ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ އަކީ ފަހުގެ ތާރީޚެއްގައި ދިވެހިންގެ ދީނަށް ރައްދުކޮށް އެންމެ ހުތުރު ވާހަކަ އެންމެ ގިނައިން ފާޅުގައި ދެއްކި މީހާ އެވެ. އެވާހަކަތަކަށް ފަހު މިދިޔަ ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެ އައިސްފައެވެ. ވެލެޒިނީ ރާއްޖެ އައުމާއި އެކު އޭނާ ހައްޔަރު ކުރިއެވެ. ނަމަވެސް ވެލެޒިނީއަށް "ހެޔޮއެދޭ މީހުންގެ" ގޮވާލުންތަކުގެ އަޑުއަހާ ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ވެލެޒިނީ ދިވެހިންގެ އިހްސާސްތަކާއި ފާއިތުވި ދެތިން އަހަރު ދުވަހު އޭނާ ބޭނުންވި ގޮތައް ކުޅެމުން ދިޔައިރު ވެލެޒިނީ އަށް ނަފްސާނީ ފަރުވާ ދޭން އެއްވެސް މީހަކު މަސައްކަތެއް ކުރިކަމެއް ނޭނގެއެވެ. ފުލުހުން ވެލެޒިނީ ހައްޔަރު ކުރުމަށް ފަހު އޭނާގެ އާއިލާ އާއި ހަވާލު ކުރިކަމަށް ވިދާޅުވިއިރު މިދިޔަ ދުވަސްތަކުގައި ވެލެޒިނީގެ އާއިލާ މީހުން އޭނާއަށް "ފަރުވާ ދިނުމަށް" ކުރި އެއްވެސް ކަމެއް އެނގޭކަށް ނެތެވެ.

ވެލެޒިނީ ހައްޔަރު ކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރު ނުކޮށް އޭނާ ދޫކޮށްލި ނަމަވެސް އޭނާގެ މައްސަލަ ފައިލް ކުރިކަމަކަށް ފުލުހުން ރަސްމީކޮށް ވިދާޅެއް ނުވެއެވެ. ވެލެޒިނީ ދޫކޮށްލި ފަހުން އޭނާ އާއި ފުލުހުން ސުވާލު ކޮށްފިތޯ އާއި ވެލެޒިނީގެ މައްސަލަ މިހާރު އޮތީ ކިހައި ހިސާބެއްގައިތޯ ބަލަން "ވަގުތު" އިން ފުލުހުންނަށް ގުޅުމުން އަދި މިހާތަނަށް ފުލުހުން އެމައުލޫމާތު ސާފުކޮށްދެއްވާފައެއް ނުވެއެވެ.

ވެލެޒިނީގެ މައްސަލައަކީ ދިވެހިން ތަބާވެގެން ތިބި އިސްލާމްދީނަށް ޖޯކް ޖަހާ، ހަޖޫ ޖެހި މައްސަލައެއް ނަމަވެސް އެމައްސަލައިގައި އަދި މިހާތަނަށް އިސްލާމިކް މިނިސްޓްރީ އިން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ވެލެޒިނީގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީ އިން އެއްވެސް މަސައްކަތެއް ކުރެވިފައިވޭތޯ ބަލަން އެމިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރަށް ތަކުރާރުކޮށް ގުޅުމުން ވެސް އަދި މެސެޖް މެދުވެރިކޮށް ސުވާލު ދެންނެވުމުން ވެސް ޖަވާބެއް ނުދެއްވިއެވެ.

ވެލެޒިނީ އަކީވެސް ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ނަމަ އޭނާއަށް ފަރުވާ ދިނުމަކީ ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް ހުރިހާ ދިވެހިންގެ ޙައްޤުތައް ހިމާޔަތް ކުރުމަށްޓަކައި ވެލެޒިނީގެ ހާލަތު ބަލައި އޭނާ ކުރި ކުށަށް އަދަބު ދިނުން އެއީ ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް އުފުލަން ޖެހިފައި އޮތް ޒިންމާއެކެވެ.

ވެލެޒިނީ އެއްވަނަ ދުނިޔޭގެ ގައުމެއްގައި އެތައް އަހަރެއް ވަންދެން ދިރިއުޅެ، ދިވެހިރާއްޖޭގައި ހިނގާ ކަންކަމުގެ ވާހަކަ ދުވަހުން ދުވަހަށް ފޭސްބުކް މެދުވެރިކޮށް މީހުންނާއި ހިއްސާކުރިއެވެ. އޭނާގެ ހުރި ހަމައެކަނި އުނިކަމަކީ އިސްލާމްދީނަށް ޖޯކް ޖެހުމާއި ފުރައްސާރަ ކުރުން ކަމަށް އޮތީ ވެފައެވެ. ނަމަވެސް އެންމެ ފަހުންވީ އެއީ ނަފްސާނީ ބައްޔަކަށެވެ.

