ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލު ކޮށް އޭނާ މިނިވަންކޮށްފިއެވެ.

އަލީ ހަމީދު ޖަލަށް ލާން ހުކުމް ކުރީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ތަހުގީގަށް އޭނާގެ ފޯނު ދޭން ދެކޮޅު ހެދުމުން އޭނާއާ ދެކޮޅަށް ކުރި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

ހައިކޯޓުގެ ޙުކުމުގައި ވިދާޅުވީ މީހަކު ފޯނެއް ގެންގުޅުމަކީ އެކަމުގެ ޒާތުގައި ކުށެއްނޫންކަމާއި، މިގޮތުން ފޯނަކީ ފޯނުގެ ބޭނުންކޮށްގެން އަނެކުން ނާއި ޒާތީ މުއާސަލާތުކުރުމަށް ބޭނުންކުރާ ވަސީލަތަކަށްވާއިރު އަނެކުންނާކުރާ ޒާތީ މުއާސަލާތުތަކަކީ ޙުރުމަތްތެ ރިވެގެންވާ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި އޮތް އޮތުމަށާއި އެމީހަކާއި ދެކޮޅަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެމީހަކާއި ދެކޮޅަށް ހުރިހެކި އެމީހަކު ދެއްކުން މަޖުބޫރު ނުކުރެވޭނެކަމަށް ބަޔާންކުރާ އަސާސް އަށް ބެލު މުން މީހަކު ގެންގުޅޭ ފޯނެއް ގެއްލިގެން ނުވަތަ ފެންނަންނެތިގެން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން އެމީހަކު ގެ ންގުޅޭ ފޯނެއް ދެވެންނެތުމަކީ ހަމަ އެކަނި އެސަބަބަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ކުށެއްކަމުގައި
ނުބެލެވޭނެކަމަށެވެ.

ޢަލީ ޙަމީދު މުޙައްމަދު ގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ހެކި ޤަރީނާތަކާ ބުނެވުނު ހެކިތައް ވަޒަންކުރުމުގައި ޝަރީޢަތުގެ ފަރާތުން ރިޢާޔަތްކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، ބުނެވުނު ދަޢުވާއާ ގުޅިގެން ދައުލަތު ގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން މިމައްސަލައިގެ ޙުކުމަށް ވާސިލުވުމަށް ޝަރީޢަތުގެ ފަރާތުން ބުރަވެފައިވަނީ ދެ ފުލުހުންނާއި ސިއްރު ހެކިންގެ ގޮތުން ގައި ހެކިބަސްދީފައިވާ ތިންމީހެއްގެ
ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުގެ މައްޗަށް ކަން މިމައްސަލަ ނިންމަވަމުން ދަށުކޯޓުން
ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ 6 ވަނަ ނަންބަރުގެ (ހ) އަދި (ށ) ގައި ފާހަގަކޮށް ފައިވާ ކަންކަމަށް
ބެލުމުން އެނގެން އޮންނަކަމަށް ވެސް ޙުކުމުގައި ވެއެވެ.

"މިގޮތުން މިމައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކި ވަޒަންކުރައްވާ މައްސަލައިގެ ޙުކުމަށް ވާސިލުވުމަށް ދަށުކޯޓުން ފާހަގަކުރައްވާފައިވާފައިވަނީ ޢަލީ ޙަމީދު މުޙައްމަދު އާ ދެކޮޅަށް ހެކިބަސްދީ ފައިވާ ފަރާތް ތަކުން ދީފައިވާ ހެކިބަހުން ޢަލީ ޙަމީދު މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނު ދިނުމަށް އެންގުމުން އެފޯނު އޮތްތަނެ އް ބުނެދީފައިނުވާކަމާއި އަދި އޭގެ ފަހުންވެސް ފުލުހުންނަށް ފޯނު ފޯރުވައިދީފައިނުވާކަމާއި ، ޢަލީ ޙަމީދު މުޙައްމަދު ފޯނެއް ގެން ގުޅެމުން ދިޔަކަން
އެނގޭކަމަށާއި، މިހެންކަމުން ބުނެވުނު ހެކިބަސްތަކުގެ މައްޗަށް ބެލުމުން ޢަލީ ޙަމީދު މުޙައްމަދުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ހުންނާނެކަމަށް ޝަރީޢަތަށް ބުރަވެވޭ ކަމަށް ފާހަގަކުރި ފާހަގަކުރުންކަމާއި، އެހެންނަމަވެސް، ޢަލީ ޙަމީދު މުޙައްމަދު ގެންގުޅުނު ފޯނެއްގައި އެފަދަ ހެކި ހުރިކަމަށް ބުރަވެވުނީ ކޮންކޮން ސަބަބުތަކެއް ހުރެގެންކަން މިމައްސަލައިގައި ދަށުކޯޓުން ފާހަގަކުރައްވާފައިނެތް" ކަމަށް ޙުމުގައި ވެއެވެ.

