މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

މިއީ ޑިސެމްބަރ މަސް ފެށުނު ފަހުން މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނު ހަތްވަނަ ފަހަރެވެ.

މިރޭ މާލެ އިން ކަރަންޓް ކެނޑުނު ސަބަބު ސްޓެލްކޯ އިން އަދި ސާފުކޮށެއް ނުދެއެވެ. އާންމު ގޮތެއްގައި މާލެ އިން ކަރަންޓް ކެނޑިއްޖެނަމަ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދިނުމަށް ދެގަޑިއެއްހާއިރު ނަގާނެއެވެ.

ފަހަކަށް އައިސް މާލެ އިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.

މާލޭގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް އާސަރުކާރުން ގެންގުޅޭނެ ސިޔާސަތެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

އަވަސް އަވަހަށް ގިނަގިނައިން މާލެ އިން ކަރަންޓް ކެނޑޭތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދޮންކަލޯ

    ކަރަންޓް ނުކެންޑޭނެ މިހާރުވެރިކަމުގަހުރީ ޔާމީނެއްނޫން ތިވާނީހިއަކައް

  2. ޚަލޯބެ

    ކޮން ކަމެއް އައު ސަރުކާރުން ކުރެވޭނީ.. މިހާ އަން އެޑިއުކޭޓެޑް ސަރުކާރެް ނާދޭ! ޢެންމެ މަތިން ފެށިގެން އެންމެ ދަށާއި ހަމައަށް ތައްލީމެއް ނެތް މީހުން ތިބީ. ދެން ކޮން އުފެއްދުންތެރިކަމެއް ހުންނާނި.

  3. ޜަނާ

    ކަރަންޓް އަގުހެޔޮ ކުރަނީނު ކެނޑޭ ވަގުތު ބޭނުން ނުކުރެވުނީމަވެސް ކިހާތަނެއް ކުޑަ ވާނެތޯ ވިސްނަވާ

  4. ތުރާކުނު މީހާ

    ޔާމީނުއަށް ވިޔަސް އިބުރޭއަކަށް މިކަމެއް ނުވާނެ

  5. އިބްރާ

    ނުވާނަމަ އަވަހަށް އިސްތިއުފާ ދެއްވާ. އެއީ ލަދުކަމެއްވެސް ނޫނެވެ.

  6. ހޭލާ..

    އެހެންވީމާ މީކީ ވަކި މީހަކު ވެރިކަމުގައި ހުންނާތީވާކަމެއްނޫން ދޯ...؟ ކެކެކެކެ.. ރޔ ސަރުކާރުގެ ދުވަސްވަރު މާލޭން ކަރަންޓް ކެނޑިގެން މީހުން ހީވީ މޮޔަވެގެން އުޅޭހެން.. ނާޤާބިލޯ ކިޔާފަ.. ހަމަ އަންނަނީ ނުލަފާ ހިންޏެއް. ކެ ކެ ކެ ކެ ކެ ....