ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ މުބާރާތުގެ ފައިސާގެ އިނާމު ނުދީ ދެމަސް ދުވަސް ހޭދަވެއްޖެއެވެ.

މުބާރާތުގެ އެއްވަނަ އަށް ހޮވުނު ފަރާތައް -/20000 ރުފިޔާ އާއިއެކު ޖުމްލަ -/45000 ރުފިޔާ ވަނަތަކަށް އައި ފަރާތްތަކަށް ދޭނެކަން ޕީއެސްއެމް އިން އޮތީ އިއުލާން ކޮށްފައެވެ. ނަމަވެސް މިދިޔަ ޖޫން މަހު އިއުލާން ކުރި މުބާރާތުން ވަނަކަށް ދިޔަ ފަރާތްތަކަށް އެދިވެސް އިނާމު ފައިސާ ޕީއެސްއެމް އިން ނުދެއެވެ.

މުބާރާތުން އެއްވަނަ ހޯދި އައިމިނަތު ޝަހުބާ ޝަހީދު ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ފައިސާގެ އިނާމު އަދި ވެސް ހަވާލުކޮށްފައި ނުވާއިރު މުބާރާތުގެ އެއްވަނަ ހޯދުމުން ދިވެހިރާއްޖޭގެ އަޑުގައި އެއްއަހަރު ދުވަހު މަސައްކަތް ކުރުމަށް ދޭނެ ކަމަށް ބުނި ކޮންޓެކްޓްގެ ޚަބަރެއް ވެސް ނުވާ ކަމަށެވެ.

މުބާރާތް ކުރިއަށް ގެންދިޔައީ ހަތް އެލިމިނޭޝަން ޝޯ ހިމަނައިގެންނެވެ. ކޮންމެ ޝޯއަކަށް ވެސް އެސްއެމްއެސް ކުރެވޭ ގޮތައް އޮތީ ހުޅުވާލާފައެވެ. ކޮންމެ އެސްއެމްއެސްއަކަށް އެއް ރުފިޔާ ޗާޖް ކުރެއެވެ. ޕީއެސްއެމް އިން ކުރިން ބުނެފައިވާ ގޮތުގައި ކޮންމެ އެލިމިނޭޝަން ޝޯއަކަށް ވެސް 15000 އަށް ވުރެ ގިނަ އެސްއެމްއެސް ލިބުނެއެވެ. އަދި ފައިނަލް ޝޯއަށް އެއްލައްކަ އަށް ވުރެ ގިނަ އެސްއެމްއެސް ލިބުނު ކަމަށް ޕީއެސްއެމް އިން ބުނެފައި ވެއެވެ.

އެހެންކަމުން އެސްއެމްއެސް އިން ލިބުނު ފައިސާ އިން ވެސް މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ދެވޭވަރު ވާނެއެވެ.

ޕީއެސްއެމް އިން ބާއްވާ މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ފައިސާ ނުލިބި ލަސްވަމުންދާ ސަބަބެއް އެކުންފުނި މެދުވެރިކޮށް ސާފުކުރަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

ޕީއެސްއެމްއަށް ވަނީ ދަރަނީގެ ގިނަ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. ފާއިތުވި ދެހަފްތާއެއްހައި ދުވަހުގެ ތެރޭގައި ވެސް އެކުންފުނީގެ މައްޗަށް ދަރަނީގެ ދެމައްސަލައެއް ކޯޓުން ސާބިތުވެ ހުކުމް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ގައުމުގެ ހުރިހާ ދިމާއަކުންވެސް މުއައްސަސާ ތަކުންވެސް ފެންނަމުންދަނީ ފެނިގެން ނުވާނެ ކަންތައްތައް! މިސަރުކާރު ބަދަވަންޖޭޙޭ!

    27
    1
  2. ެިއިބޫ

    ދެވަނަ ދައުރުގައި ރުފިޔާ ލިބޭނީ .... އެއީ 2023 ލިބުނީޔާ

    15
    1
  3. އަހަންމަދު

    ކޮންޓެކްޓް ގެ ނަންބަރެއްވެސް ނުދޭތަ؟
    ޕީއެސްއެމް ފެއިލްވެއްޖެ!

    16
  4. އަހަންމަދު

    ހުންނާނީ އަލާކެޑިފަ! ޓީވީއިން ދެއްކިއެއްނު! އަސްލު ބޭނުން ފުދުނެއްނު.
    ކިތަންމެ ކަޑަބައަކު އަބުރާ ގޭސްގަޑެއްވިއަސް ޓީވީއިން ތިއްތިދައްކާލެވެންޏާ އަދިވެސް ބައިވެރިވާތި.

    9
    3
  5. މިބުނީ މިހެން

    މިވެރިކަމުގަ އިވެނީ ހައްތަހާވެސް ތިޔަކަހަލަ ހުތުރު ވާހަކަތައް

    11
  6. ފ.ނިލަންދޫއިން

    ދީނުގެއަޑުންބޭއްވި އިސްލާމީ ތާރީޚު ސުވާލު މުބާރާތް ނިމުނުތާ ދެ މަހައްވުރެ ގިނަދުވަސް ވެއްޖެ އެމުބާރާތުގެ އިނާމުފައިސާވެސް މިއުޅެނީ އަޅުގަނޑުމެންނައްނުލިބި ފައިސާއާބެހޭ ސެކުސަނަން ދެ ދުވަހުގުޅަންމަސައްކަތް ކުރުމުން ވެސް ފޯނުވެސް ނުނެގިއެވެ. މީ ވ.ދެރަކަމެއް.