ފުލުހުންގެ ޚިދުމަތަށް އެނބުރި ވަޑައިގަންނަވާނެ ކަމަށާއި، އަމާޒަކީ ރައްޔިތުންގެ މެދުގައި ފުލުހުންނަށް ގެއްލިފައިވާ އިތުބާރު އަލުން ޤާއިމްކޮށްދިނުން ކަމަށް ފުލުހުންގެ ޖާސޫސީ ޚިދުމަތުގެ ކުރީގެ ވެރިޔާ މުޙައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް އެމްސީ ހަމީދު ލީކް ކޮށްފައިވާކަން ފުލުހުންގެ ތަޙްޤީޤަށް ކަށަވަރު ކުރެވިގެން 2012 ވަނަ އަހަރު ފުލުހުންގެ ވަޒީފާ އިން ވަކިކުރި އެމްސީ ހަމީދަށް އަލުން ވަޒީފާ ދިނުމަށާއި ފާއިތުވި ހަތް އަހަރު ދުވަހުގެ މުސާރަ އޭނާ އަށް ދިނުމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޙުކުމް ކޮށްފައެވެ.

އެމްސީ ހަމީދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރަން އުޅޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސުޕްރީމް ކޯޓުން އެމްސީ ހަމީދު ކޮޅަށް މައްސަލަ ނިންމުމުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން އަލުން ޔުނީފޯމް އަޅައި، ފުލުހުންގެ ޚިދުމަތާއި ގުޅޭނެ ކަމަށެވެ. ކޮންމެ ރޭންކެއް ނުވަތަ މަޤާމެއްގައި ހުރި ނަމަވެސް، ވެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ މެދުގައި ފުލުހުންނަށް ގެއްލިފައިވާ އިތުބާރު އަލުން ޤާއިމްކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްސީ ހަމީދު މަގާމުން ވަކިކުރި މައްސަލާގައި އެންމެ ފުރަތަމަ ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ހަމީދަށް އަނބުރާ ވަޒީފާ ދިނުމަށެވެ. ނަމަވެސް ފަހުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.

މިހަފްތާ ނިމުމުގެ ކުރިން އެމްސީ ހަމީދު ފުލުހުންގެ ކޮމިޝަނަރު ކަމަށް އައްޔަން ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. ހަމީދަކީ އެމްޑީޕީގެ އިތުބާރު ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަލިއާ

    އަޅުގަނޑު ދެކޭ ގޮތުގައި ތިކަހަލަ މީހުން ތިތަން ތަނަށް އަލުން ވަނީމަ ރައްޔިތުންގެ އިތުބާރު އިތުރަށް ގެއްލޭނީ... މި ބުނީ ތީ ކުރިންވެސް އިތުބާރު ގެއްލި ބޮޑެތި ތުހުމަތުތަކެއް ކުރިމަތިވެފައިވާ މީހެކޭ..

  2. ޙާމުދުރު

    ދައުލަތުގެ ސިއްރު ލީކުކުރި މީހަކުހުރެގެން ތިޔަކަން ވާނެބާ..

  3. މާސްޓަރ

    ކިހާއިތުބާރު ކުރާނެ. ރައީސްމީހާގެ ޅިއަނު، ނުފޫޒުގައި އައިސް ތިތަނަށް ވަދެގަތީމަ ވަރަށް އިތުބާރު ކުރާނެ މީހުން.

  4. ޖިންނި

    ބޭކާރު އަނގަ ނުތަޅާ '' ރައްޔިތުންނޭ '' ކިޔައިގެން ކަލޭގެ '' ސާހިބުން '' ބުނާގޮތް ނޫން އެހެން އެއްގޮތެއްވެސް ނުކުރެވޭނެ ނުކުރާނެ ނުހެދޭނެ ރާއްޖޭގެ ޝަރުޢީ ކޯޓް ގެ ޙުކުމްތައް ބަޔަކު ބޭނުންހާގޮތަކަށް އަނބުރާގެން ތިކަހަލަ ނަގޫ ފިތިފަތިބި މީހުން ސަލާމަތް ކޮށްގެން ގޭންގް ތައް އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލައިގެން އެ އުޅެނީ ، ފުލުހުންނަށް އަމުރުކުރަން ތިބީ ސްމިތް ކަހަލަ މީހުން ދެން ކިހިނެއް ފުލުހުންނަށް އިތުބާރު ކުރެވޭނީ

  5. ވަގު ވޯޓް އިބޫ

    އެއީ ރައްޔިތުން ފުލުހުންނާ ހިއްސާކުރާ މައުލޫމާތުތަށް ހަރާން ފައިސާއިން ގަނެ ވިއްކާގެން ހެއްޔެ؟

  6. ހުސޭނުބޭ

    ރައްޔިތުންގެ އިތުބާރުގެއްލިފައިވާ ވަގަކު ވެރިއަކަށްވެގެން ތިވާހަކަ ބުނުމުން މިހާރު ފުލުހުންގެ މުއައްސަސާއަށްވެސް މީހުން ކުރާނީ މަލާމާތް!

