ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އިއްޔެ ވަކިވެވަޑައިގެންނެވި ހަމްދޫން ރަޝީދު އޭނާއަށް އެކި ގޮތް ގޮތުން އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އިއްޔެ ވަކިކުރުމުން ހަމްދޫން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "1997 ވަނަ އަހަރު ގައުމީ ޚިދުމަތައް ނެރުނު ދުވަހުން ފެށިގެން ޚިދުމަތުގައި ދެމިހުރެ މިއަދު ޝަރަފްވެރިކަމާއި އެކު ރިޓަޔާ ވުމަށް ސަރުކާރުން އެންގެވުމާއި ހަމައަށް އިހްލާސްތެރިކަމާއި އެކު ޚިދުމަތް ކުރެވުނު ކަމަށްޓަކައި ﷲ ސުބްހާނަހޫ ވަތައާލާއަށް ހަމްދު ކުރަން." ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހަމްދޫން ރަޝީދު އިތުރަށް ވިދާޅުވީ 21 އަހަރުގެ ގައުމީ ޚިދުމަތުގައި އެކި ގޮތްގޮތުން އޭނާއަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

https://www.facebook.com/hamdhun/posts/10155724581962477

ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހަމްދޫން ރަޝީދު ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 22 އޭޕްރީލް 1997 ގައެވެ. އޭނާ އިއްޔެ ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވިއިރު ވަނީ 21 އަހަރާއި 7 މަހާއި 20 ދުވަހު ފުލުހެއްގެ ގޮތުގައި ގައުމީ ޚިދުމަތް ކުރައްވާފައެވެ.

ހަމްދޫން ވަނީ ފުލުހުންގެ މުއައްސަސާގެ މާލެ ސިޓީ ޕޮލިސް އާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑާއި އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ ވެރިޔެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ހަމްދޫން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހު އެވެ. އޭނާ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވެވީ ދެމަހާއި 11 ދުވަހު އެވެ.

ހަމްދޫނަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ހަވަނަ އަށް އަދާކުރެއްވެވި ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޔާމީން

    މކަހަލަ އިހުލާސްތެރި ދަރިން މިގައުމަންބޭނުންވޭ ހަމްދޫނަކީ މާތް އަޙްލާގުގެ ކުއްޖެއް ބަލަ ސިޔާސީގެ ސަބަބުން މިގައުމުމިވަނީ ހަލާކުވެފައި ހަމުދޫނައް ބާއްޖެވެރިދުވަސްތަކަންއެދެން

    • ޢހަންމާ

      މިފަދަ ވަރުގަދަ ޝަޙްސިއްޔަތެއް އުފެއްދުމަކީ އެތަށް އަހަރެއް ބޭނުންވާނެ ކަމެއް. ޢެކަމު ކީއްކުރާނީ. އަންނަ ކޮންމެ ވެރިޔަކު ސިފާންގެ އާއި ފުލުސްއޮފީސް ދޮވެލާފަ ދާންވެއްޖެޔާ މިކަހަލަ ވަރުގަދަ ކެރޭ މޮޅެތި ބޭކަލުން މިމުޢައްސަސާއިން ހުސްވެދާނެ. މިހާރަށް ބަލާފިއްޔާ ފުލުސް އޮފީހުގައި ހުރި އެންމެ ގަޓުހުރި އެންމެ ޤާބިލް މީހާ ޙަމްދޫން އަކީ. ޢެކަމު ކީއްކުރާނީ. މޮޔާންގެ އަތަށް ކަނޑި ދިނީމާ ވާގޮތް މިފެންނަނީ. ޟިކަމުގައި ޒިންމާވާން ޖެހޭނީ 138000 ވޯޓު ދިން މީހުން.

      • ާއައްޔަ

        ވ ބޮޑު ތެދެއް

  2. ޑެލްބޯއި

    އެމެރިކާގައި އެ ގައުމުގެ ޤާނޫނު އަސާސީ އިން ލިބިދީފައިވާ ހައްޤުތައް އެ ގައުމުގެ ރައްޔިތުން ބޭނުން ކުރާއިރު އެ ގައުމުގެ ފުލުހުން އަމަލު ކުރާ ގޮތާ މި ރާއްޖޭގައި ދިވެހި ރައްޔިތުންނަށް މިރާއްޖޭގެ ޤާނޫނު އަސާސީން ދީފައިވާ ހައްޤުތައް ބޭނުން ކުރާއިރު ފުލުހުން އަމަލު ކުރާ ގޮތުން އެނގޭ އިހްލަސްތެރިކަން ހުރިވަރު.

    • ޢަހަންމާ

      ދޮންކަލޯ ކަލޭމެން ޔަހޫދީ ޕާޓިގެ ގޮލައިން ކިތަންމެ ފުލުހުން ދެކެ ރުޅިއަޔަސް ކުރާނެ ކަމެއްނެތް. ޙަމްދޫނަކީ މިހާރު ފުލުހުންގެ ތެރެއިން ބެލިޔަށް އެންމެ މުވައްޒަފުންގެ ސަލޯޓްވެސް އެންމެ ބޮޑު އެންމެ ކުޅަދާނަ މީހަކީ. ދެންތިބީ މަގާމު ގެއްލިދާނެތީ ބިރުން ކޮންމެ ކަމެއްވެސް ކޮށްފާނެ ކަހަލަ މީހުން.