މާދަމާ އިސްލާމްދީނަށް ޖޯކް ޖަހާ ކޮންމެ ދިވެއްސަކީ ނަފްސާނީ ބައްޔެއް ހުރި މީހެއް ކަމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ނިންމާ ހިސާބަށް ކަންތައްތައް ހިނގައިދާނެ ކަމުގެ ކޮޅުމަތި މިދަނީ ފެންނަމުންނެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާތަކުން ހަނދާން ނައްތާލި ނަމަވެސް ދިވެހި ރައްޔިތުން ވެލެޒިނީގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ޖަވާބުދާރިވާ، ކޮންމެ ކަމެއްގައި ރައްޔިތުންގެ އިހްސާސްތައް އަޑުއަހާ ސަރުކާރުން ވެލެޒިނީގެ މިހާރުގެ ހާލަތު ބަޔާންކޮށްދޭން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ހާމަ

    ވެލެޒިނީ އަކީ ''ބަލި މީހެއް'' ކަމަށްބުނެ އޭނާ ރާއްޖެ ގެނައިމީހުންނާއި އޭނާއަށް ސަޕޯރޓްކުރިމީހުންނަށް އެނގޭ ދިވެހިންގެ ގޮތް. ފުރަތަމަ ހީވާނީ ބިންގަނޑުވެސް ކުދިކުދިކޮށްފާނެހެން. އެހެނަސް ކުޑައިރުކޮޅަކުން އެކަން ހަނދާން ނެތިދާނެ. ބަލާ މާޒީއަށް. މިހާރު އިބްތިހާލުގެ ވާހަކައެއް ނުދެކެވޭ. އަފްރާޝީމްގެ ވާހަކަ ހަނދާން ނެތިއްޖެ. މިފަދަ އެތަށް މަރުތަކެއް ހަނދާން ނެތިއްޖެ. އެހެނަސް އިންސާފު ލިބުނުތޯ. މިއަދު އެވާހަކަ ދައްކާތޯ. ވެލެޒިނީ ދޫކޮށްލުމަށް މިރާއްޖޭގައި ދީނީ މިނިވަންކަން އޮންނަން ބޭނުންވާ އަދި މިހާރުވެސް ދީނާދުރު މީހުންތަކެއް. އޭގެ ތެރޭގައި ގިނައީ އެމްޑީޕީ މީހުން. ހިތާމައަކީ މިއަދު މިކަމުގައި އަދާލަތޭ ކިޔައިގެން ބައިގަނޑެއް އުޅޭކަން.

    • ހެކި

      ދީނަށް ޖޯކުޖަހާމީހުން ހިފާ ހައްޔަރުކުރުމަށް ގޮވާލަން...ނޫނީ ރައްޔިތުން އޭނަ ހިފާ ހައްޔަރުކޮށްފާނެ...
      ކަންތައްތައް ގޯހުން ގޯހަށް ނުދަނީސް ފިޔަވަޅު އަޅާނީ ބުއްދިވެރިން... ނޫނީ ފެނިދާނެ ނަތީޖާ ވާނީ މާޒީގަވެސް ފެނިފައި..

  2. ާއައިސާ

    މި އެމްޑީޕީ ގެ ސަރުކާރުން ކުރާނީ ދީނާ ގާއުމަށް ގެއްލުން ވާ ހުރިހާ ކަމެއް ކުރާނެ މިހާރު ދީން ދޫކޮއްލައި ބުނާނެ ކާހަކައެއް ހޯދީ ތި ސުކުރިއްޔާ އެމްޑީޕީ

  3. މޫސާ

    އެސަރުކާރުގެ ފިކުރާ އެްގޮތަށް ކިތަންމެ ނުލަފާ ވާހަކައެއް ދެއްކިޔަސް އެސަރުކާރަކުން އެމީހަކަށް އަބަބެއް ނުދޭނެ. އެކަން މިހިރަ ދަނީ އެނގި ސާބިތު ވަމުން.

  4. ނަވްބެ

    އަޅުގަނޑު ވަރަށް ސާފުކޮށް މިބުނަނީ ވެލިޒިނީ އަކީ މުރުތައްދުވެފަ ހުރި މީހެއް. އޭނަ ޖެހޭނީ މަރާލަން ....

  5. ސަމީރު

    100 މިލިޔަން ރުފިޔާމަތިންވެސް ދިވެހިން ހަދާކުރަން ޖެހޭނެ އަބަދުވެސް އެއީވެސް އަހަރެމެންގެ ހައްގެން ކީއްވެބާ ވަގުތުނޫހުން އެވާހަކަ ހަދާނުކޮށްދެނީ

  6. ނޮޑީ

    އިންސާފުގެ ވާަހަކަ ދެން ނުދައްކަމާ.............. މީ ވަރަށް ވާހަކަ

  7. އަމ!

