އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާޓު ސިންގް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް ހަވާލު ކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގަމްއާއެވެ.

މިކަމުގެ އެއްބަސް ވުމެއްގައި އިންޑިއާ އެކު ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 21 ގައެވެ.

އުތުރު ތިލަފަޅު ޕްރޮޖެކްޓު އިންޑިއާ ކުންފުންޏަކާ ހަވާލު ކުރި އިރު، އެ ތަނުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހަދަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔާފައިވެއެވެ. އެކަމަކު، އެ ތުހުމަތުތައް މި ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

އެ އެއްބަސްވުން ސިއްރުކޮށްފައިވާ އިރު އިދިކޮޅުން ވަނީ އެ އެއްބަސްވުން މަޖިލީހަށް ހާމަކުރުމަށް ގޮވާލައިފައެވެ. ނަމަވެސް މިހާތަނަށް ވެސް އެ އެއްބަސްވުން އާންމުކޮށްފައެއް ނުވެއެވެ.

އުތުރު ތިލަފަޅުގައި ކޯސްޓްގާޑަށާއި އެމްއެންޑީއެފް އަށް މުހިންމު ތަނަކަށް ވާނެ ކަމަށް އެމްއެންޑީއެފްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި މިއީ އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރުވެގެން ދާނެ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލިޔުފާ

    ކެޕޭސިޓީ އިތުރުވާއިރު އިވެނީ ހަނިމާދޫ ގައި ތިބޭ އިންޑިޔާ ސިފައިންގެ ފާޚާނާ ޞާފްކުރަން ޖެހެނީ ދިވެހި ޞިފައިންކަމަށް ، އިންޑިޔާގެ މިހާރުގެ ސަރުކާރުން މުސްލިމުންގެ މައްޗަށް ހެވެއް ނޭދޭނެކަމަށް އިންޑިޔާގެ ކޮންމެ މުސްލިމަކު ވެސް ބުނާނެއެވެ،

    15
    1
  2. އެލެކްސް

    އިބޫ ނޫންގޮތެއް ބޭނުންވޭ...
    އިބޫގެ ކޯލިޝަންގެ ފަރާތުން ލިބުނު އަނިޔާގެ ބަދަލުގައި އެ ކޯލިޝަންދެމެހެއްޓި މީހުންނަށް ނޫނެކޭ ބުނަން ޖެހޭ.

    13
    1
  3. ޅިޔަނުބެ

    މުސީބާބާތުގެ ފެށުން

    14
    1
  4. ހެޑިންގ

    ރާއްޖެ އަށް އުފެދުނު އެއްމެބޮޑު ޚާއިނުންގެ ދެމީހުން ތިތިބީ.

    13
    1
  5. ލުޓޭރުންގެ ސަރުކާރު

    ގާނޫނުން ބާރުލިބިގެންތަ އިންޑިޔާގެ އަސްކަރިއްޔާގެ މަރުކަޒެ ގާއިމުކުރަން ތިފަށައިގަތީ.މަޖުލީހުން ހުއްދަލިބުނީތަ އިންޑިޔާ އަސްކަރީން ތިބިކަން ފާޅުތިކުރީ...ދިވެހިގައުމު ހިންގަން ހަވާލުވެ މިތިބީ ކޮންކަހަލަ ކޮހުންތަކެ އަމިއްލައަށް އަމިއްލަ ގައުމު އަޅުވެތިކޮއްލަނީ..މުޅި ދުނިޔެ ހަގުރާމަކުރަނީ މިނިވަންކަމަށް އަހަރެމެންގެ ވެރިން އެދިގޮވަނީ އަޅުވެތިކޮއްދޭނެ މީހެއް އާދޭތޯ..މިއީ ހާދަ ދެރަކަމެކޭ ގައުމު އަޅުވެތިކޮއްފަ ވެރިކަންކުރަން ފޫގަޅައިގެންތިބި ސިޔާސީންނަ ރައްޔިތުން ނޫނެކޭބުނަން ހިއްވަރެލާންޖެހޭ..

  6. އިއްބެ

    ރާއްޖޭގެ ތަނެއްތަ؟ އިންޑިޔާގެ ތަނެއްތަ؟

  7. އިސްޢާފް ސަލީމް

    އެއްބަސްވުން ފޮރުވައިގެން މި ޤަވްމަށް ޣައްދާރުވާއިރު ، ޤަވްމުގެ ތަންތަން އެހެން ބަޔަކަށް ވިއްކާއިރު އޭސީސީ ގަދަނިދިން ނިދާފަ! މުއައްސަސާތަކާ ނޫސްތައް ޣާފިލުވެފަ! ޖުޑިސަރީ ދައިރާ ( ކޯޓުތައް ) އަނގަބަންދުވެފަ! ކޯލިޝަނުގެ ބައިއަޅާމީހުން ލޯމަރާލައިގެން! ސާބަސް ދިވެހިން

  8. ހުސެން

    މާގިނަ ދުވަހެއް ނެތް ދެން .4 މަސް ބާކީ