  3. ނަޖްވާ

    ކީއްކުރާކަށްދެން ހަންދޫނުމެންވެސް ހަވާލު ވާންވީކީ އަނެއްހެން ޓެކްނިކަލް މީހުންގެ ގޮތުގަ ތިބިއްޔާ މާ ރަނގަޅިވީސް އެއްނު! މޭޖަރ ޖަނަރަލް ސިޔާމު ހީވޭ އޭނަގެ ދޮން ދަރި ލައްވާ ވިޔާފާރި ކުރުވާއިގެން އަތްމަތި ތަނަވަސް ކޮށްލާފަ ހުރިހެން! އެކަމަކު ހަންދޫނު ގޮތެއް ނޭނގެ! އަނެއްހެން ކިޔާ އަޑެއް ނީވޭ އިނގޭ އެއްވެސް މީހެއް!

  4. ކޮޅުކެހި

    ކޮންއިޙުލާޞްތެރި އެއްގެ ވާހަކަތޯ ތިވިދާޅުވަނީ މަގުމައްޗަށާއި ލިފުޓުގޮޅިތެރެއަށް ކޮށާއަޅާލިމީހުންނުހޯދުނު. ފެންފޯއްރުއްކެނޑި މީހުންނާއި ގެއްލުނުމީހުން ނުހޯދުނު ވީމާ ތިޔަގޮތަށް އިޙުލާޞްތެރި ނުވަނީ ކާކު؟ ދުނިޔޭގެ އުފެދުނު އެންމެ އަނިޔާވެރިންވެސް ތިގޮތުންބަލާއިރު ހަމަ އިޙުލާޞްތެރި! ވަރަށް ވާހަކަ.

  5. Anonymous

    ބޯރަނގަޅު މޮޅުމީހުން ސިފައިންގެ ނުވަތަ ޕޮލިސްގަ އުމުރުހޭދަކުރާނެކަމެއްނެތް!މީހާނަގާ އެއްލާލާނެ ވަގުތެއްނޭނގެ މިހާރު!

  6. މިއަދު

    އިހުލާސްތެރިކަމާއެކު ޙަމްދޫނު ތިކޮށްދެއްވި މަސައްކަތަށް ޝުކުރުވެރިވަން ޝުކުރިއްޔާ ހަމްދޫނު މިސަރުކާރުން ހަމްދޫނު ބަލައިނުގަތީ ގައުމަށް އިހުލާތެރިވެ ފަސްބައިގައިކިލަބުކަމެއް ނެތުމުން އެއަކީ މިސަރުކާރުން ބަލައިގަންނާނެ ބައެއްނޫން

  7. ޤައުމު

    ރިޓާޔަ ކުރާކަށް އަދި ނުވޭ. ވަޒީފާއިން ރިޓާޔަ ކުރަން ޖެހޭނީ 65އަހަރުވުމުން ނޫނީ ވަޒީފާ އަދާނުކުރެވޭ ބަލި މީހުން. ހަމްދޫންއަކީ ވަޒީފާގަ ފާހަގަކޮށްލެވޭ ކުޅަދާނަ ހިތްވަރުގަދަ ޤައުމަށް ހިދްމަތްކޮށްދިނުމުގަ ނަމޫނާ ދަރިއެއް. އެކަހަލަ ދިވެހި ދަރިއެއް ދިވެހި ޤައުމަށް ހިދުމަތް ކުރުމުން ބާކީ ކޮށްލުމަކީ ވަރަށް ދެރަ ކަމެއް. ޤައުމަށް ދެވޭ ދެރައެއް. ކޮންމެ ޕާޓީއެއްގެ މީހަކަށް ވިޔަސް ޤައުމަށް ހިދުމަތް ކުރުމަށް އެމީހަކަށް ފުރުސަތު ލިބެން ޖެހޭނެ.

  8. ޕޮލިސް މީހާ

    ސާރ އަކީ ހަމަހަޤީގަތުގަވެސް ވަރަށް ހިންގުންތެރި ތެދުވެރި އިޙްލާސްތެރި ގާބިލް ބޭފުޅެއް ، ސާރ ގެ ޒުވާން އުމުރުގައި މި މުއައްސަސާއިން ވަކިވެދިޔުމަކީ ވަރަށް ހިތާމާކުރާކަމެއް!

  9. މިއަދު

    މިހާރު ވަގުތު ކުދިންވެސް ބައެއް ކޮމަންޓްޖަހަން ޖެހިލުންވޭދޯ؟

  10. މަގޭ

    ކަމިޝަނަރ ކަމުގެ މަޤާމް ހަމްދޫން ރަޝީދު އަށް ކުރީގެ ރައީސް ޔާމީން ދިނީ ވެރިކަން ބަދަލުވުމާއި ގުޅިގެން ، ފުލުހުންގެ ތެރޭ އިސް މަޤާމްތަކުގައި ތިބި މީހުންގެ ތެރެއިން ސިޔާސީ މީހުންގެ ޖީބުން ބޭރުގައި ހުރި އެކަނި މީހާ ވީމާ، އޭނާ ގެ ކަމިޝަނަރ ކަމުގައި ބޭނުން ގޮތަކަށް ފުލުހުންނާއި ، ނުކުޅެވޭނެ ކަމުގެ ޔަޤީންކަން އޮތީމަ، އެހެން ނޫންނަމަ އޭނާގެ ވެރިކަމުގަ ހަމްދޫން އަށް ކަމިޝަނަރ ކަން ދޭންވީނު. ވަރަށް ވާހަކަ މިބުނީ.