން
    2. އަސްލަމް ހައުސިންމިނިސްޓްރީގެ ބަޖެޓުން ރީލޯޑްކޮއްގެން 3 ލައްކަ ރުފިޔާ ދައްކަން ހުކުމް ކޮއްފަ
    3. މަޖުލީހައް ޖުރިމަތިލާ ހަސަންލަތީފު ޔޫތުމިނިސްޓްރީކަމުގަ 210.މިލިއަން ކާލި
    4. މޭޔަރު އެށިތުކޭޝަން މިނިސްޓަރު ކަމުގަ 54މިއަންކާލި. ޖޭޕީއާ ދިމާއައް އެއްޗެއް.ކިޔާނެ ތަނެއް ނެތް

    • ވަހީދު

      ކޮބައިތޯ މައްސަލައަކީ. އެއީ ހަމަހައްގުން ކައިފައިވާ ތަކެތި. 2008ނޮމެބަރ11އިން 2010ޑިސެމްބަރ31އަށް އެމްޑީޕީ ސަރުކާރު އޮތްއިރު ހިންގި ޚިޔާނާތުގެ އެއްވެސް މައްސަލައެއް ނުބަލާގޮތަށް ރައީސް އިބޫ އެވަނީ ރިޔާސީ ކޮމިޝަނެއްހަދާފާ. ރައީސް އިބޫ ބުނީ އިންސާފުވެރިކަމާއެކު ސަރުކާރުންގެއްލފައިވާ ފައިސާ އަނބުރާ ހޯދާނަމޭ. އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ފައިސާއެއް ގެއްލފައެއްނުވޭ. އެންމެނަށް އެގޭގޮތަށް އެމީހުންވަނީ ފައިސާ ބޭނުންކޮށްފާ. އޮޑިޓް ރިޕޯޓްތަކުން އެހެރީ ފެންނަން. ގެއްލިފައެއްނެތް. އެހެންވީމާ އެމައްސަލަތަށް ނުބަލާގޮތަށް އިބޫ ނިންމީ. މިއަށްވުރެ އިންސާފު ވެރިގޮތެއް އެބައޮތްތޯ؟ މަޙްޝަރު ދުވަހުގެ ހިސާބުވެސް މިހާ އިންސާފުވެރިކޮށް ނުބެލޭނެ.

  8. މާމިގިލީ މީހާ

    ސޯލިހުގެ ސަރުކާރު ވަރަށް އަވަހައް ވެއްޓޭނެ.... ގާސިމްގެ އަބިންތަކަށް މިނިސްޓަރ ކަންދީގެން ކޮންވެރިކަމެއް ތަ ކުރާނީ... ރައީސް ޔާމީނު ގެނައި ތަރައްގީއެއް ނުގެނެވޭނެ...

  9. 3 ވަނަވިސްނުން

    ޖަމީލް އަށް އަމަލާ ބަސްދިމާނުވުމުން
    ތިހިސާބަން ތިޔަދަނީ! މިހާރު ތިޔައަޑު އިވޭ ،މީހަކު ނެތް ،އަހާނެ މީހަކުނެތް،ބަޢާވަތުގައި ބައިވެރިވާނެ މީހަކު ނެތް؟ މަޑުންހުރުން ބުއްދިވެރި

    2
    1