  7. އިންސާގެ ތަރާނާ

    ކޮބައި އިންސާފު މެޑަމުގެ ފަޒުނާގެ ޅިޔަނަކަންވާތީ މައްސަލަނިމުނުގޮތް ދެންކޮބައި މިގައުމުގާއިންސާފު ބަލަކުރީގާބުނީޔާމީނު ނުފޫޒް ފޯރުވަނިއްޔޭ ދެންމިހާރު މިޖެހުނި ކޮންތާކު އިންސާ ހޯދައިދޭއާ ބައިގޑު މިގައުމުރަގަޅުނުވާނެއިންސާނެތް ސަދޫމެއް މއި ސޭޓުމެން ތިރީސް މެން ވަނީ މިތަ ގަނެލާފަައި އިންސާފު ނިކަމެތިންނައް ދެރަގޮތް އިންސާފު؟؟

  8. މޯދީ

    ފުލުހުންގެ ވެސްް ރައްޔިތުންގެ ވެސް އިތުބާރެއް ނެތް މީހެއް ތީ. ދެން ކޮންކަމެއް އިތުރަށް ކޮށްދެވޭނީ.

  9. މުހައްމްދު

    މަގާމާ ހަވާލުވަންދެން ތިހެން ބުނާނެ. ޢޭގެފަހުން ވަކިބަޔަކަށް ރަނގަޅުވާން ފަށާނެ.

  10. ސައްތާރު

    ރައްޔިތުން އިތުބާރު ނުކުރަނީ ފުލުހުންނަކަށްނޫން، ރައްޔިތުން އިތުބާރުކުރާ ތަނަކަށް ހަދަންވީ ރައްޔިތުންގެ މަޖިލީސް ދެން މިހާރު މިއޮތްކެބިނެޓް، ސަރުކާރުން މިތާތިބި އިންޑިޔާސިފައިން ބާލާނެކަމުގެ އިތުބާރު، ހޯދަދޭންކެރޭނަތޯ؟؟؟؟؟؟

  11. ޢާސީ

    ޟމަރުހަބާ އެމްސީ ރަނގަޅު ކުރާތި ހަމަޔަކައް އަޅުވާތި އެއީ ސިމްޕަލް ކަމެއް އޯކޭ

  12. މުހައްމަދު

    ނޫން ތީ ކުއްހީއެއް ތިކަހަލަ މީހުންނަކީ އިތުބާރެއް ހުރިމީހުންނެއް ކަމަކަށް ދުވަހަކުވެސް ގަބޫލެއް ނުކުރެވޭނެ ސަބަބަކީ ރުހުނަސް ނުރުހުނަސް އެންމެންނަށް ހާމަކުރަންޖެހޭކަންކަމާއި ކުރަން ނުޖެހޭ ކަންކަން ހުންނާނެ ނަމަވެސް އެކަންކަމަށް ބެލުމެއްނެތި ތިމާޔާ މުއައްސަސާގެ އަގު ހަމަވައްޓާލީ ތިމާ އަމިއްލަޔަށް ތިމާ އޭރު ހުރިމަގާމުގެގޮތުންވެސް ނުކުރެވޭނެ އެތައްކަމެއް ކުރި ވީމާ އިތުބާރެއްނުކުރެވޭނެ ހަމީދަކަށް ވަރަށް ވެދުން

  13. އައްޑޫ މީހާ

    ހަމީދު އަލުން ފުލުހުންގެ ވަޒީފާއަށް ފެންބޮވައިގަތީ މިހާރު ވ.ސަޅި އަންހެން ކުދިން ވައްދާފަ އެބަތިބި އެކަމާ ކެއްމަދުވެގެން އަދި ކޮމިޝަނަރ އަކަށްވީމަ ވ.ފަސޭހަވާނެ އަތު އަޅުވާލަން ހަމީދަށް ކޮން އިތުބާރެއް ހޯދަދެވޭނީ؟ ފުލުހުންގެ ތެރެއިން ގިނަ ފުލުހުންވެސް ހަމީދަށް ނަފްރަތު ކުރާނެ ދެން ކޮމިޝަނަރ ވީމަ އެކަން ނުދެއްކިޔަސް