    މީހަކު ތިމަންނައަކީ މަންމައޭ ބުނީމަ އެޔަށް އަޅުގަޑުމެން ކިހިނެތްތޯ ރައްދު ދޭނީ.... އަޅުގަޑު މަންމަ ދެކެ ވަރަށް ލޯބިވޭ... އަބަދުވެސް އުފަލުގަ ލަހައްޓަވާށި... މައިވަންތަ މައިން ގިނަވި ވަރަކަށް ވެއްޓަށް އުފާވެރިކަން އަންނާނީ... ހުރިހާ ކަބަލުން މައިވަންތަކަމަކީ ކޮބައިކަން ދެނެގަންނަން ހިގާ...

  8. ޝާފީ

    ހުވާ މިބުނީ، ފޮޓޯއަކުންވިޔަސް މި ކަލޭގެ ފެނުނަސް އޯކާދެމި ހޮޑުލަވާ!

  9. ޕާރޯ

    އަހަރެންގެ މަންމައަށް އަހަރެން ކިޔަނީ މަންމަ
    މާމައަށް އަހަރެން ގޮވަނީ އަމާ
    މައިދައިތައަށް އަހަރެން ކިޔަނީ މަންމަ
    ބައްޕަ ފަރާތު ބޮޑުދައިތައަށް އާއިލާ އެންމެން ގޮވަނީ މަންމައޭ ކިޔާ
    އަހަރެން ވެލިޒިނީ އަށް އަބަދުވެސް ގޮވައި އުޅެނީ ފަލަކު މަންމައޭ...

  10. ބުރުގާ

    ސިމެންތި ކޮތަޅުމަތިންވެސް މީހުން ހަނދާން ނެތިއްޖެ. ދިވެހިނަކީ ގަރަހިތަ ތަކެއް.

  11. މަމް

    އަހަރެންގެ އަމިއްލަ މަންމަ އަށް ދޭ ގަދަރު ވެލިޒިނީއަށް އަދި އެހެން ހުރިހާ އަންހެނުންނަށް ދެމެވެ. އެއީ ހިތަށް އެރި ފަހަރަކު ފޯނު ނެގުން. ގާތްކަން އޮންނަނީ ހިތުންނެވެ. ބޭކާރު ޝޯވ ދެއްކުންތަކާއި ޕްރޮޓޮކޯލާއި އެކަހަލަ ކަމެއްނޯވެއެވެ. އަދި އެކްސްޕެކްޓޭޝަނެއްވެސް ނޯވެއެވެ. އައޭމް ފްރީ ވިތް މައި މަދަރ

  12. ަުހުސުން

    ސާބަހޭ ނަވާޒު ތިހެންވާނޖެހޭނެ

  13. ދަންޑަލެހު

    ދިވެހިންގެ ދީނޭ ލިޔުމަށް ވުރެ ރަންގަޅު ވާނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ރަސޫލަކު ކަމަށް ދޢުވާކޮށް މުރުތައްދު ވެފައިވާ މީހެކެ ލިޔެބަލަ

  14. ޔެލޯ

    ހަމަ ފައްކާ ޑަކައިތެއް.

  15. ބބ

    އަހަރެންކުރަނީ ނަފްރަތު

  16. ޓްވީޓް

    ވަގުތުން ޓްވިޓާ މެދުވެރިކޮށް މިނިސްޓަރ ޓެގް ކުރައްވާފަ ސުވާލު ކުރަން ފެނޭ. އޭރުން ޖަވާބު ލިބިދާނެކަމަށް ފެނޭ

  17. Miadhu

    މިސަރުކާރަކީ އިސްލާމްދީން ހިމާޔަތްކުރާ ސަރުކާރެއްނޫން ވީއިރު ދީނަށްފުރައްސާރަކުރާމީހުން ހިމާޔަތްކުރާނެ ޕާޓީމީހަކުވިއްޔަ ބަންދުކޮއްފައެއްވނުބެހެއްޓޭނެ މިޢީ ޢިލްމުވެރިޔަކު ފުލުހުންގެޗމިނިސްޓަރަކަށް ހުރުމުން ވާވަރު އިމްރާނުވެސް އިސްތިއުފާދީފަވގެއަށްދޭބަލަ

