މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ދެވަނަ ފަހަރަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯ އިން ވިދާޅުވީ ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން ގިނަ ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓް ދީފައިވާ ކަމަށާއި ކަރަންޓް ނުދެވި މިހާރު ހުރި ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1073102484938190848?s=19

ސްޓެލްކޯއިން ވިދާޅުވީ މާލޭގެ ބޮޑު ބަޔަކުން ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ ހެންވޭރު މާފަންނު އަދި މަންޗަންގޮޅީގެ ބައެއް ސަރަހައްދުތަކުންނެވެ. މީގެ ތެރެެއިން ހެންވެއިރުގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ކަރަންޓް ނުލިބެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ކެނޑުނު ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ހެނދުނު 08:45 ހާއިރު ވެސް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނެވެ. ނަމަވެސް އެސަރަހައްދުތަކަށް ފަހުން ކަރަންޓް ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހޮޅުއަށި

    ނުކެޑޭނެ ކަރަންޓެއް މިސަރުކާރުގަ ކާރިސާ އައުމަކުން މީހުން ގަބޫލެއް ނުކުރުނެ އެއީ ކާރިސާ އެއްކަމަކަށް .މިއެއަށް ވިރެ މާސަލިވާނެ ކަމަށް ފޮނިކެޑި ސަރުކާރެއް .

  2. ނޫރާ

    ހަލޯ ޖަޒީރާ ވެރިކަމުގަ ކަރަންޓް ކެނޑޭތަ؟؟

  3. ކައުންސެލަރު

    އުނހު! ތީ ދޮގެއް. މިސަރުކާރަކު ކަރަންޓެއް ނުކެނޑޭނެ!

  4. ަައަބްޅޯ

    ކަރަންތު ކެނޑެން ދިމާވަނީ ޔާމީންގެ ސަބަބުން (އޭނަމިޤައުމުގައި ވެރިކަންކުރީތީ)

  5. މުހަދު

    ބަލަމިސަރުކާރު ގެނައުމުންވެސް ކަރަންޓް ކެޑޭތަ ތީއޮޅުމެއް

  6. ބޮނޑިބަތް

    އަބަދުވެސް ޓެކްނިކަލް މައްސަލަ. ތިޔަކުން ނޭރިއެއްނު.؟