ދައުލަތުގެ މީޑިއާ ހިންގާ ޓީވީއެމްގެ ކޮޓަރިއެއްގައި އަލިފާން ރޯވުމުން އެއިމާރާތުން ކަރަންޓް ކަނޑާލައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީވީއެމްގެ އިކްއިޕްމެންޓްތަކެއް ހުރި ކޮޓަރިއެއްގައި އަލިފާން ރޯވުމުން މުޅި އިމާރާތުން ވަނީ މިހާރު ކަރަންޓް ކަނޑާލާފައެވެ.

ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފައެވެ.

ކަރަންޓް ކެނޑުމުން ޕީއެސްއެމްގެ ޓީވީ ޗެނަލްތައް ބެކަޕް ކަރަންޓް ބޭނުން ކޮށްގެން ކުޑައިރުކޮޅެއް ވަންދެން ކުރިއަށް ގެނދިޔަ ނަމަވެސް މިހާރު ވަނީ ޗެނަލްތަކުގެ ހިދުމަތް މެދުކެނޑިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާރާ

    ތިކަން މާން މާ ލަސްވެސް ވެއްޖެ

  2. ހިމާރުލްގައުމު

    ހިންނަވަރު ޗޯރު ވޯޓު ވަގު ތިމަރަފުށީ ސަރީފު ލައްވާ ކުރުވި ކަމެއް

  3. އަހަންމަދުު

    ބޭނުމަކީޝަރީއަތްލައިވުނުކުރުން؟