  18. ބަރުގޮނު

    އިސްލާމީ ޤަވްމެއްގައި އިސްލާމީ ޝަރީޢަތް ހިގަންވާނެ. އެއީ އީ.ޔޫ އަކަށް ފާޑުކިޔާ އީ.ޔޫ ޤަބޫލުކުރާ ގޮތްގޮތަށް ފޮރޮޅަންޖެހޭ ކަންކަމެއްނޫން. މަރަށް މަރު ހިފުމާމެދު މިކުޑަރާއްޖެއަށް އެއީ އިންސާނީ ޙައްްޤު ނެއްތާލަނީކަމަށް ވިސްނާދޭއިރު ، ޞައްދާމް ޙުސައިން ދަންޖެއްސިއިރު އީ. ޔޫ ކޮބައި ؟؟؟ އެބުނާ ޙައްޤު ކޮބައި..؟؟

  19. ބަރުލަމާނީ

    އިބޫ އާއި އިސްލާމިކު މިނިސްޓަރ އާއި ޕޮލިސް ކަމިޝަނަރ ވަނީ ކޯމާއެއްގައި ކަމުން ވެނަދިލީގެ މައްސަލަ އަދި ނުބެލެނީއެވެ

  20. ޑެއިލް

    ކޮބާހޭ ސޭކު އިމްރާން. ޢިލްޔާސް ދުއާދެންނެވި މީހުން ވީ ތަނެއް ނޭނގެ.

  21. ފަހަރި ވަޒީރު

    ސަރުކާރުން ބޭނުންވީ އޭނަ މަތިން ހަނދާން ނައްތުވާލަން. މިހާރު ވަރަށް އުފަލުން ތިބޭނީ. އަހަރުމެން ހަނދާނެއް ނުނެތޭ. ދީނަށް ފުރައްސާރަ ކުރާ މީހުންނާ ކުޑަކުދިންނާ ބެހޭ މީހުންނާ މާރާމާރީ ހިންގާ މީހުންނާ ިބާވަތުގެ މީހުންނަކީ މި ސަރުކާރުގެ ގާތް މީހުން.

  22. ޢަހަންމާ

    ޢޭނަގެ ޓާސްކަކީ ދީންފެތުރުން

  23. އިއްބެ

    އެމްޑީޕީ އިން ވެލެޒިނީއާ ހަވާލު ކުރި މިޝަން ނިންމާލުމަށްފަހު ރާއްޖެ އައިމަ މޮޔަ އަކަށް ހަދާ ދޫކޮށްލާނެކަން އެނގޭ. އެމްޑީޕީ ފެއިލްވެއްޖެ ބޮޑުތަނުން

  24. ނޫސްކިޔާމީހާ

    ޢޭނާއަކީ އިސްލާމްދީނަށް ފުރައްސާރަކުރުމުން މުރުތައްދުވެފައިވާ އަންހެނެއް . މޮޔައެެއްނޫން އޭނާ އަށް ނަސޭހަތްތެރިވެ އިސްލާމްދީނަށް އަލުންވެއްދުމަށް މިރާއްޖޭގެ ދީނީ ޢިލްމްވެރިނަށްގެ އަރިހުން އެދެން . ޢިންސާނުންނަށް ކުށްކުރެވޭނީ މަޢާފް ދެއްވާނީ މާތްﷲ.

  25. ސޮރު

    މި މުއްލާއިންނަކީ ރަހުމެއްގެ ކަންފުޅެއްވެސް ނެތް ބައެއްތާ

    • ރަމްޒީ

      ކޮބާ މުއްލާއިންނަކީ؟
      ތީ މުއްލާއެއްތަ؟

  26. Anonymous

    ޥެލެޒިނީ ދެއްކެވި ވާހަކަ ތަކަކީ އެއީ އޭނާގެ ޙައްގުތަކުގެ މަތީގައި ހުރެ އޭނަ ދެއްކި ވާހަކަ ތަކެކެވެ. ތިބޭފުޅުންގެ ހިތައް އުންދަގޫ ވާނަމަ އެއީ ތިބޭފުޅުންގެ މައްސަލައެ، އޭނަގެ ނުން. މިގައުމުގަ ވާހަކަ ދެއްކުމުގެ މިނިވަންކަންްއޮވޭ.

  27. ކަތްދަ

    ބައްލަވާ ވެލެޒިނީ އެއްޗެކޭ ބުނެގެން ދިވެހި ބަޔެއްގެ އެއްވެސް ހައްގެއް ގެއްލިގެންނެއް ނުދޭ. މީހަކު ދައްކާ ވާހަކައިން ތިމާގެ އަގީދާ ބަލިކަށިވާހެން ހީވެ ކަންބޮޑުވަންޏާ އަމިއްލަ މީހާ ފުލުސް އޮފީހަށް ހާޒިރުވެ ހައްޔަރުވެލުން ކިހިނެއްތޯ.

    މިކަހަލަ ބޭކާރު ލިޔުންތަކަށް ދެވެން އޮތީ މިކަހަލަ ޖަވާބެއް.