ފުލުހުންގެ ހައްޔަރުގައި ހުރި އައިޝަތު ވެލެޒިނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ވެލެޒިނީ އެޑްމިޓްކޮށްފައި އޮތީ އައިޖީއެމްއެޗްގެ ނަފްސާނީ މީހުންނަށް ފަރުވާދޭ ވޯޑުގައެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ ސަބަބެއް އެނގިފައެއް ނުވެއެވެ.

ވެލެޒިނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އަމިއްލަ ފޭސްބުކް އަދި ޓްވިޓާ އެކައުންޓު ބޭނުންކޮށްގެން އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނުގެ އުސޫލުތަކުން ބޭރު އިސްލާމްދީނާއި ހިލާފު އަދި އިސްލާމްދީނަށް ތައުހީނުކޮށް ވާހަކަދައްކާފައިވާ މައްސަލަ އާއި ގުޅިގެން ކަމަށް ފުލުހުން މިއަދު ވަނީ ވިދާޅުވެފައެވެ.

ވެލެޒިނީ ހައްޔަރުކޮށްފައިވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރެވޭ މީހުންނާއި މެދު އަމަލުކުރުމަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި އެއްގޮތްވާ މަތީން ކަމަށް ފުލުހުން ވިދާޅުވިއެވެ. ވެލެޒިނީ ހައްޔަރުކޮށްފައިވާ މައްސަލައިގައި އޭނާއަށް ގާނޫނީ ގޮތުން ލިބިދޭންޖެހޭ އެންމެހައި ހައްގުތައް ކަށަވަރުކޮށް، އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އޭނާއަށް ދޭންޖެހޭ ސިއްހީ ފަރުވާއެއްނަމަ އެ ފަރުވާއެއް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުމަށް ފަހު ވެލެޒިނީ ރާއްޖެ އައީ އިއްޔެ ހެނދުނު އެވެ. ވެލިޒިނީ އިސްލާމް ދީނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވާހަކަތަކުގައި އޭނާ ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުގެ މުރުތައްދު ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ މާޗް 29 ވަނަ ދުވަހު ނިންމާފައެވެ.

ވެލެޒިނީ ހައްޔަރުކުރުމާއެކު، އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ ސީނިއާ މެންބަރުން އަދި އެކްޓިވިސްޓުން ގެންދަނީ އޭނާ ވަގުތުން ދޫކޮށްލުމަށް ފުލުހުންނަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބޮލި މުލައް

    ނަސީދުއާ އަނާރާ އަންގާގޮތަށް ވެލެޒިނީ އެހަދަނީ

  2. ރާންބޯ

    ގެޓް ވެލް ސޫން ވެލީ...

  3. އެންޑީޕީ

    މިވަރު މީހެކޭ ނަޝީދުމެން ޖޭ އެސްސީގެ މެމްބަރަކަށް ހެދީ. މީގެން އެނގެނީ ނަޝީދުގެ ވިސްނުން ހުރި މިންވަރު!

  4. Miadhu

    އަވަހަށް ބޭސްވަރުވާއަށް އިނގިރޭސިވިލާތަށް ފޮނުވާ

  5. ޢެލްމެއް

    އޭނަ މިތަނަށް ގެނައީ ކުރިން ތި ކުޅިގަނޑު ހަމަ ތިހެން ކުޅެފަ ތިބި މީހުން. ޢެމީހުން އޮންނާނީ ކަން ކުރަންވީ ގޮތް ބުނެދީފަ. ފުލުހުންގެ ހައްޔަރަށް ދިޔަސް ހޮސްޕިޓަލް ގަ އެޑްމިޓް ކުރާން ޖެހޭ ވަރުގެ ކަމެއް ނެތް. ޔޫރަޕް ގަ ސިކުނޑި ހަމަ ނުޖެހޭ މީހަކު ދޫކޮއްފަ ނުބަހައްޓާނެ. އަނެއްކާ އެވަތު މީހަކު އެއަރލައިނަކަށް ވެސް ނާރުވާނެ. ގައިމު ޗެކިންގަ ތިބޭ މީހުނަށް ވެސް ޝައްކު ވާނެ ދޯ

    • ...

