ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

މިކަން ޖުމްހޫރީ ޕާޓީން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މި ދެ މެންބަރުން އެ ޕާޓީއާއި ގުޅުނީ ކޮންއިރަކަމެއް ނޭގެއެވެ.ބެލެވޭގޮތުގައި، މި ދެ މެންބަރުންވެސް އެ ޕާޓީއާއި ގުޅިވަޑައިގަތީ ސިއްރުންނެވެ.

މެންބަރު ސައުދުއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ވަަރަށް ގާތް ބޭފުޅެކެވެ. އަދި މި ދެ ބޭފުޅުންނަކީވެސް ކުރިން ޕީޕީއެމްއަށް ނިސްބަތްވާ ދެ މެންބަރުންނެވެ.

އެ ޕާޓީއާ މިހާރު ވަރަށް ގިނަ މަޖިލީސް މެންބަރުންތަކެއް ދަނީ ގުޅެމުންނެވެ. އަދި އެކަމަށް ހާއްސަކޮށް ވަރަށް ގިނަ ރަސްމިއްޔާތުތައްވެސް ބޭއްވިއެވެ.

މި ދެ މެންބަރުން ޖޭޕީއާއި ގުޅުނުއިރު، އެ ޕާޓީއަށް ރައްޔިތުންގެ މަޖިލިހުގެ 22 މެމްބަރުން މިހާރު ވަނީ ހަމަވެފައެވެ. އަދި މިހާރު މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޖޮއިންޓް ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރަކީ ޖޭޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ރަޖަބްމަސް

  2. އަހަންމާ

    ސޭޓު އަންހެނުންގެ ފިރިމީހާ ހާދަކާމިޔާބޭ ބޮޑުގޮނޑިލިބޭނެ ތިވަރުންދަންޏާ. ޢިންޑިއާމީހުންގެ އަތްދަށުނުވަނީސް ތިކަންނިންމާލާ

  3. ސްކޯރޕިއަން

    ޖުމްހޫރީ ކިޔަނީ ވަނަމަކަށް ނޫން! މިހާރު ތިއޮތީ މަސްދާނީ ފެންއޮތްތަނަކަށް ކަން ކަށަވަރުފަ! ވަކި ޕާރޓީއަކާ ގުޅުމަކުން މެމްބަރުގެ ގޮނޑިއެއް ނުގެއްލޭނެ! އަދި ޕާޓީއަކާގުޅެނެއް ކަމަކު މެމްބަރުން ގަތީއެކޭ ކިޔައިގެން ޕާރޓީގެ ބާނީއާއި ދަރީންކޮޅު ޖަލަށްލައިގެން ރިޝްވަތުދިނީއޭ ކިޔައިގެން ނުތެޅުވޭނެ! ސޭޓަށް ސާބަސް