ތޮއް ޖެހިފައިވާ މާލެގައި ސުވިމްޕޫލެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މާލޭ ސިޓީކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާލޭ ސިޓީގައި ސުވިމިން ޕޫލެއް އެޅުމަށް ހިޔާލުހޯދުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އޮން ކޮމިއުނިޓީ އެމްޕަވަރމަންޓު ގެ ފަރާތުން އެ ކައުންސިލަށް ހުށަހަޅާފައިވާތީކަމަށެވެ.

މިކަންކަމާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް ބުދަ ދުވަހުގެ ރޭ 20:30 ގައި އިސްކަންދަރު ސްކޫލު ހޯލުގައި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

އެކައުންސިލުން ބުނެފައިވަނީ ސުވިމިން ޕޫލުގެ އިތުރުން މާލޭ އެކި ސަަރަހައްދުތަކުގައި ކަސްރަތުކުރުމަށް ޖިމް އެކުއިޕްމަންޓު ބެހެއްޓުމަށްވެސް ޔޫތް މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ކޮންމެ ހަފްތާއަކު ވީކެންޑު މާކެޓެއް ބޭއްވުމަށްވެސް ނިންމާފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ.

ރާއްޖޭގައި، އޮލިމްޕިކް ސުޓޭންޑަޑްގެ ސުވިމިން ޕޫލެއް ހެއްދެވުމަކީ އެކި ސަރުކާރުތަކުންވެސް ވެފައިވާ ވައުދެކެވެ. ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކަށް އެކަން އޮތީ ނުވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ ސްވިމިންގް ޕޫލް ކޮމްޕްލެކްސް ގާއިމު ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖައްސާފަ އެވެ.

އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް އެޅުމަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ފެތުމުގެ މުބާރާތްތައް ބާއްވަން ފެށީއްސުރެ ފެތުންތެރިން ދެކެމުން އައި ހުވަފެނެކެވެ. ގައުމީ އެތުލެޓިކްސް ޓީމުގެ ފަރިތަކުރުންތަކާއި އަދި މުބާރާތްތައް ވެސް ބާއްވަމުން އަންނަނީ މާލޭ ދެކުނު ފަރާތު ފަޅުތެރޭގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. މަހޭ

    އޮރިޔާމުން އުޅެވޭނެ ގޮތެއްވޭތޯ ބަލާތި މަ ތާއީދު ސާބަސް މަހުލޫފު ، މަތީތައުލީމު ޝިފާ .....

    • ހަސަނު

      ޕޫލްތަކުގަ އޮރިޔާމުން އުޅޭމީހުން އެބަފެނޭ

  2. ރިސާޗް

    ތި ދެން މިހާރު ނުވެފަ އޮތް ކަމަކީ!! އިސްލާމީ މަރުކަޒު ހުރިތަން ތިކަމަށް އެންމެ ރަނގަޅީ!!

    • އަހުމަދު

      އާނ މީހަމަ ނުވެފަ އޮތް ކަމެއް،

  3. މަމަ

    މާލޭ އެކި ސަަރަހައްދުތަކުގައި ކަސްރަތުކުރުމަށް ޖިމް މުއިޒު ކިޔާމީހަކު އެޅިހަދާނެއްވޭ؟

    • މުއިއްޒް

      އެ ޖިމްތައް ބޭނުން ކުރާތީ ވަރަށް އުފާވޭ

  4. ކަރާ

    ސްވިމިންގޕޫލް ކޮމްޕްލެކްސް މިހާރުހުރީ ހުޅުމާލޭގަ ނިމިފަ. ފީތާ ކަނޑާލަންވީ. ދެން ކޮންކަމެއް ކުރަންތިއުޅެނީ. ސަތޭކަދުވަހުން ނިންމަން ތިއުޅެނީ ކަރުދާހުގުޑި ހެދުންކަހަލަ ކަންކަންތަ؟ ޢާންމުންގެ ޚިޔާލަށް ތިއުޅެނީ ތަންތަން ސުންނާފަތިކުރަންތަ؟ ބޮޑު ސުވިމިންގޕޫލެއް ހަދާފަ އެއޮތީ ރަސްފަންނުގަ. އެވަރު ކުޑަތަ؟ އާނ ސިޓީކައުންސިލަކުން ނޫން. އެމީހުންކުރީ ޖެއްސުން. ޖެއްސުންކުރި މީހާޔަށް އެހެރީ މިނިސްޓަރުކަންވެސް ދީފަ

  5. ފެންނުވަރާ ހަންޑި

    މާލެ ދެބުރިއަށް ނަގަން ފެނޭ. ސްވިމިންގ ޕޫލް ނަހަދާ މާލެ މީހުންނަށް ދޭންޖެހިފަ އޮންނަ ކުލި ކުޑަކޮށްބަލަ. ރާއްޖޭގެ ރަށްރަށުން މަޖުބޫރު ހާލުގަ މާލެ އައިސްގެން އުޅޭ މީހުން ފެލައިގެން ނަމަވެސް ޕާޓީކުރެވޭތޯ ބަލާތި ކަލޭމެން.

