ކުޑައިރުއްސުރެ ސައިބާ ބްލީ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ގަނާ ކުރާ މީހުންގެ ޝިކާރައަކަށްވި ކަމަށް ނޫސްވެރިޔާ އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރާ ލަޔާލް މަނިކު ބުނެފިއެވެ.

ލަޔާލް މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ކަން އިއުލާން ކުރުމުންނާއި އެންމެ މޮޅު ޓީވީ ޕްރެޒެންޓަރަކަށް އޭނާ ހޮވުމުން މީސް މީޑިއާގެ ތަފާތު ފޯރަމްތަކުގައި އޭނާއަށް ގަނާ ކުރުން ވަނީ އިތުރުވެފައެވެ. ބައެއް މީހުން ތަފާތު ވީޑިއޯތައް ޕޯސްޓްކޮށް ލަޔާލް އަށް ގަނާ ކުރަމުން ދާއިރު ބައެއް މީހުން ގެންދަނީ ލަޔާލްގެ ނަމުގައި ފޭސްބުކް އައިޑީތަކާއި ޕޭޖްތައް ހަދައިގެން ވެސް ލަޔާލް އަށް ގަނާ ކުރަމުންނެވެ.

ލަޔާލް އަށް ގަނާ ކުރުން އިތުރުވެފައި ވަނިކޮށް އޭނާ ރޭ ކުރި ޓްވީޓެއްގައި ބުނީ ކުޑައިރުއްސުރެ އިންޓަނެޓްގެ ގަނާގެ ޝިކާރައަކަށް އޭނާވި ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ އިރާދަކުރެއްވިއްޔާ އިންޓަނެޓް މެދުވެރިކޮށް ގަނާ ކުރުން ހުއްޓުވުމަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ.

އިންޓަނެޓް މެދުވެރިކޮށް އެއްވެސް މީހަކު ހިތްނުރުހޭ ވާހަކައެއް އޭނާ އާއި ބެހޭ ގޮތުން ދެއްކުމަކީ އިންޓަނެޓް މެދުވެރިކޮށް ކުރާ ގަނާގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި އައިޑީތައް ހެދުމާއި އެހެން މީހުންގެ ނަމުގައި ޕޭޖްތައް ހިންގުމަކީ ވެސް އިންޓަނެޓް މެދުވެރިކޮށް ކުރާ ގަނާގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އިންޓަނެޓް މެދުވެރިކޮށް ގަނާ ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތައް ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އާންމު ވެފައިވާ ކަމެކެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އިންޓަނެޓް ބޭނުންކުރާ ކޮންމެ ތިން ޒުވާނަކުން އެކަކީ އިންޓަނެޓް މެދުވެރިކޮށް ގަނާ ކުރާ މީހުންގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ.

ނަމަވެސް އިންޓަނެޓް މެދުވެރިކޮށް ގަނާ ކުރުން ހުއްޓުވަން އެކަށީގެންވާ މަސައްކަތައް ދައުލަތުގެ އިދާރާތަކަކުން ކުރަމުންނެއް ނުގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޖަހާންގީރު

    އެމް ޑީ ޕީ މީހުނަކަށް ޙަޖަމެއް ނުވާނެ

    1
    1
  2. ސަމާޙު0

    މިހާރު ދެން ކޮންމެ މީހަކު މަޝްހޫރު ވެލަން ބޭނުންކޮށްލާ އިބާރާތެއް، އައި ވޯސް ބްލީޑު އޭޒް އަ ޗައިލްޑް" . މީހުންގެ ސަމާލުކަން ހޯދަން އުޅުނަސް ބޮޑުވަރު.

    • ކިޔާމީހާ

      ކަލޭގެ އާއިލާ މީހަކަށް ނޫނީ ދަރިޔަކު ބުލީ ކޮަށްގެން އެވާހަކަ ދެއްކީމަ އެހެން މީހަކު ހަމަތި ޖަވާބު ދީފިއްޔާ؟
      ހަގީގަތް ނޭނގެނިސް ފޭމަސް ވާށޭ ނުބުނެވޭނެ ދޯ

  3. ިއިބްރާހީމް

    "ގަނާ" އެއީ ދިހެހިބަހެއްތަ އަލަށް އުފެއްދިބަހެއްތަ އަޅުގަނޑުމެންދަނަނަނީ ގޯނާ .ވީމާ ދިވެހިބަހުން ލިޔުއްވާ ޚަބަރުތަކުގައި މިފަދަ ކުށްބަސް ނުލިޔަން ހަނދުމަކޮށްދެން.

    • ދިވެހި ދަރިއެއް

      ގަނާ އަކީ ދިވެހި ބަހެއް... ބުލީ ކުރުމަށް ދިވެހިން ކިޔަނީ ގަނާ ނުވަތަ ހަނގާ ކުރުން.. ތިޔަ ބޭފުޅާވެސް ރަނގަޅަށް އޮޅުންފިލުވުމށް ފަހު އަނެކާއަށް އިނގިލި ދިއްކުރުން އެދެން

    • ގަނާ

      bully=ގަނާ

    • ރޯނު އެދުރު

      އިބުރާހީމާ..! ކަލެއަށް ނޭނގޭ ބަހެއް ވިއްޔާ އެއީ ކުށް ބަހެއްތަ؟ ނޭނގުނީމަ ފުރަތަމަ ރަދީފު ބަލާލި ނަމަ..! އޭރުން ތިހާ ފަސޭހައިން "ސޯޓު ބޭލޭކަށް" ނުޖެހުނީހެއްނު؟ ލޮލް

      • ނޭނގޭ

        ރަދީފުގަ އެބައިންތަ ގަނާ ..... މަށަކަށް ނުފެނުނު

    • ޕަކާސް

      ދިވެހިރާއްޖޭގަތަ ތި އުޅެނީ. ކަލެއަށް ނޭންގޭ ބަހެއްވެސް އޮވެގެން ނުވޭތަ

    • ޅިޔަނު

      ގަނާ އެއީ ބުލީ ގެ ދިވެހި ބަސް...

