މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތުއްތު ދަރިންނަށް، އެކުދިންގެ މައިންބަފައިން މަސައްކަތުގައި އުޅޭ ވަގުތު ޒިޔާރަތްކޮށް ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަހުލޫފު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މަހުލޫފުގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ، ތުއްތު ކުދިންނަށް އެކުދިންގެ މައިންބަފައިން އޮފީހުގައި އުޅޭ ވަގުތު އެކުގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ އެކަމަށް ކަނޑައެޅޭ އުސޫލެއްގެ ދަށުންކަމުގައެވެ.
"ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ތުއްތު ދަރިންނަށް މައިންބަފައިން ވަޒީފާގައި އުޅޭ ވަގުތު ޒިޔާރަތްކޮށް ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު، ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ހަމަޖައްސައިފިން." މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ،
ޔޫތު މިނިސްޓްރީގައި މިގޮތަށް ހަމަޖައްސާފައިވާއިރު ރާއްޖޭގެ ސަރުކާރު އެހެން އެއްވެސް މުއައްސަސާއެއްގައި މިފަދަ އިންތިޒާމެއް ހަމަޖައްސާފައިވާކަން އެނގިފައި ނުވެއެވެ. އެހެންނަމަވެސް، މިއީ ބައެއް ޤައުމުތަކުގައި ވަރަށް ގިނައިން ކުރަމުން އަންނަ ކަމެކެވެ.
ތި ދެން ބޮޑުވަރު.
ވަރަށް ރަގަޅު ކަމެއް އެކުރީ????
ސާބަސް ޔޫތު މިނިސްޓަރަށް އަހުމަދު މަހުލޫފް ???
މަހުލޫފް ގޭންގުތަކާ ވާހަކަދެއްކުމާ ގުޅޭގޮތުން ރަނގަޅު އެއްގޮތްވެސް ނެތޭ ބުނީމަ އަޅުގަނޑަށް ފެންނަ އެއްޗެއްވެސް ދަންނަވާލާނަން.
ގާނޫނީ ފިޔަވަޅު އަޅާބަލަ ވަގުތުން. މަޝްވަރާ ކުރާކަށް ނުޖެހޭ. އެއީ ގާނޫނީ ބާރުތަކެއް ކިބިފައިއޮތް ސަރުކާރުގެ މުއައްސަސާއެއްނޫން. ކުރާކަމެއް ކުރަނީ މަނާ ކަމެއްކަން އެނގިތިބެ. ސަރުކާރުގަ ތިއްބެވި ބޭފުޅުން މިގައުމުގެ މުސްތަގުބަލަށް ވިސްނާ ހެޔޮލަފާ އަމާން އިލްމީ ވެއްޓެއް ގާއިމްކުރަން ބޭނުމިއްޔާ ފިޔަވަޅުއަޅާ ގޭންގުތައް ނައްތާލަންޖެހޭ. ޢެމީހުނާ ވާހަކަދައްކާ އެމީހުންގެ ދަށުވެ ޑީލްތައް ހެދިގެން ދިޔުމަކީ ހިތާމަހުރިކަމެއް.
ޓުވީޓުން ގައުމް ހިންގާލަނީ..
ކޮބާ އާއިލާ ތަކާ އަންހެނުންގެ ހައްޤަށް ގޮވާ މާރިޔާ؟ އެންމެ ޅަދަރި މައިންނާ ބަފައިން އުޅޭ މިނިސްޓްރީގަ އެ ހުރީ؟ ނޭނގުނު މިވަރުވެސް ކުރަން..
ކުދީން ގޮވައިގެން ތިބެ އަދާކުރެވޭނީ ވަޒީފާއެއްނޫނެވެ.މާމޮޅު މީހަކަށް ވެގެން ހުރެ މީނަ މިކިޔަނީ ކީކޭތަ؟ އާކަމެއްކޮށްލުމަށް މީނަ ގޮވަނީ މޮޔަތަ؟
ކަލޭ ތީ ފައްކާ މޮޔައެއް
ސަޅި ވަރަށް ސަޅި. ?
ކޮފީ ބޮއެފަ ސްކޫލަށް ކުދިން އުފުލާފަ އޮފީހުން ބާއްވާ ކުޅިވަރުތަކުގައި ބައިވެރިވެފަ ޚިދުމަތްދޭނެ ވަގުތެއް ނެތް
ތިއޮތީ ސަރުކާރު ރަނގަޅަށް ހިންގިފަ
ކޮންމެ މުވައްޒަފަކަަށް އެނދެއްވެސް ދޭން ފެނޭ.. ނާޗަރަންގީ ކުޅެން..
ތިވަރަށް ކަމުނުދާކަ.މެއް
1. ދަރި ގެނެން ކޮމްޕް ކައިރީ ބައިންދާނެ އެއާ ކުޅޭނެ ސަރުކާރުމުދާ ދޯމީ ހަލާކުވެ ކަމެއްވިޔަސް
2. ގެނެސްބައިންދައިގެން ފޮޓޮކޮޕީހަދާފައި ކުލަޖައްސަންދޭނެ
3. ޑެންތިބޭމީހުންގެ ހަމަހިމޭން ވަގުތު ގެއްލޭ ނެ ބުނަން ބޭނުނއެއްޗެއް ނުބުނެވޭނެ..
ސާބަހޭ މަހޭ
މަމެންނަން ރަނގަޅީ ތިފަދަ އުސޫލުތައް ނަހަދާ އުޅެވޭ ވަރަށް މުސާރަ ބޮޑުކޮށް ދިނިއްޔާ.....
ދެން އެންމެ އަވަހަށް ކުޑަކުއްޖެއްގެ މައްސަލައިގައި ހައްޔަރުކުރާނީ މަހުލޫފު ތޯއްޗެ.
ބަލާވެރިކަމެއް މީދެން. ކަލޭ މާ ކަންތައް ދައްކަން ހަދާނެ ކަމެއްނެތް. ތިޔައީ ރައްޔިތުންނަށް ކިދުމަތް ދޭ ތަނެއްތައް. ނޫނީ ތިތާ މުވައްޒަފުންނަށް ކިދުމަތް ދޭ ތަނެއްތަ
ސާބަހޭ ރީލޯޑް މިނިސްޓަރ
މަގޭ ދަރި އަބަދުވެސް ގެންގުޅެން ބޭނުންވަނީ ތި އޮފީހުގަ އަނެއްކާ ނެޕީ ބަދަލުކުރަންވީމާ ހަދާނީ ކިހިނެއް މިކަންކުރަން ޖެހޭގޮތް ރައްޔަތުންނަށް ބުނެދީބަލަ މަހޭ.
މައިން ކީއްކުރަން އޮފީހައްދަރިން ގޮވައިގެން މައިން ގޭގަ ބައިތިއްބައިގެން މުސާރަ ދީބަލަ..
ކަމަކު ނުދޭ ހޯރަ އިއްބެ ދޫ ކޮއްފަ ތިޔަ ގޮއި ހެދީމަ އިއްބެ މެން ހަށީގަ ހޭނުހުންނާނެ
ކުރިންސުރެއްވެސް ކުދިން އޮފީސްއަށް ގެނެސް އުޅޭ !!!
މިކަން މިހާރުވެސް ވަރަށް ގިނަ ސްކޫލްތަކުގަ ޕްރެކްޓިސްކުރޭ