    ކޮމެންޓް ޖަހާނެ ކަމުގެ ޔަގީން ކަމެއް ނެތް

  6. ށި

    ފުޓްސަލް ދަނޑު ޢަޅާފަ ސްވިމިންގ ޕޫލް އަޅާނެ ތަނެއް އެބޮތްތަ

  7. ދިވެހިބަސް

    ސްވިންޕޫލު އަޅަނީއެއްނޫން ހަދަނީ

  8. ޙެހުން

    ސްވިމިން ޕޫލްއަށް ހެދުމާ ހަރުވާޅު އަދި ބުރުގާގަ އެރެވެންވާނެ

    • Ach

      އަދި ޓީޝާޓާ ފަޓުލޫނުވެސް.?

  9. އަބޯ

    ރާއްޖޭގަ ވަށައިގެން އެއޮތީ ސްވިމިންގޕޫލް ވީމާ ވަކިތަނެއްގަ ވަކި ނަމެއްކިޔާ ޕޫލެއްގަ ފަތާ ފެންގަމޑެއް ހެދުމުގެ ބޭނުމެއްނެތް . މާބޮޑަށް މުހިންމު ހިދުމަތްތައް ރައްޔިތުންނަށް ފޯރު ކޮށްދޭން ޖެހިފާ އެބަހުރި އެކަންކަން ކުރިއްޔާ މާރަނގަޅުވާނެ

  10. ނޯ

    ނޯ ވޭ!!?

  11. ޤައުމު

    ރަނގަޅު ކަމެއްނޫން. ތިކަމަކަށް ތާއީދެއް ނުކުރަން.

  12. އަލީ ރިޒާ

    ބަލަގަ ހުޅުމާލޭގަ އިޔާޕޯޓު ބިއްދޮށުގަ ބޮޑު ވޯޓާތީމްޕާކެއް ހެދުމުގެ މަސައްކަތް ކުރެވެމުންދާކަމެއް ނުދަނެހުރިންތޯ.. އެއީ ރައީސްޔާމީން ސަރުކާރުގެ ފައްޓަވާދެއްވާއިފާ ޕުރޮޖެކްޓެއް.. ދެން ކީއްކުރާ ސުވިމިންޕޫލެއް.

  13. ހަސަންޓޭ

    ކީއްކުރަން ތިކަމުގަ އާންމުބްގެ ހިޔާލް ހޯދީ. އިސްލަާމީ މަރުކަޒުގެ ހަރިންމަ ތަޅައިލިއިރު ކީއްވެ ނުހޯދީ

  14. ާތލރ

    ބޭރުގައުމުގަ އޮރިޔާމުން ތިބަސް ހަމަ އޯކޭ،?

  15. ޙައްވަ

    ނަޖިސް ޕޫލްހަދަންވި. ޜައްޔިތުންނަށް ލިބެންޖެހޭ އަސާސީ ކަންކަން ރަނގަޅަންފުރިހަމަ ކުރުމަށް މަސައްކަތްކޮށްބަލަ.ޕޫލާ ޕާެކްތަކަށް ވުރެ މުހިންމީ އެކަންކަން

  16. ޝުކުރިއްޔާ ގައުމު

    ރައްޔިިުންނަށް ކަމެއް ކިޮށް ދޭންވީމަ ޚިޔާލު ހޯދުމުގެ ނަމުގަ ވަގުތު ނަގާލަނީ. ކުށްވެތިން ދޫކުރަންވީމަ ހޭވެސް އަހާލުމެއް ނެތް. ބލއެއްނު ދެން މީ.