އަލީ ހަމީދުގެ ޙުކުމް މިއަދު ހައިކޯޓުން ބާތިލް ކޮށްފައިވާއިރު އޭނާ މިހާރު ހުންނެވީ ގޭބަންދުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ނިޒާމު

  ރައީސް ޔާމީން ޢަޒުލުކުރަން ރިޝްވަތުހިފިމީހުން! އިންޞާފަކީ މިއީ؟

  • ރީދޫ ބާގަ

   ސަޅިއެއްނުން؟!!! ކުރި ހުރިހާ ހުކުމެއް ނުވަތަށް އަބުރާ ލުމުގެ ކުޅަދާނަކަމައިގެން އައި ސަރުކާރެކޭ މީ. ސަރުކާރެއް ހިގާކަމަށްމިނވަނީވެސް މި ރިދޫ ބައިގަޑަށް ވެރިކަން ލިބުނީމަ. ކޯޓުތައް ވެސް ރަގަލަށް ހިގާކަމަށްމިވަނީ ހަމަ މި ބާގަ އަށް ލިބުނީމަ.

 2. ސޮރު

  ހުދު ޖަނގިޔާ މިހާރު އިންސާނަކަށް ވީ ދޯ

 3. މުހައްމަދު

  މިގައުމުގެ ޖަލުތަކުގާ ތިބި ހުރިހާ ކުއްވެރިން ދޫކޮށްލާ ގައުމު އަނދަވަޅކަށް ވައްޓާލައިފި.
  ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.

 4. މުހައްމަދު

  މީހަމަޖެހޭ ވެތިޔެއްތަ؟
  މިގައުމުގެ ވަލިއްޔުލް އަމުރަކީ؟

 5. މުހައްމަދު

  މޮޔައެއްގެ އަތަށް ކަނޑިޔެއް ދިނީމާވާނެގޮތް މިރާއްޖެއިން މިހާރު މިފެންނަނީ.

 6. عبدالله

  ނުޙައްޤުން ގެއްލުވާލި ފަނޑިޔާރުކަމުގެ މަޤާމު އަނބުރާ ލިބޭނެތޯއާއި، ޖަލުގައި ލިބުނުގެއްލުމުގެ ބަދަލު ދެއްވާނެތޯއާއި، ޢާއިލާއާއި އަނބިދަރިންނަށް ކުރިމަތިކުރުވި އަނިޔާގައި ޒިންމާވާންޖެހޭ ފަރާތެއް ކަނޑައެޅޭނެތޯއާއި، ބާޠިލުގޮތުގައި ޙުކުމްތައް ނެރެދެއްވުން ނިމުމަކަށް އަންނާނެތޯ ސުވާލުއެފެދެއެވެ.

 7. ޙާލަތު

  އިމްތިޔާޒް ފަހުމީ އާއި އެމްޑީޕީ ކުދިން ނުދޭތޯ ހުދުޖަނގިޔާ ޖެހި ޓީޝާޓްލައިގެން ޢަލީ ޙަމީދު އަށް މަރުހަބާ ކިޔަން. މިހާރު ޢަލީ ޙަމީދު އަކީ ކުށެއްނެތް މަޢުޞޫމް ދީންވެރި ތެދުވެރި، ނަޒާޙަތްތެރި މީހަކަށް ވީތޯ ހަމަ ކުއްލިއަކަށް.

 8. ލލ

  މީހަކު ތައުބާ ވިއަސް ހަމަ މަލާމާތް ކުރުން އެއީ ރަގަޅު ގޮތްތޯ ؟