      ޙާދަ އެގިގެނޭ ތިއުޅެނީ... އޭނަ ޖެއްސި ހާ ވައްތަރަކާ ކިޔުނު ހާ ކުފުރުގެ ބަސްތަކެއް ކުރިންނެއް އަހަންނަކަށް ނެނގެ. ޢެކަމަކު މިހާރު ކުޑަކޮށް ފޭސްބުކް ވީޑިއޯތަށް ބެލުމުން އެގެނީ އޭނަ އަކީ ނަފްސާނީ ބަލިކަށި ކަމުގެ މީހެއްކަން.. ހަމަޔަށް ވިސްނޭ މީހެއް އެގޮތަކަށް ނޫޅޭނެ. ޢޭނައަށް ބޭނުންވަނީ ރަގަޅު ފަރުވާ މީހުންގެ އަޅާލުން. ޖެއްސުމާ މަލާމާތެއް ނޫން!!

  6. ޭުޮމޮޔަ ގޮލާ

    ޑުރާމާ ކުައީން!

  7. .ހައެ

    .މިހާރު ތީސިޔާސީ ގޮތުން ކުޅޭ ޑުރާމާ ތަކުގެ އެޕިސޯޓެއް ޖަލަށް ނުލާހުރިއްޔާ ވަރަށް ގަދަފަދަ ވާނެ އެއްވެސް ބަންދެން ނޫނީ ހައްޔަރެއް ކޮށްފިއްޔާ އެމީހަކު ހޮސްޕިޓަލް އައިސީޔޫގަ އޮންނަން ބޭނުންވާނީ މަތީންދާބޯޓުގަޢައީވެސް ނަރުހުންނާ ޑޮކްޓަރުންގެ އެހީގާތޯ.

  8. ޖަހާންގީރު

    ލާދީނީ އެމް ޑީ ޕީ ފިކުރުގެ މީހުނަށް ނިހިރަ ވާގޮތެއް !

  9. ދަލޭކާ ދިޔެ

    ދެން ކެންކެޑެއި..

  10. އަހަންމަދު

    ވެލިޒިނ ސަލާމަތް ކުރަން ވާހަކަދައްކާ އެންމެންގެ ހިތައްވެސް الله تعالى ބައްލަވާ ވޮޑިގެންވާކަން ހަނދާން ބަހައްޓާތި
    ތހިމާގެ ދީނާ ތިމާހެއްދެވިފަރާތައްވުރެ ވެލިޒިނ ދިފާއުކުރަން އުޅުމަކީ ތިމާމެންވެއްޓެން ދިމާވާސބަބުކަމުގަވެސް ވެގެން ހިނގައިދާނެ انشاءالله

  11. އިހުމާލު

    އޯ ގަދަ އަންނި ދަސްކޮއްދިން ޑުރާމާ ކުޅެނީދޯ ދެންމާދަމާ މައިބަދަ އެސާހިތަކު 4 ތަނުން ބިންދައިގެން ހިގައިދާނެ ދެން ދުނިޔޭންބޭރުން ވެލާޒިނޭޔަށް ހިމާޔަތް ދޭނެ ހައްހައްހާ!!!!!!

  12. އަހަންމްދު

    ދެން މަބުނާހެން ހަދައިބަލަ. އެމަންޖެގެ މައިންބަފައިންނާ ހަވާލުކޮއްފަ ބުނެބަލަ މިކޮޔަ އަދި ބޮޑެއްނުވެޔޭ ކާކުތޯ މިކޮޔަ ބޭރައް ނެރުނީ ހެޔޮވާނިކިހިނެއްތޯ މިކަހަލަ
    ކަންތައްކުރަން. މިޔޮއްމީހުން ނުބައިޒަމާނެއްގަ ނަސީބެއްނޫންހޭ މިކޮޔާނާ މީހަކުނުބެހިހުރިކަން. ދެންމިކޮޔަ ބޭރައް ނުކުމެއްޖިއްޔާ ކަލޭމެން ގޮވަިގެން ދައުވާކުރާނަމޭ.ނޫނީ ޖެންޑަމިނިސްޓަރާ ހަވާލިުކުރާނަމޭ.

