ރާއްޖެ އޮތީ އިންޑިއާގެ އިންވެސްޓަރުންނަށް ވެސް ހުޅުވާލާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ވިޔަފާރިވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އިންޑިއާއަކީ ހަމައެކަނީ ރާއްޖެއާ އެންމެ ގާތް ގައުމު ނޫން ކަމަށާއި އެއީ ރާއްޖެއާއެކު އެންމެ ބޮޑު ވިޔަފާރީގެ ގުޅުން ވެސް ހިންގާ ގައުމު ކަމަށެވެ. އިންޑިއާގެ އިޤުތިޞާދު ވޭތިވެދިޔަ 25 އަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް ކުރިއެރުން ހޯދާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އިންޑިއާގެ އެހީ ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމަށް މުހިންމު ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފޮރިން އިންވެސްޓްމެންޓަށް ރާއްޖޭގައި އެއްވެސް ހުރަހެއްނެތެވެ. ރާއްޖޭގައި ވިޔަފާރިތައް ފަށަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށް ދިނުމަށް ސަރުކާރުން އެހީތެރިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަކީ ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން އެކި ހިދުމަތްތައް ހޯދަން އިންޑިއާއަށް ދަތުރު ކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ ޓްއަރިޒަމްގެ ހިދުމަތާއި ބޭސްފަރުވާގެ ހިދުމަތާއި ތައުލީމީ ހިދުމަތް ހޯދަން ދިވެހިންދާ މަންޒިލަކީ އިންޑިއާ ކަމަށެވެ. ރާއްޖެއިން ތައުލީމު ހާސިލް ކުރުމަށް އެތައް ހާސް ދިވެހި ދަރިވަރުން އިންޑިއާއަށް ކިޔަވަންދާ ކަމަށާއި އިންޑިއާގެ އެކި ދާއިރާތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ފަރާތުން ދިވެހި ދަރިވަރުން އުގެނެމުން އަންނަ ކަން ވެސް ރައީސް ފާހަގަ ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ އެމްޑީޕީ ދަ ބީތާއިން ތައް ވެރިކަމަށް އައިސް އެހެލާނެ ތެހެލާން މެން ފިނޭންސް މިނިސްޓަރުންނަށް ލުމުން އެމެން ވަނީ ފިނޭންސްގެ ބަޖެޓް ދަވާލާފައޭ މަސް ދުވަސް ނުވަނީސް މިޒާތުގެ ކަނޑުކޮހުން ގޮވައިގެން ތަމެން ފިނޭންސް މިނިސްޓަރު ކަން ކުރަން ދިމާ ކޮށްފިނަމަ ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖެހޭނެއޭ ތިޔާއީ ތަމެން ރައްޔިތުން ގައިގައި ޗާބޫކުން ތަޅަނީ އެއް ނޫންތޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް...

  2. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތަހާރާމީ ދަ ހަރާމްކޯރޭ ދަ ބަނޑުދޮންނައޭ ދަ ސަންތިމަރިޔަނބޭ ދަ ބަލާ ބޮޑޭ ދަ ސޮމާލިޔަނޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  3. ބަޒްނާދު

    ރާއްޖެ އޮތީ މާކުރީންވެސް އިންވެސްޓަރުންނައް ގާނޫނާއި ގަވާއިދުގެ އެތެރެއިން ހުޅުވާލެވިފަ.. ދެން މިހާރު ތިހެން ބުނީމަ ދޭހަވަނީ ރާއްޖެ އޮތީ ނާޖާއިޒު ޑީލުތަކައް ސޭލްއަޅުވާފައޭ ބުނާހެން..

