ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭންސް އޮފިސަރުގެ ގޮތުގައި ދޮޅު އަހަރެއްހާދުވަހު މަސައްކަތްކުރެއްވި އަލީ ޚާލިދު އައްޔަންކޮށްފިއެވެ.

އަލީ ޚާލިދު ވަނީ 2008 ވަނަ އަހަރު ޓީވީއެމްގެ ސީއީއޯގެ މަގާމު އަދާކުރައްވާފައެވެ.

އަލީ ޚާލިދު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ މިފްކޯގައެވެ. މިފްކޯގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އެކި ޑިޕާރޓްމަންޓްތަކުގައި ވަޒީފާ އަދާކޮށްފައެވެ. މިފްކޯއިން ވަކިވިއިރު އަލީ ޚާލިދު ހުރީ ކުންފުނީގެ ސޭލްސް އެންޑް މާރކެޓިން ޑިޕާރޓްމަނޓް ހިންގުމާއި ހަވާލުވެއެވެ.

ރާއްޖޭގެ މުއާޞަލާތީ ދާއިރާ ވާދަވެރިކަމަށް ހުޅުވާލުމާއި ގުޅިގެން އަލަށް މާރކެޓްއަށް ނުކުތް ވަތަނިއްޔާގެ ސްލޭސް ޑިޕާރޓްމަންޓް ގާއިމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ވެސް އޭނާ އެވެ. މުޅިރާއްޖޭގައި ވަތަނިއްޔާގެ ޚިދުމަތް ރައްޔިތުންނާ ހަމައަށް ލިބޭނެ މަގު ފަހިކުރުމަށް ކޮންމެ ފިހާރައަކުން ވަތަނިޔާ ޕެކޭޖްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ކަންކަން ރާވާ ހިންގީ އަލީ ޚާލިދެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭންސް އޮފިސަރުގެ މަގާމުން އަލީ ޚާލިދު ވަކިކުރީ އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބެއް ލިބުނުތާ ދުވަސްކޮޅެއް ފަހުންނެވެ. އޭގެ ފަހުން އޭނާ ސިޔާސީ ހަރަކާތަކުން ނުފެނެއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އަލީ ޚާލިދު އައްޔަން ކުރެއްވިއިރު އެކުންފުންޏަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވެސް ކުންފުނީގެ ވެރިންނަށް ވަނީ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޒީބެ

    ރަނގަޅު ވާނެކަމަށް އުންމީދުކުރަން. ޓީވީ އާ ރޭޑިއޯ އިންގަން އެކަށީގެންވާ މީހުން އައްޔަން ކުރާނެކަމަށް ހީކުރަން.

  2. ވަރުވާ

    ޢަލީ ޚާލިދަކީ، ޤާބިލް، ޢިލްމީ ބޭފުޅެއް. ވަރަށް ރަނގަޅު ބަދަލެއް. މަރުޙަބާ ޢަލީ ޚާލިދު

  3. ކަރާ

    ތަންތަނުން ފޭލިވެފައިވާ ބޮޑެތި ފޭލިއަރުންލައިގެން ކުރިއެއްނާރާނެ. ދެން ތިފަދަ މީހުންނޫންމީހުން ނެތީތޯ

  4. ފިރުޓޭ

    ފިސާރި ފޮނި މީހެއް މީ!