ރައްޔިތުން މަޖިލީހުގެ ހުރިހާ ދާއިރާ އަކަށް އެމްޑީޕީ އިން ކުރިމަތިލުމަށް ނިންމި ނިންމުން ބަދަލު ކުރެވޭތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލު ކުރައްވާ، މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ބޭއްވެވި މިބައްދަލުވުމުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ދެއްވާފައެއް ނުވެއެވެ. ނަމަވެސް ބައްދަލުވުމަށް ފަހު ގާސިމް ވަނީ ހުރިހާ ކަމެއް ވެސް ރަނގަޅަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް ދެއްވާފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

ކޯލިޝަންގެ ލީޑަރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ނަމަ، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާ އަކީ ކޯލިޝަން ސަރުކާރުގައި 20 ޕަސެންޓެވެ.

އެއްބަސްވުމަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީ އަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ.

އެމްޑީޕީ އިން 87 ދާއިރާގެ އިންތިޚާބުގައި ވާދަކުރަން ނިންމާފައި ވާއިރު އަދާލަތު ޕާޓީ އިން ވެސް ވަނީ 13 ދާއިރާއަކަށް ވާދަކުރާނެކަން އިއުލާން ކޮށްފައެވެ. ނަމަވެސް ޖޭޕީ އާއި އެމްއާރްއެމް އިން ވާދަކުރާނެ ދާއިރާތައް އަދި އިއުލާނެއް ނުކުރެއެވެ.

އެމްޑީޕީގެ ނިންމުމުގެ ސަބަބުން ކޯލިޝަންގެ ކުރިމަގާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ހުރިހާދާއިރާއަކަށް ވާދަކުރަންވާނެ ސޭޓްސިޔާސީނުވެބަލަ

  2. ސަރިސަރީ

    މެޖިކްފޯމިއުލާ ވޯކްކުރާނެތައް؟ ބަަލަން މިތިބެނީ

  3. ނޫރު

    ކުޅިބާ ރޭވިފައި އޮތީ ރައީސް ސޯލިހު އެމް.ޑީ. ޕީ. ދޫކޮށްލުމަށް؛ ނުވަތަ ރައީސް ނަޝީދު ސައިޒްކުރުމަށް މިކަމަކީ ރޭވިފައޮތްކަމެއް. އަޑީގަ ތިބޭނީ އަބުދުﷲ ޝާހިދު އަދި މައުމޫނު.
    ސޭޓް މެން ހާދަ ސޭކެކޭ؛ އެމްޑީޕީ ނެގި 112000 ގަޑު ވޯޓް އަކީ ރައީސް ނަޝީދުގެ ހައްގުގައި ރައްޔިތުން ދިން ވޯޓް. އެމްޑީޕީގެ ގުރާސް ރޫޓްގެ 85% އަކީ ރ.ނަޝީދުގެ މީހުން. ޕާޓީ ހިނގާނީ ރ.ނަޝީދުގެ މޮހިރުގަ.

  4. ނަގޫރޯޅި

    އަހަރުމެން އޭރުވެސްބުނިން ތި މޑޕ ހަތްފެނުން ފެނުކެއްކިޔަސް ތިނޫންގޮތެއްނުވާނެ. ބޭނުންވަނީ މޫނުމަތިން ހެވިފަތިބެ އޮމާންބަސްތަކެއް ބޭނުންކުރާ ބައެއްނޫން. ބޭނުންވަނީ ބުނާބަހުގެ އިތުބާރު. ރ.ޔާމިން ފަހަތުގަ ތިބިނަމަ މިއަދު ކަލޭމެން މަގުމަތިނުވީސް. ރ.ޔާމިން ކަލޭމެނާދެކޮލައް ކުރިކަމެއްކުރީ ޒާތީނުވެ އެންމެންނައް އެއްއުސޫލެއް ގާއިމުކުރަން. އެކަމު އެގޮތްކަމުނުގޮސް ކަލޭމެނައް ވަކިހާއްސަގޮތްތަކެއް ހަދާނުދިނީމަ އެއީ އަނިޔާވެރިޔެކޭ ނުލަފާމީހެކޭ ކިޔާ ރައްޔިތުންނައް އެކަންވިސްނާދީ އަސްލު ކަންވީގޮތް އޮޅުވާލީ. މިއަދު ރ.ޔާމިން އުޅޭ ހާލައްވުރެ ގާސިމް، މައުމޫނު، އިމްރާނުމެން ތިތިބީ އަލުން މަގުމައްޗައް ނުކުންނަންޖެހި ކުރިން އުޅުންހާލައްވުރެ ދެރަވަރުގަ.

  5. އައްޑޫ މީހާ

    ގާއްޓެ މޮޔަފުޅުވީތޯ؟ ރައިސް އިބިރިހިމާ އަކީ އެއްވެސް އާރެއް ބާރެއް ހުރި މިހެއްނޫން މ.ޑ.ޕ ގެ ހުރިހާކަމެއް ހިންގާނީ ކެންނާރި ދަންނަ ނުދަންނަ މާފަތް އެދުރު ކަލޭގެ ކިތަންމެ ވަރަކަށް ބައްދަލު ކުރިޔަސް ތިޔަކަށް ބަދަލެއް ނާންންނާނެ އަދި އިބިރިހިމަކަށް ނުކެރޭނެ މާރިޔާއާއި ކެންނާރި ދަންނަ ނުދަންނަ އެދުރު ކަލޭގެ އެދެމެފިރިން ނުރުހޭ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް އަދި ތުނޑު ހަސަނާ ހުންނާނެ ވަސްވާސްދޭން

  6. ސޭޓް

    ސޭޓްގެ އަންހެނުންގެ ފިރިމީހާގެ ކަލެއަށް ހުރިހާ ދާޢިރާއެއްދީފަ ހެވިފަ ތިބެންވީތަ..، ނުވާނެ ތިކަމެއް، މާދަން ކަލޭ ހުންނާނީ ކޮންދިމާކުކަމެއް ކާކަށް އެގެނީ، އެއްވެސް އިތުބާރެއްނެތް، އެމް.ޑީ.ޕީ 87 ދާއިރާއަށް ވާދަކުރަން ޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ފާސްކޮށްފައި

  7. ޢަލީ އަޙްމަދު

    ކޯލިޝަން ރޫޅެނީ...

  8. ބޭ

    ބައްލަވާ ޤާސިމް ބައްދަލު ކުރާނެކަމެއްނެތް ވާނެކަމެއްނޯންނެ ތީ ނަޝީދު ހަދާ ގޯހެއް.

  9. އިރުދާ

    ސަރުކާރުގެ އަގެއްނެތް ކޯލިސަނޭ ކިޔައިގެން އެންމެ ޕާޓީއަކަށް މޮއްކުރަނީ

  10. عبدالله

    މިހާރު މިދަނީ ރަނގަޅަކަށް ނޫނެވެ. ވަސްނުބައި ވެއްޖެއެވެ.