18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން، އަންނަ މަޖިލިސް އިންތިޚާބުގައި ކުރިމަތިލައްވާނީ ތިނަދޫ ދެކުނު ދާއިރާއަށްކަން އިއުލާން ކުރައްވައިފިއެވެ.

އެކަން އިއުލާނުކުރެއްވީ މިރޭ ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގެ ތެރެއިން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ.

މިހާރު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް ޕްރައިމަރީ އަކާއި ނުލާ މަޖިލީސް އިންތިހާބުގައި ވާދަކުރެވޭނެ ކަން ވަނީ އިއުލާނުކޮށްފައެވެ. އެ މެންބަރުންގެ ތެރެއިން ވާދަ ކުރައްވާ ދާއިރާ ބަދަލުކުރެއްވީ ނިހާންގެ އިތުރުން ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު އައްސަދުއެވެ. އައްސަދު ދެން ވާދަކުރައްވާނީ ގަލޮޅު ދެކުނު ދާއިރާއަށެވެ.

ވިލިމާލެ ދާއިރާގައި ނިހާން ދެ ދައުރު ފުރިހަމަ ކުރެއްވިިއިރު، ދެން އެ ދާއިރާއަށް ކުރިމަތިނުލައްވާނެ ކަމަށް މީގެ ކުރިންވެސް ނިހާން ވަނީ ވިދާޅުވެފައެވެ.

"އަވަސް އޮންލައިން" އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ، އަންނަ އަހަރުގެ އިންތިޚާބުގައި ވިލިމާލޭ ދާއިރާއަށް ކުރިމަތިނުލައްވަން ކުރިންވެސް ނިންމަވާފައި ވާއިރު، އެގޮތަށް ނިންމެވީ ޒުވާނަކަށް އެފުރުސަތު ދެއްވުމަށް ކަމަށެވެ.

ނިހާން އެއިރު ވިދާޅުވީ، ގޮތުގައި އޭނާ ބޭނުން ވަނީ ޒަމާނުންސުރެ އޮތް އެ ސަގާފަތް ބަދަލުކުރުމަށް ޒުވާނަކަށް ގޮނޑި ދޫކޮށްލުމުގެ ހިތްވަރު ދައްކާށެވެ.

ނިހާންއަކީ ތިނަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. ނިހާން ވާދަކުރައްވަން ނިންމެވި ދާއިރާ މިހާރު ތަމްސީލު ކުރައްވަމުން ގެންދަވަނީ އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ. އޭނާ ވަނީ ދާދި ފަހުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

އަބުޅޯވެސް މަޖިލީސް އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ނުކުންނާނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ދެންރަގަޅުވާނީ ފަޅުރަށަކަށް ކުރިމަތިލިއްޔާ؟

  2. 3 ބަނަވިސްނުން

    ފޭލް ވެފަ ތިބި ބަޔަކު ނުކުތަސް ގ.ދ ތިނަދޫ އިން ވޯޓްނުލިބޭނެ ! ތިނަދޫގެ ދެކުނުދާއިރާ މަވެސް 2344 ވޯޓް ނެތް ލިބޭ ގޮތަށް މަވެސް ނުކުންނަން ދެކުނުދާއިރާއަށް މަގޭ ނެތް ސިޔާސީ ނުފޫޒެން !

  3. ޖާން

    ނިހާން ވާދަކުރަންވާނީ ގދ. ފަޅުރަށަކަށް.
    އެއިރުން އިންތިހާބަކާނުލާ ގޮނޑި ޔަގީންވީ.

    2019 ގައި ރައްޔިތުން މަނިކުފާނަށް ދޭންއޮތީ އަނދަގޮޑި.

  4. އަލްޖިބްރާ

    ކަލޭ ކޮންމެތާކަށް ކުރިމަތިލިއަސް ނުހޮވޭނެ ! ތީ ފެއިލްވެފާހުރި ރުޑިއެއް !

  5. ދެކުނު

    އިންޝާﷲ. ތިނަދޫ ދެކުނު ދާއިރާއިން ނިހާންއަށް ކާމިޔާބުކުރެވޭނެ.

  6. ކަލޯ

    ކަލޭ ލާން ވީ ތިނަދޫ ކައިރީގަ އޮއްނާނެ ކަފަނާ ކިޔާ ކުޑަ ފަޅުރަށެއް އެތާ ހުއްނާނެ 3 ރުކާ 2 މަގޫގަހާ 6 ކުރަނދިގަސް .

  7. ނިއްޓެ

    ހާދަ އުފާވެރިއޭ. އައްސަދު ދެން މަޖްލިސް އިން ނުފެންނާނެތީ. މާލެ ދާއިރާ އެއް އައްސަދަކައް ނުލިބޭނެ.

  8. Anonymous

    ބުރޯ، ތިގޮނޑި ޖަހައިގަތީތަ، ޕޕމ ގަ އަބަތިބި ކޮރަޕްޓް ނޫން މީހުންވެސް..

  9. Anonymous

    ނަމަނަމަ ޖަންގަލީ އުސޫލު ގެންގުޅޭ ބައިގަނޑައް ވޯޓު ނުދޭތި

  10. މިއަދު

    އަޙުމަދު ނިހާނު ސުސެއިންމަނުކަކީ މިވަގުތު ރާއްޖެގެ ސިޔާސީ ދާއިރަ ހަމަމަގުގައި ބޭއްވުމަށް ރަޢިއްޔަތުންގެމަޖިލިހަށް ނުހަނު ބޭނުންބޮޑު ބޭފުޅެއް ސިޔަސީގޮތުން އޮޔަވަޔާ ނުދާ ހަރުދަނަސިޔާސަތެއްގެ ވެރިއެއް ނިހާނު އެދާއިރާއަކަށް ކުރިމަތި ލުމަކީ އެދާއިރާއަކަށް ލިބޭ ފަޚުރެއް އަޅުގަނޑުގެ ދާއިރާއަށް ނިހަނު ކުރިމަތިލެއްވިނަމަވެސް ޖާނާއި މަލުން ގުރުބަންވެ ނިހާނު ހޮވަން މަސައްކަތް ކޮށްދޭނަން ތިނަދޫ ދެކުނު ދާއިރާއަށް ނިހަނު ކުރިމަތިލައްވަން ނިންމެވި ނިންމެވުމަށް މަރުޙަބާ