  17. ރީލޯޑު ވަޒީރު

    މާލޭގަ ކޮން ސްވިމިންގޕޫލެއް އަޅާކަށް؟ ހުޅުމާލޭގަ ހަދާ ވޯޓަރތީމް ޕާރކްގެ މަސައްކަތް ނުކުރަން ވެގެން ބަހަނާ ދައްކާނެ ކަމެއް ނެތް. އެތަން ނިންމާފަ.އަވަހަށް ހުޅުވަން އުޅޭ. މާ ފޮނި ބޮޑުވެގެން ތެޅޭނެ ކަމެއް ނެތް.

  18. ޖުހާ

    ތިޔައުޅެނީ ރަސްފަންނު ހަލާކުކޮށްލަންވެގެން. އަހަރެމެންގެބޮލުގައި މިހުރީ މީދާކޭ އުނބެއްނޫން.

  19. އަސްމާލް

    ބިކިނީ ޑާންސް ކުރަން އަޅާ ޕޫލް އެއްނޫން މީ އަމްދކުން، މީކުދިންނައް ފަތަން ދަސްކޮށްދެން އަޅާ ޕޫލް އެއް

  20. ގަޅިބޯ

    މި ހަބަރު ކީ މިހުނަށް މީގައިވާ އެޗެއް ފަހުމް ވީހެނެއް ހިޔެެއްނުވޭ... ހިޔަލެއްދޭން ބޭނުމިއްޔާ އިސްކަންދަރު ސްކުލަށް ދާށޭއެއޮތީ... މިތާ ކޮމެންޓް ބައިގަ ލިޔާށެކޭނޫން

  21. ޑިމޮކްރަސީ

    މާލެ ވަށާތް ސްވިމިން ޕޫލް. ޑެން ކޮންޕޫލް އެއް.

  22. އަހްމަދު

    ވަރައްތާއީދު ތިކަމައްއެންމެރަނގަޅު ތަނަކީ ބްލޫހެވަންހުރިބިން އަވަސްކުރޭ 100 ދުވަސް ހިނގައިދާނެ ތިޔަހެންތިއްބާ އެކަމުތިކަން ކަރަޕްޓް ސިޓީކައުންސިލާ ހަވާލުކޮށްގެން ނުވާނެ

  23. ނައްލަބެ

    އިސްލާމީ މަރުކަޒުގެ ގޯޅިގަނޑުގެ މުށިތަށް ތަޅާލާފަ އެތާ ސުވިމިންޕޫލެއް ނާޅާތި.

  24. ކިޔާ

    ވިއްސާރަ ދުވަސްވަރު މުޅިމާލޭގެ މަގުތަކުގަ ތިއޮންނަނީ އެއްވެސް ހަރަދެއް ކުރުމަކާނުލާ ޕޫލްހެދިފަ.އެރޭނެ ބަޔަކު އެރެންވީ...މީރުފެން+ ޗަކަ ޕޫލުން މިރަށުގެ މަގުތައްވެސް މިއޮންނަނީ ފަޅުފިލުވާލާފަ....މިކަން ހައްލުކޮށްދީބަލަ ޕްލީޒް..

  25. ނީހެޖެލާބަ

    އަވަހައް ތިކަންކުރަންއުޅޭ އެއީ އޭރުން މިރަައްޖޭގެ ރައްޔިތުންތެރެއިން ރީންދޫހުންޖެހިފަ ތިބިގިނަބަޔަކު ވަރަށްއުފާވާނެ. ޅަފުރާގެ ނޫކަށިޒުވާންކުދިން ތިޕޫލްއަށްއެރިމަޖާކުރާތަން ބަލާލަން ޕޫލްވަށައިގެން ފެމިލީވެސްގޮސްތިބޭއިރު އަދިމާލެގަ މަސައްކަތް ކުރާބިދޭސީ ބަންގާޅިން ވެސްދާނެ . ވަރަށް އުފާވާނެއެއްނު. އޭކޮންމެހެނެއްހަދާފަވެސް 100 ދުވަސްތެރޭތިކަންވޭތޯބަލާންވާނެ

  26. ހަފްޞާ

    ވަރަށް ރަނގަޅު ޚިޔާލެއް ކަމަށް ފެނޭ. އިނަނޭޝަނަލް އިވެންޓް ތަކުގައި ރާއްޖެ ތަމްޞީލް ކުރާ ފެތުންތެރިންނާ ނެޝަނަލް ލެވަލްގެ މުބާރާތް ތަކުގަ ވާދަކުރާ ފެތުންތެރިންގެ ފަރިތަކުރުން ތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ.

  27. Miadhu

    އިސާމީ މަރުކަޒު އެހުރިތަން ކިހިނެއްވަނީ؟