    • ޫޮުިލަޔާ

      ގަނާ އަކީ ދިވެހި ބަހެއް. ގޯނާގެ އެންެމެ މައްޗަށް ދިޔައިމާ ބުނާނީ ގަނާ

    • ހުސޭނުބޭ

      މިހާރު މުޅިންވެސް ބަސް އުފައްދަނީ! އެހެންވީމާ "ދިވެހި" އެއީވެސް ދިވެހި ބަހެއް ނޫން!

  4. ބޮލި މުލައް

    ސާބަހޭ ލަޔާލް ތީ މި ޤައުމު ފަޚުރުވެރިވާނެ ދަރިއެއް.

  5. ރިފާ

    ޙަނގާ ކުރުން ދހިވެހި ބަހުން ކިޔަނީ

    ދިވެހިބަހުން ގަނާ ކުރުން ނުކިޔާނެ
    ޙަންގާ ކުރުން ކިޔަނީ

    • ލިލީ

      ގަނާ އަކީ ދިވެހި ބަހެއް
      ރިފާ އަށް ތިއޮތީ އެނގިފަ

  6. ޚަލް

    އިބުރާހިމާ ގަނާ އަކީ ދިވެހިބަހެއް. ގޯނާ އަކީވެސް ދިވެހި ބަހެއް. ގަނާ އަކީ ބުލީ. ގޯނާ އަކީ އަދި ބުލީއެއް ނޫން. ދިވެހި ބަހައް ނިކަން އަދާ ހަމަވެބަލަ. މިބުނީ އަޕްޑޭޓް ވާށޭ.

  7. ބައްބު

    އަހަރެމެން ކުޑައިރު އިންޓަރނެޓަށް ވަދެއެއް ނޫޅެން.. އަދި ސޯޝަލް މީޑިއާ ބޭނުންކުރަންފެށީ ބޮޑު މީހަކަށްވީފަހުން.. ދުވަހަކުވެސް މީހަކު ބުލީއެއް ނުކުރޭ.. އުޅެނޭ ގޮތުން ކަންނޭނގެ ތި ބުލީ ކުރަނީ.

    • Anonymous

      ކޮންމެގޮތަކަށް އުޅުނަސް ނުޖެހޭނެ ބުލީކުރާކަށް. އޮންނާނީ ނަސޭހަތް ދިނުން. ބުލީކޮށްގެން ވާނެއެއްވެސް ފައިދާއެއް ނޯންނާނެ.

    • މަ

      ކައެ ކުޑައިރު އިންޓަނެޓައް ވަދެވޭނަމަ ވަނީސް އަގައޭ ކިޔާކައް

  8. ޓީޗަރު

    ގަނާކުރުން ، ހަނގާކުރުން މީ ހައްތާވެސް ދިވެހިބަހުގެ ލަފުޒުތައް.

  9. ގަނާ

    ކޮން ގަނާ އެއްތަ؟ ފުރަތަމަ މީހުންގެ ސަމާލުކަން ހޯދަން

    ކަލޭމެން ލާ ފޮޓޯތައް ހަމަ އޯކޭ.. ***** ***،

    ހާދަ *** ކިޔާ ކުރާ ކޮމެންޓް ވެސް އޯކޭ. ތޭންކްސް

    ކިޔާ ރިޕްލައި ވެސް ކުރާނެ. ކަލޭމެން ހިތްހަމަ ނުޖެހޭ

    އެއްޗެއް ނުވަތަ ނަސޭހަތެެއް ދީފިއްޔާ ބުލީ އަކަށްވެ،

    ހަރަސްމެންޓަކަށްވެ،ފުލުހަށް ގޮސް،މަޖިލިހަށް ވައްދާ...

  10. ޢަލީ

    ލޯބިވާ ލަޔާލްއައް ލަޔާލްގެ ފަރާތުން އަހަރެމެން ދެނެން ކިތައްމެ ބަޔަކައް ތިބުނާ ގަނާ އެއް ކުރަނިކޮން. ތީރަނގަޅު ބިލެއް. ޢޭރުން ތީނަގެވެސް ހަށވާޅު ބޭލޭނެ.

  11. މާރިޔާ އަޙްމަދު

    ގޯނާ ގޯނާ ގޯނާ ގޯނާ ގޯނާ ގޯނާ ގޯނާ ގޯނާ ގޯނާ ގޯނާ ގޯނާ ގޯނާ ގޯނާ ގޯނާ ގޯނާއޭ ކިޔާ ބަލަ

    • ޓީޗަރ

      ބުލީ އަށް މިހާރު ބޭނުންކުރާ ބަހެއް އެއީ ގަނަަކުރުން. އެއީ ގޯނާއެއް ނޫން

  12. ސައިމަން

    ލަޔާލްް އެހެން މީހުނައް ކުރާާ ބުލީއޯ

  13. ޓަކި މޫނާ

    މާތް ރަސްކަލާކޮ. މީނަ މި މަގާމަށް ހޮވިޔަ ނުދެއްވާން ދޭވެ. އާމީން.

    1
    1