  4. ކިންގފިޝަރ

    އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އަަސާސީ ކާބޯތަކެއްޗަކީ އިމްޑިއާއިން އެބާވަތްތަކުގެ ކޮލިޓީ ބައި ޔޫރަޕަށާއި މެދުއިރުމައްޗަށް ބޭރުކޮށްފައި ހުންނަ ބާކީ. މިތަކެތީގެ އަގު އެހެން ގައުމުތަކަށް ވިއްކާ އަގަށްވުރެ އަގުވެސްބޮޑު. މިއީ އިންޑިއާގެ ވިޔަފާރިވެރިން އެކަމުގެ ތެރޭގައި ތިބެގެން ރާއްޖޭގެ ވިޔަފާރިވެރިންތަކަކާ ގުޅިގެން ހިންގާ ޖަރީމާއެއް. މިކަމުގެ ނުސީދާ ޞިއްޙީ މައްސަލަތައް ގިނަގުނަ. ކުނިގޮނޑު ސާފުކޮށްލަނީ ރާއްޖެއަށް. ފުޑްސޭފްޓީއެއް މިކަމަށް ކަނޑައެޅުމަކީ މުހިންމުކަމެއް. މި ކާބޯތަކެތީގެ 3 ގްރޭޑެއް ހުންނަިއރު ރާއްޖެއަންނަނީ 3 ވަނަ ގްރޭޑް. އެކަމަކު 1 ވަނަ ގްރޭޑަށްވުރެ އަގުބޮޑުކޮށް. އެތަކެތި ހުންނަ ގުދަންތަކަށްގޮސް ބަލައިލާފިއްޔާ އެމީހަކު އެތަކެތި ދުވަހަކުވެސް ނުކާނެ.

  5. ޑިމޮކްރަސީ

    ކިހިނެއް މިވަނީ ޗައެނާއަށް ރާއްޖެ ވިއްކާލީމަވެސް. ޢެއްމެ ބޮޑު އިންވެސްޓެއްކުރީ އިންޑިޔާއިން. ޖީއެމް އާރ އަށް އެއަރޕޯޓް ދިނީ ރާއްޖެއަށް ގެއްލުންވާގޮތަށް ރާއްޖެ އަޅުވެތިވާގޮތަށް. ޢަނެއްކާވެސް ތިއުޅެނީ ދިވެހި ރައްޔަތުންގެ ފައިސާއިން ކޮއްފަ ހުރި އިންވެސްޓް ތައް ނުއަގުގަ އިންޑިޔާގެ ވިޔަފާރި ވެރިންނައް ދޭން. " ޜައްޔަތުންގެ ލޯލާރި އެއްގަވެސް ނުޖެހޭނަން"

  6. ޑައިލޯގް

    މިހާރަކު ބޯއީކަޓް ކުރުމެއް ނެތްތަ އެހެންބަޔަކަށް ވެރިކަން ލިބިއްޖެނަމަ، ދޯ ޖެއްސުން ކުރުމާއި އިންވެސްޓަރުން ނައުމަށް ގޮވަނީ އެކަމު މިއީޔޯ އިންސާފުވެރި ސަރުކާރަކީ ޕަޕެޓް ކިބޫ

  7. ޤަމަރު

    ކާކުތަ އިންވެސްޓްކުރާނީ؟ ފައިސާ ނުލިބުނަށް ހެޔޮކަމަށް ބަޔަކު އިންވެސްޓްކޮށްފާނެ! އެމްޑީޕީގެ ވެރިކަމުގައި އެކިފަރާތަތަކާ ޙަވާލުކޮށްގެން ކުރި މަސައްކަތްތަކުގެ އަގު ދައްކަން ޖެހުނީ ޕީޕީއެމް ގެ ސަރުކަރުން. 4 ރަށެއްގައި ހެދި ރޯހައުސްތައް ، ބޭރުން ޖައްރަފާއެއްގެނަސް ގުޅިފަޅުހިއްކިބިން ، ހިންނަވަރުގައި ހިއްކިބިނ.ް މި ހުރިހާތަންތަނަށް ފައިސާ ނުދީހުރީ!

  8. ހަސަން

    ނަހަލާލު ސަރުކާރުގެ ރައީސް ވަގުވޯޓް ގަމާރު އިބޫ ތިޔަހެންތިޔަބުނަނީ ރައީސްޔާމީނުގެ ސަރުކާރުގައި އިންވެސްޓަރުންނަށް ރާއްޖެއޮތީ ހުވާލާފާ ގަމާރު އިބޫ ޔާމީނު ކޮޕީކުރަނީތަ