މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވިލިނގިލީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ޓްރޭނިންގ ސްކޫލަށް މިއަދު ހަވީރު ޒިޔާރަތް ކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް، އެމްއާރުސީސީ އާއި ފަޔަރ ޓްރޭނިންގ ސްކޫލަށް ޒިޔާރަތް ކުރެއްވުމުން މަރުޙަބާ ދެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑު ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ޒިޔާރަތުގައި އެމްއާރުސީސީގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވާ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލު ކުރާ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެމްއާރުސީސީގައި މަސައްކަތް ކުރާ ސިފައިންނާ ބައްދަލުކުރައްވާ ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ޒިޔާރަތުގައި ފަޔަރ ޓްރޭނިންގ ސްކޫލްގައި ހިންގާ ބައެއް ކޯސްތަކާއި ކޯސްތައް ހިންގުމުގައި ދިމާވާ ދަތިތަކުގެ އިތުރުން ކޯހުގެ ތެރޭގައި ކުރިއަށް ގެންދާ އެކްސަސައިޒްތައް ކުރިއަށް ގެންދާ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި ފަޔަރ ޓްރޭނިންގ ސްކޫލުގައި މަސައްކަތްކުރާ ސިފައިންނާ ބައްދަލުކުރައްވާ ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖިންނި

    ހަމަ އެ ގޮތަށް މެގަ މޯލްޑިވްސް ކައްވާލިގިތަށް

  2. ފާތި

    މާރިޔާއަކީ ދިވެހިންކުރިމަތީ އަގެއްއަބުރެއް އޮތްމީހެއްނޫން. ގާނޫންއަސާސީއަށް ފައިންއަރާ މަޖްލިސްތެރޭ މޮޔަގެރިއެއްހެން އުޅެފަހުރި ކާޅެއް

    • ހިލް

      އަގެއް އަބުރެއް ހުރީ ކާކުގެތޯ. ކޮންމެ މީހަކުވެސް މަޤާމެއްލިބުނީމާ ކައްވާލަނީ އެނޫން މީހަކު ނުފެނޭ. ސަލާމް

  3. ރެސްކިއު

    ހާލުގަ ޖެހިގެން މީހަކު ގުޅާ އިރަށް އަހަރެމެން ފިލާ ރައްކާވަނީ. އެގިއްޖެ؟

  4. އަނެއް

    މާރިޔާ އަކީ ލަދެއް ހަޔާތެއްނެތް ހުދުމުހުތާރު ދައިތައެއް ރައްޔަތުން މަޖުލީހުގެ ގޮނޑިތަކަށް އަރާ ކުޅުޖަހާ ސުންނާފަތި ކުރި މޮޔަގެރީގެ ބަލިޖެހިފައިވާ ސައިތާނެއް.

  5. ނޫރާ

    ކޮޔާ މަންޖެ ފިރިމީހާ ކުރެން އަހާ އޮޅުންފިލުވަބަލަ އެފްޕީއައިޑީ އަށް ހަދާލި ގޮތް؟ އަދި އާއިލާއަށް މެގަމޯލްޑިވުސް ދިން ގޮތް؟ އަދި ލަންކާ އެއާޕޯޓުގައި މަންޖެ ރާބޯން އިންގޮތް؟

  6. އެމް ޑީޕީ

    ތިޔަ މިނިސްޓަރު ކަންކަން ދަސްކުރަން އަދި ތިން ހަތަރު އަހަރު ނަގާނެ! ތިޔަށްވުރެއް މާރަނގަޅުތާ ކަންކަން ދަސްވެފައިހުރި މީހަކަށް ތި މަޤާމު ދިންނަމަވެސް!

  7. މުހައްމަދު

    ކޮންމެވެސް ކުއްޖަކު މާރިޔާއްތަ ކާރީގާބުނެދީބަލަ މިއާޓިކަލްގާހުރި ކޮމެންޓްތއް ކިޔާލާފާ އަމިއްލަނަފުސްގެ އަގުވެއްޓިފާވާމިންވަރާދޭތެރޭ ވިސްނާލަބަލާށޭ.