ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާ ތަންފީޒު ކުރުމަށް އެހީވާން އެމެރިކާ ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ރާއްޖެ ވަޑައިގެން އުޅުވާ ޑެޕިޔުޓީ އެސިސްޓެން ސެކެރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އޭޝިއާ މރ. ޑޭވިޑް ރަންސް ވިދާޅުވެއްޖެއެވެ.

މިއަދު ފޮރިން މިނިސްޓަރ ޑރ ޝާހިދުއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޑޭވިޑް ރަންސް ވިދާޅުވީ ހުރިހާ ދާއިރާތަކަކުން ރާއްޖެއަށް އެހީވާން އެމެރިކާ ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން، އެމެރިކާއިން ރާއްޖޭގެ ޒުވާނުނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮއްފައެވެ.

ރިޔާސީ އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް އެމެރިކާއިން މީގެ ކުރިން ވަނީ އާ ސަރުކާރަށް މަރުހަބާ ދަންނަވާފަ އެވެ. އެގޮތުން އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް، މިސްޓާ މައިކަލް ޕޮމްޕޭ ވަނީ ފޯނުން ގުޅުއްވާ އިބޫ އަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ކަންތައްތައް ބެލެހެއްޓުމަށް އެމެރިކާއިން ގާއިމްކޮށްފައި ހުންނަ ބިއުރޯގެ ޑެޕިއުޓީ އެސިސްޓެންޓް ސެކެރެޓަރީ އެލިސް ވެލްސް ވަނީ ރާއްޖެ ވަޑައިގެން އިބޫއާ ބައްދަލުކުރައްވައި މަރުހަބާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަނާ

    "ޔޫއެސްއެއިޑް" ލޭބަލް ޖަހާފަ ކޮންމެ ރަށަކަށް ޓީވީއެއް ހަދިޔާކޮށްލާ! އެއޮތީ ވެފަ! ހެހެ

  2. ސަލީމް

    ސަރުކާރު ބަދަލްކުރަންވެސް އެހީވި. އެހެންވީމަ އަހަރުމެނަކަށް ނޯޅޭ ތިކަން ކުރާނެކަމާމެދު.

  3. މަޖީދު

    ޝާހިދު ކުޑަވެފަ އިން ވަރު ބަލާ!

  4. ޑިމޮކްރަސީ

    ޢެމެރިކާ އަކީ ރާއްޖެއަށް ނަމުގަ އެހީވާބައެއް. ޙުރިހާ ދިވެހިންގެ ނަމުން މުޙައްމަދު ކަނޑާލައި ނަންތައް އިސްލާހުކުރުމަށް އެހީވެދާނެ. ފޭރިގެންވެސް ލާރިފޮއްޗެއް ލިބެން އޮތިއްޔާ ދަމާގަންނަ ނުލަފާބައެއް. ޢެމީހުންނަށް ބައިއެޅޭގޮތަށް ކޮންމެފަދަ ނުލަފާކަމެއް މީހަކު ނުވަތަ ޤައުމަކުން ކުރިޔަސް އެވާނީ ރަގަޅުކަމަކަށް. ޢެމީހުންގެ އެހީ ރާއްޖޭގެ ރައްޔަތުން ބޭނުމެއްނޫން.