35 އަހަރަށްވުރެ ގިނަދުވަހުގެ އަސްކަރީ ޚިދުމަތަށް ފަހު ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. މިކަމަށް ޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު އާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ ސިޓީފުޅާއި އަދި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދުގެ ރިޓަޔަރމަންޓްގެ ރަމްޒީ ކާރޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓުތަކުގެ ކޮމާންޑަރުންނާއި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދުގެ ޢާއިލާގެ ބޭފުޅުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

ބްރިގޭޑިއަރ ޢަބްދުލް މަތީން އަޙްމަދު ސިފައިންގެ ޚިދުމަތާއި ގުޅިލެއްވީ 1987 ވަނަ އަހަރުގެ ޖުލައި މަހުގެ 01 ވަނަ ދުވަހުއެވެ. ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދުވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ވަނީ ދިފާއީ ވުޒާރާގެ އިދާރީ އަދި ހިންގުމުގެ ދާއިރާގައެވެ.

މީގެއިތުރުން ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން ފުރުއްވާފައިވާ މަޤާމުތަކުގެ ތަކުގެ ތެރޭގައި، މާފުށީ ޖަލު ސެކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ ކޮމާންޑަރުގެ މަޤާމު، އޯޑިނެންސް ސާރވިސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރގެ މަޤާމު، ކޮމާންޑިންގ އޮފިސާރގެ އެހީތެރިއާގެ މަޤާމު، ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ސަރވިސްގެ ކޮމާންޑިންގ އޮފިސާގެ އެހީތެރިއާގެ މަޤާމު، ރީޖަނަލް ހެޑްކުއާޓަރސް ލ.ކައްދޫގެ ބޭސް ކޮމާންޑަރުގެ މަޤާމު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޕްރޮޓޮކޯލް އޮފިސަރުގެ މަޤާމު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޕްރޮކިއުމެންޓް އޮފިސަރުގެ މަޤާމު، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމުވެސް ވަނީ ފުރުއްވާފައެވެ.

ދިފާއީ ވުޒާރާގައި އަދާކުރައްވާފައިވާ މުހިންމު މަޤާމުތަކުގެ ތެރޭގައި، ސްޓާފް އޮފިސަރ ޓުދަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ޕްރިންސިޕަލް ޑައިރެކްޓަރ ޓްރޫޕްސް ވެލްފެއަރ އެންޑް ޕްރޮޓޮކޯލް، ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ފޮރިންލިއެޒަން، ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ޑައިރެކްޓްރޭޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕްރޭޝަން އެންޑް ޕޮލިސީ، ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރެލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕްރޭޝަން އެންޑް ޕޮލިސީ، ޕްރިންސިޕަލް ސްޓާފް އޮފިސަރ ޓުދަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ، ޕްރިންސިޕަލް ސްޓާފް އޮފިސަރ ޓު ދަ މިނިސްޓަރ އޮފް ޑިފެންސް، ޑައިރެކްޓަރ ޖެނެރެލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ މާޤާމު ފާހަގަކޮށްލެވެއެވެ.

ދިވެހި އަސްކަރިއްޔާގައި އުފައްދަވާފައިވާ ބޯޑުތަކާ ކޮމެޓީތަކުގައިވެސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު ވަނީ ސިފައިންގެ ކުރިއެރުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި އިރު ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު ހުންނެވީ މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުގައެވެ.

ރިޓަޔަރ ކުރެއްވިއިރު ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 12 ކުލަ ވަނީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދަށް ލިބިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަމިއްޔާ

    އިންޑިއަަގެ ހިންދޫ އަންހެންމީހުން މުނާސަބަތުތަކުގަ ލާކަހަލަ ހެދުން ލައިގެން ރާއްޖޭގެ މިނިސްޓަރުވެސް!!!

  2. ކުޅިކަނބިލި

    މިޔުނީފޯމް އެޅިމީހުން އެކަނި ގައުމަށް ޚިދުމަތް ކުރާބަޔަކަށްމިވަނީ...އާދައިގެ ސިވިލްސާރވަންޓުން40 އަހަރު 45 އަހަރު ޚިދުމަތްކުރިއަސް ހުސްއަތާ ގެއަށް. 35 އަހަރުތެރޭ ބަޑިއެއްގަ އަތްލިބަ

    3
    4
  3. އަޙްމަދު ޝިޔާމު

    މަތީނަކީ އެކުގައި މަސައްކަތް ކުރަން ފަސޭހަ މަޑުމައިތިރި ބޭފުޅެއް އެދެނީ ކާމިޔާބަށް...

  4. ނާފިޒު

    މަރުހަބާ

  5. ޑީބޯއި

    ގައުމަށް ކުރެއްވި ހިދުމަަތައް ޝުކުރިއްޔާ!!

  6. އަހައްމަދޫ

    މީއިންޑިޔާމީހުން ލާކަހަލަ ލޯގަނޑުލީހެދުމެއްތަ.

  7. ކޮތަރު

    ހުރި މަގާމށް ވުރެ ބޮޑު މަގާމެއް އުފަންކުރުވާ ކުރިންލިބުނު މުސާރަޔާ އުފަންކުރި ވަޒީފާގެ މުސާރަޔާއެކު 80 ވަރަކަށްހާސް މުސާރަ ދީދެން ތިނލބެ ބަލަން ދުވަސްކޮޅަކުން އިވޭނި މޮޅުވަޒީފާއެއް ތަބަކަކަށް ލާފަ ދޭތަން ވަރަށްގާތް މިގޮގޮތަށް ވެގެން ދާނެކަން

  8. ލޯބިވާ ވަޠަން

    40 އަހަރު 45 އަހަރު ސިވިލް ސަރވިސްގަ މަސައްކަތްކުރުމާ ސިފައިންނާ ފުލުހުންގެ ވަޒީފާ އާއި ވ ތަފާތުވާނެ. ކުޑަކޮށް މަސައްކަތު ގަޑީގެ ވަގުތު ހިސާބުކޮށްލިއަސް 40 އަހަރު ސިވިލް ސަރވިސް ގަ ކުރާ މަސައްކަތާ ސިފައިންގެ މީހެއްގެ 20 އަހަރުގެ ޚިދުމަތާ ނުބައްދަލުވާނެކަން ޔަގީން.