ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ރަސްމީ ދަތުރުފުޅެއްގައި ދެންމެ އިންޑިއާއަށް ވަޑައިގެންފިއެވެ.

އިންޑިއާއަށް މިއަދު ކުރެއްވި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވިފަހުން ގައުމުން ބޭރަށް ރައީސް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ރައީސްގެ ދަތުރުފުޅުގައި މަރުހަބާ ދެންނެވުން ރަސްމީކޮށް މާދަމާ އޮންނަ އިރު، އެ މަނިކުފާނު ހުންނެވުމަށް ރަސްމީކޮށް ހަމަޖައްސާފައި ވަނީވެސް އިންޑިއާ ރައީސްގެ ގެކޮޅެވެ.

ރައީސާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީއާ ރަސްމީކޮށް ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުން އޮންނާނީ މާދަމާއެވެ. އަދި އިންޑިއާގެ ރައީސާ ވެސް މާދަމާ ބައްދަލުކުރައްވާނެއެވެ. އޭގެ އިތުރުން މިއަދު، ރައީސް ސޯލިހު، އިންޑިއާގައި ދިރިއުޅޭ ބައެއް ދިވެހިންނާވެސް ބައްދަލު ކުރައްވާނެއެވެ.

ރައީސްގެ އަރިހުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެސް އިންޑިއާއަށް ވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވަގުތު

    އޮހް.. ވެރީ އޮބާމާ!

  2. ގިވްއިން

    ރައީސްގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގަތަސް އެއިން ކެއްކޭނެ މާ ބޮޑު ޑޮންޑޮނެއް ނުހުންނާނެއޭ އިންޑިއާ އަކީ އިއްޔެ ވެސް ފަގީރު ކިބަޅީ ގައުމެކޭ މިއަދު ވެސް ފަގީރު ކިބަޅި ގައުމެކޭ އެމެންނަކީ އެއްވެސް ސްޓޭންޑަރޑް އެއް އުސޫލެއް އޮންނަ ބަޔެއް ނޫނޭ ކިއެއްވެތޭ ހިލޭ ދިން ހެލިކޮޕްޓަރެއް އެމެންނަށް އަނބުރާ ފޮނުވާލަން ޖެހޭނީ އަދި އެ އޮޕަރޭޓް ކުރަން އިންޑިއާގެ އަވަށެއްގެ މީހުންނަށް ސަރުކާރުން ކާންދީ މުސާރަ ދީގެން ބަލަހައްޓަން ޖެހޭނީ ހެލިކޮޕްޓަރު ގަނޑު އެއްލާލާ ތިލަފުއްޓަށް ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާްންސް ޑާންސް ޑާންސް...

  3. އާއްހާއް

    ތިޔާ ކޮޕް 24 ކޮންފަރެންސް ގައި ބައިވެރިވާން ކެނެރީގެ ނަޝީދު ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ފައިވް ސްޓާރ ފެންވަރުގެ ހޮޓަލުގައި އޭނާ ގެންގުޅޭ ބަނޑު އަކިރިން ތައް ގޮވައިގެން އޮވެ ކުރި ކަންކަމަށް ދިޔަ ޚަރަދުން ހުޅުމާލޭގައި 1 ހާސް ހައުސިންގް ޔުނިޓްސް އަޅާލެވޭނެއޭ ދެން ކޮން ކާމިޔާބެއްތޭ އެއްވެސް ކާމިޔާބެއްް ނޫނޭ ކޮން ކޮޕް 24 އެއްތޭ އެއްވެސް 24 އެއް ނޯންނާނެއޭ އިނގޭތޭ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް...

  4. ޝުކުރިއްޔާ ގައުމު

    ގައުމު ވިއްކާލާފަ ވަގުންތައް އަންނާތި. ދެން ތިބި ބާޣީ ބައިގަނޑު އަތް ޖަހަން ތިބޭ.

  5. ރާޅު ބޯއީ

    ގައުމު ވިއްކާލަން ކުރާ ދަތުރެއްމީ. ޙުރިހަލާކެއްގެ ބޮޑު ކަމާއެ. މީނާގެ މި ދަތުރުން ރައްޔިތުންނަށް ވޭނާ ކެކުޅުން ނޫން ކަމެއްނެތް.

  6. ޑިމޮކްރަސީ

    ޤައުމުގެ މަތީ މަސްލަހަތު. ޢިންޑިޔާކަޑުގެ ސުލްހަ އަވައްޓެރި ޤައުމުތަކުގެ ގުޅުމޭ ކިޔާގެން އިންޑިޔާ އާއެކު ދިފާއީ އެއްބަސްވުމެއްގެ ދަށުން ޤައުމު އަޅުވެތިކުރަނީ. ކޮބާ ދިވެހިންެގެ ހައްޤު. މުސާރަދިނުން އިންޑިޔާއިން.ރާއްޖޭގެ ލާރިކޮޅު ކާލީދޯ. ދިވެހިންގެ ލޯލާރި އެެއްގަ ނުޖެހޭނަން. ކިހާ އަމާނާްތްތެރި. ޤައުމަން ވެވޭނެ އެއްމެބޮޑު ޚިޔާނާތް ޤައުމު އަޅުވެތިކުރުން. ޤައުމަށް ހެޔޮއެދޭ ދަރީން ﷲ އިރާދަކުރެއްވިޔާ ނުކުމެ ޤައުމު މިނިވަންކުރާނެ. ޢަބަދަކު ވެރިކަމުގަ ނުހުރެވޭނެ ތައްޔާރުނުވިއަސް ދާންޖެހޭނެ