  13. އަހަންމްދު

    ދެން މަބުނާހެން ހަދައިބަލަ. އެމަންޖެގެ މައިންބަފައިންނާ ހަވާލުކޮއްފަ ބުނެބަލަ މިކޮޔަ އަދި ބޮޑެއްނުވެޔޭ ކާކުތޯ މިކޮޔަ ބޭރައް ނެރުނީ ހެޔޮވާނިކިހިނެއްތޯ މިކަހަލަ
    ކަންތައްކުރަން. މިޔޮއްމީހުން ނުބައިޒަމާނެއްގަ ނަސީބެއްނޫންހޭ މިކޮޔާނާ މީހަކުނުބެހިހުރިކަން. ދެންމިކޮޔަ ބޭރައް ނުކުމެއްޖިއްޔާ ކަލޭމެން ގޮވަިގެން ދައުވާކުރާނަމޭ.ނޫނީ ޖެންޑަމިނިސްޓަރާ ހަވާލިުކުރާނަމޭ.ދެންބުނޭ އަބުރުގެ ދައުވާ ފަކީރުވެސް މިހާރު ދުނިޔެއަކުނެތޭ

  14. މުރީދު

    ތީ ކުއީން އައިޝާއެއް ނޫން.
    ތިޔައީ ޑްރާމާ ކުއީން

  15. ހުދު ކާފޫރު

    ކްޢީން އައިޝާއަކީ ހަމަ ޑްރާމާ ކްއިންއެއް ޖަލުން ސަލާމަތްވާން އޮތް ކަމެއްވިއްޔާ ކުރާނެ ދެން އެމްޑީޕީ މީހުން ތިބޭ މީނައަށް ސަނާ ކިޔަން.

  16. ފާތުމް

    އަސްތާ. އޭނަހުރި ވައްތަރެއް. ދުވަހަކުވެސް އިސްލާމީ ރީތިސިފައެއް ބޭނުން ކުރި ވައްތަރެއް އޭނަގާގަ ނުގަހާ. މީނުބާ މީހެއް.މީނަފަހަތުން ދުވާކަށް ނުވާނެ.

  17. މަރީ

    މީރަންނަމާރީއެއް. މީނަފަހަތުން ދުވާނީވެސް ބޮވޭކަހަލަ މީހުން.

  18. ހަސަން

    މީނަގާގަ ޖަހަނީ ޔަހޫދީއެއް ވށްތަރު.

  19. މައުސޫމު

    މީނަރާއްޖެ އައް އައީބަލިވގެން ޑޮކުޓަރަށް ދައްކާށޭ. އެހެން ވީމަކޮޅަށް ހުންނާނެ ވަރެއް ނެތީމަ އެޑުމިޓު ކުރަން ޖެހޭނެތާ.

  20. ހިމާޔަތްކުރާނަން

    ޑްރާމާ ކުއީން، ތައުބާވުމައް ގޮވާލަން، މީޑިޔާ މެދުވެރކޮއް މުޅި ދުނިޔެއައް. ކީއްވެތޯ މީގެ ކުރިން ރާއްޖެ ނައީ. ރަސޫލުކަމަށް ދައުވާކޮއް މުރުތައްދުވެފަ ހުރިމީހެއް އެއީ. ސިކުނޑީގަ އުނިކަން ހުންނަ މީހުން ހަށިވިއްކައެގެން ލާރި ހޯދާތޯ.
    ސަރުކާރުން އޭނަ ދޫކޮއްލުމަކީ ސަރުކާރުން ރައްޔިތުންނަށް ދެވޭ ވަރައްބޮޑު އަނިޔާއް. ރާއްޖޭގަ މިކަހަލަ އެތީޓުން މިހާރު ވަރައް ގިނަ. ހާއްސަކޮއް ރިސޯޓްތަކުގަ.