ބަޑިއާއެކު ސިފައިންގެ ތަމްރީނެއް ޅ. އަތޮޅު ކަނުހުރާ ބޭރުގައި ކުރިއަށް ދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެމްއެންޑީއެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނު ތަކެއް މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުގައި، މި ތަމްރީނުތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 07:00 އިން 17:00 އަށް ޅ. ކަނުހުރާގެ ބޭރުން 05 ނޯޓިކަލް މޭލް ބޭރުގައެވެ.

މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުން ކުރާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ބޭނުން ކުރާނީ މެޝިން ގަން ކަަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައިވާއިރު، ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 4600 މީޓަރު ކަމަށްވެސް ބުނެފައި ވެއެވެ. އަދި ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 300 މީޓަރު ކަމަށްވެސް ވަނީ ބުނެފައެވެ.

ސިފައިން މިފަދަ ތަމްރީނުތަކެއް ކުރިއަށްެގެންދާ ނަމަ އެ މައުލޫމާތު ހާމަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަވިއަނި

    މުދި ހަދާބަލަ ކުށެއްނެތް ދިވެހިރައްޔިތެއް އިންޑިއާގަ ހައްޔަރުކުރީމަ އެކަން ބެލޭނެ ރަސްމީ އިދާރާއެއް ނެތް އިންޑިއާސިފައިން މި ޤައުމުގަ ބޭނުންތާކު ބޭނުންކަމެއް ކުރަނީ ދެން ކަލޭމެެން ކޮން ޗަރުކޭހެެއް ކުޅޭކަށް

    2
    1