(އއ.އުކުޅަސް) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ރަސްމީ ދަތުރުފުޅެއްގައި އއ.އުކުޅަހަށް ވަޑައިގެންނެވުމުން ވަރަށް ހޫނު މަރުޚަބާއެއް އެރަށުން އެމަނިކުފާނަށް ދަންނަވައިފިއެވެ.

ދާދި ދެންމެ ރައީސް އުކުޅަހަށް ވަޑައިގެންނެވުމުން ރައީސް އަށް މަރުޚަބާ ދެންނެވުމަށްޓަކައި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ނިކުމެފައިވެއެވެ. ރައީސްއަށް މަރުޚަބާ ދަންނަވަން ނިކުމެތިބި ހުރިހާ ރައްޔިތުންނާ ރައީސް ވަނީ ސަލާމް ކުރައްވާފައެވެ.

ރައީސްއަށް އުކުޅަހުން ހޫނު މަރުޚަބާއެއް ދެންނެވިއިރު، މުޅި ބަނދަރު ސަރަހައްދު ވަނީ ރަން ރީނދޫ ކުލައިގެ އިތުރުން ޤައުމީ ކުލަތަކުން ޖަރީކޮށްފައެވެ.

އުކުޅަހުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ރަސްމީ ޖަލްސާ ބޭއްވުމަށްވެސް ހަމަޖެހިފައިވަނީ ބަނދަރު ސަރަހައްދުގައެވެ.

ރައީސް އަށް މަރުހަބާ ދަންނަވަން އުކުޅަހު ރައްޔިތުން އެއްވެފައި – ވަގުތު އިމޭޖްސް: އަލީ ވިސާމް
ރައީސް އަށް މަރުހަބާ ދަންނަވަން އުކުޅަހު ރައްޔިތުން އެއްވެފައި – ވަގުތު އިމޭޖްސް: އަލީ ވިސާމް

ރައީސް އުކުޅަހަށް ވަޑައިގެންފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް އުކުޅަހުގައި ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މި ދަތުރުގައި އުކުޅަހުގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާއިރު، އުކުޅަހު ކައުންސިލާއި، ސަރުކާރުގެ ބައެއް ވުޒާރާތަކާއި ޖަމިއްޔާޖަމާއަތްތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އުކުޅަހު ކައުންސިލްގެ ވެބްސައިޓް ވެސް މި ދަތުރުގައި ރައީސް އިފްތިތާހް ކޮށްދެއްވާނެއެވެ. މީގެ އިތުރުން އުކުޅަހުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރި ކުރައްވާ ފަރާތްތަކާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އުކުޅަހުގެ އިތުރުން އއ.ފެރިދޫއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފެރިދޫއަށް ވަޑައިގެން ރައީސް އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މުއައްސަސާތަކާ ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އއ.އުކުޅަހަކީ ރާއްޖޭގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ،އެމްޑީޕީއިން އެންމެ ފަހުން ބޭއްވި އެޕާޓީގެ ކޮންގްރެސް ބޭއްވި ރަށް ވެސް މެއެވެ. ރައީސް ޞާލިހް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އައްޔަން ކުރެއްވީ އުކުޅަހުގައި އެމްޑީޕީ އިން ބޭއްވި ކޮންގްރެސްގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަސީދު

    ދެން ރ ޔާމިނު ކޮއްފަހުރި މަސައް ކަތް ތަކުގެ ރިބަންކަޑަން ދުވޭ

  2. ނަސްވާ

    ވަގުވޯޓް އުކުޅަހުގައި އުކުޅަހުގެ ރައްޔިތުންނަކީ ގައުމާ ދެކޮޅު މީހުންތަކެއް ދިރިއުޅޭ ރަށެއް

  3. މީނަ

    ސާބަހޭ އުކުޅަސް ރަޔިތުންނޭ... އެމްޑިޕީ ގެ ދިރުންތީ.. ވަރަށް އުފާވޭ މަގޭ ހުދާ ގެރަށް ވީމަ..
    އެކްސް..

  4. ނޫރާ

    ކީއްވެތަ ބަނދަރުގަ ބާއްވަނީ؟ ގެއެއްގެ ގިފިލިތެރޭގަ ބޭއްވީމައެއްނު ރައްޔިތުމީހާއާއި ދިމާވާނީ!!

  5. ޏަމްޏަމް

    ތިރަށައް ކޯފާއެއް ނައިސްފިނަމަ ﷲ ގެ ކިބަފުޅަށް ޝުކުރު ކުރަން ލާދީނީ ގޮތްނޭނގޭ އިބޫ ރަށްރަށަށް ދިއުމަކީ އެހާ ރަގަނޅު ކަމެއްނޫން.