ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލް މެންބަރުކަން ކުރައްވަމުން ގެންދެވި މުހައްމަދު މަޖުދީ އިބްރާހިމް (މާޅޮހު މަޖުދީ) ކުއްލިގޮތަކަށް އަވަހާރަވެއްޖެއެވެ.

56 އަހަރުގެ މަޖުދީ އަވަހާރަވީ ނޭވާލުމަށް ދަތިވެގެން އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާދެމުން އަންނަނިކޮށް ރޭ މެންދަމު އެވެ.

މަޖުދީގެ ކަށުނަމާދު އޮތީ މިއަދު އަޞްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަޖުދީ ރޭ އަވަހާރަވުމުގެ ކުރިން އިއްޔެ ވެސް ޖޭޕީގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިހާރު އަމަލު ކުރަމުން އަންނަ ޤާނޫނު އަސާސީ އެކުލަވާލަން އުފެއްދެވި ހާއްސަ މަޖިލީހުގެ މެންބަރުކަން މަޖުދީ ކުރެއްވެވިއެވެ.

އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މުދީރުގެ މަގާމުގެ އިތުރުން މާޅޮހު ސްކޫލްގެ ހެޑްމާސްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހަރު

    އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން..

  2. ޝިޔަާމު

    އަސުރުނަމާދުވަގުތައް ބަދަލުކޮއްފި

  3. ސހދ

    އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން..

  4. މާހިރު

    މުޙައްމަދު މަޖުދީ އިބުރާހިމް (މާޅޮހުމަޖުދީ) އަކީ އަޅުގަނޑުގެ ވަރަށްގާތް އަޚެއް މަޖުދީގެ މަރުގެ ޚަބަރާއެކު ވަރަށް ފުންހިތާމައެއް މިވަނީ ލިބިގެންގޮއްސައި މާތްﷲ މިމަރުހޫމުގެފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލައްވާ މަޖުދީގެ ޢާއިލާއަށް ކެއްތެރިކަން ދެއްވާށި

  5. ނަޝާ

    ‏إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون

  6. މަރިޔަމް

    نَّا للهِ وَإِنَّـا إِلَيْهِ رَاجِعون

  7. عبدالله

    ‏إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون

  8. Anonymous

    މަޖުދީބެއަކީ ނަމޫނާ ބޭފުޅެއް. އއ.އަތޮޅުގެ ތަޢުލީމީ ޙަޔާތް ކުރިއަރުވާ ނަގަހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް. މިއަދު އެވަޑައިގަތީ މުޅި އއ.އަތޮޅު ރޮއްވާލާފ އެއީ ހެޔޮލަފާ އިޚްލާޞްތެރިއެއް. ޥަޠަނީ ދަރިއެް. ގެއްލިގެން ދިޔައީ އަގުނުކުރެވޭފަދަ ޚިދުމަތްތެރިއެއް. ﷲތަޢާލާ މަޖުދީބެގެ ފުރާނަފުޅަށް ފިރުދައުސްގެ މަތިވެރި ދަރަޖަ މިންވަރު ކުރައްވާށި. އާއިލާއަށް ކެއްތެރިކަން ދެއްވާށި. އާމީން

  9. ފެރިދޫ އަމީރު

  10. ތާރީޚު ދިވެހި ރާއްޖެ

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون