ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަން އެކުންފުނިން މިއަދު މުވައްޒަފުންނަށް އަންގައިފިއެވެ. ނަމަވެސް ބައެއް މުވައްޒަފުންގެ މުސާރަ އަށް އިތުރުވީ -/30 ރުފިޔާ ކަމަށް "ވަގުތު" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ޕީއެސްއެމްގެ މުވައްޒަފަކު މިއަދު ބުނީ "ބައެއް މުވައްޒަފުންނަށް -/30 ރުފިޔާ އާއި -/50 ރުފިޔާގެ ކުރިއެރުމެއް ވަނީ ލިބިފައި." ކަމަށެވެ.

ނަމަވެސް ބައެއް ނޫސްވެރިންގެ މުސާރައަށް -/2000 ރުފިޔާގެ ކުރިއެރުމެއް ލިބުނު ކަމަށް ވެސް މައުލޫމާތު ދިން މުވައްޒަފަކު ބުންޏެވެ.

ބައެއް މުވައްޒަފުންގެ މުސާރަ އަށް ބޮޑު ކުރިއެރުމެއް ދިނީ ވަޒީފާގެ އޮނިގަނޑަށް ބަދަލު ގެނެސްގެންނާއި، ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޕީއެސްއެމް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި މިވަނީ މުސާރަ ކުޑަކަމުގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށެވެ. ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް މުވައްޒަފުންގެ މުސާރަ ބޮޑުކުރިއިރު ޕީއެސްއެމް އިން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ޚަބަރުތައް ގެނެސް ނުދޭތީ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޙެހެހ

    މީ އިންތިޚާބަށް ނުފޫޒުފޯރުވުން ނޫން ދެން ކޮންކަމެއް ، އެކަމަކު ބަލާނެ މުއައްސަސާއެއް ، މިސުވާލުކުރާނެ މީޑިއާއެއްނެތް ، ކާގެން ތިބުން އޮތީ ، އިލެކްޝަންގެ ޒިންމާކޮބާ

  2. ފަތިހީ

    ނަންވަނީ ބުރުމާ އެކަނި

  3. އިމާ

    ޕާޓި ކުދިންނައް ބޮޑުކޮއް މިބޮޑުވީ ދޯ... ކޮންކަހަލަ ވެރިކަމެއް މީ

  4. ލަގން

    ކީކޭ ބުނާނީ ދެން

  5. ****

    ސަޕްލައރުންނަށް ޕޭނުކުރެވޭ ކޭޝްފްލޯ ޓައިޓްވީމަ

  6. ލިކާ

    30ރ ކޮތާޅެއްވެސް މިހާރު ނުލިބޭ އެއްޗެހީގެ އަގު އެހާ ބޮޑު .. ނިކަމެތިން ނައް އުޅެވޭވަރެއްނޫން

  7. މުކޭ.

    ތިވަރުން ކިހިނެއް ކުލިދައްކައިގެން މާލޭގެަ އުޅެނީ

  8. ބާބޫ

    2 ރ ވެސް ބޮޑުވެއްޖެއްޔާ ބޮޑުވީ

  9. ޙާލަތު

    ތިޔަ ވަރަށްބޮޑު ކުރިއެރުމެއް.

  10. ާމަ

    ާޝުކުރިއްޔާ އިބޫ!!

  11. ސޯލޭ

    ޅޮލް

  12. ހުސޭނުބޭ

    ހާސްކަނޑާލާ! އަދި އަންނާނެ ތި ބޮޑުކޮށްދިން 30 ރުފިޔާގެ ވާހަކައިން ކަލަގޮވާނެ މީހެއްވެސް! ބުނާނެ ވޭދުވެދިޔަ 20 އަހަރު ބޮޑުނުކޮށްދޭވަރަށް ތިމަންގެ ވެރިކަމުގައި މުސާރަ ބޮޑުކޮށްދީފީމޭ!

  13. އިއްބެ

    ތިގޮތައް ޕްރޮމޯސަން 10،12،15 އަހަރުވެ ދިގުމުއްދަތައް މަސައްކަތްކުރަމުން ދާފަރާތްތަކައް ނުދިނިއްޔާ ރަނގަލީ

  14. މުނީރު ގައްދޫ ގަރާޑީގެ

    އަދިވެސް އެތައްބަޔެއްގެ އަތުން ހިދުމަތް ހޯދާފަ ބިލްތަކަށް ފައިސާ ނުދައްކާ އަދި ގުޅީމަ ފޯން ނުނަގާ އަޗާ ތަޅާން ވެރިން ޗައިނާއިން އަދި އެހެނިހެން ގައުމުތަކަށް ދަތަރުކުރުމުގަ!

  15. Anonymous

    ތިވެސް އުވާލަން ވެފަ އޮތްތަނެއް.

  16. ރީޗޯރު

    އަޅުގަނޑަށް ބޮޑުވީ 10 ރުފިޔާ

    • ބާބީ

      ސުޓެލްކޯ ކުދިނައްވެސް 10 ރފ ލިބުން ބޮޑުކޮއްގެން

  17. ނެންސީ

    މަރުހަބާ ރައީސް ތިހާ ބޮޑު މުސާރައެއް ހަމަޖެހުނީމަ -/30 ރުފިޔާގެ