ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ވެސް އެމަގާމު ފުރުއްވި ސުހައިލް އަހްމަދު އައްޔަން ކޮށްފިއެވެ.

ސުހައިލް އަކީ ހުޅުމާލޭ ތަރައްޤީ ކުރަން ފެށުމުގެ ކުރިން އެކަމުގެ ޕްލޭންތައް ތައްޔާރު ކުރަމުން ގެންދިޔަ އިރު ވެސް އެމަސައްކަތުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.

ސިންގަޕޫރާއި ޔޫކޭ އިން ކޮންސްޓްރަކްޝަން މެނޭޖުމަންޓްގެ ދާއިރާ އިން އޭނާ ވަނި މަތީތައުލީމް ހާސިލް ކުރައްވާފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ ތަރައްގީކުރުމަށް އެޗްޑީސީ ފުރަތަމަ އުފެއްދީ ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓްގެ ނަމުގައެވެ. ސުހައިލް އެތަނާ ގުޅިވަޑައިގަތީ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ މަގާމަށް 01 އޭޕްރީލް 2001 ވަނަ އަހަރު އެވެ. އެޔުނިޓްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން ސުހައިލް ހުންނެވީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓްރީގައި ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ މަގާމުގަ އެވެ.

ހުޅުމާލޭގެ ތަރައްގީ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ސުހައިލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ފުރަތަމަ ހަވާލުވެވަޑައިގެންނެވީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ސުހައިލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ. މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އޭރު އޭނާ މީޑިއާގައި ވިދާޅުވީ އިސްތިއުފާ ދެއްވީ ބައެއް އަމިއްލަ ސަބަބުތައް ހުރުމުން ކަމަށެވެ. އެކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ސުހައިލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމާއި ހަވާލުވެ ވަޑައިގަންނަވާއިރު އެކުންފުނި އޮތީ ބަނގުރޫޓް ވެފައި ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަނުލް

    ތީ ގާބިލް ބޭފުޅެއް.

  2. India ލޯނު ފިތިފަ

    އެއް ސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވާއިރު ސަރުކާރު ބަނގުރޫޓު ވެފާއިވާ ވާހަކަ ނުދައްކާ ބަޔަކު ސަރުކާރަކާއި، ޙަވާލުވެފައެއްނެތް އަޅުގަނޑު ހިތަށް އަރަނީ ބަނގުރޫޓު ވެފައި އޮންނަ ސަރުކާރަކާއި،ޙަވާލުމިވަނީ ކީއްކުރަންބާވައޭ؟ މިކަހަލަ ވާހަކަ ތަކެއް ދައްކާފަ މިޙަވާލުވަނީ ރަށްޔިތުން ނައް އޮޅުވާލައިގެންވެސް ބޮނޑިވަރެއް ބައްކޮށްލެވޭތޯބާވައޭ؟

  3. މަސްވެިރިޔާ

    ސުހައިލް ވަރަށް ރަގަޅަށް މެނޭޖްކުރައްވާފަވަނީ ބަޓް އެއީ މިހާ ހަލަބޮލި ދުވަސްވަރެއްނޫން. ހުޅުމާލެ ބީޗް ޓުއަރިސްޓުން ބޭނުންކުރަންވަނީ ޒޯނެއް ކަނޑައަޅުއްވާފަ.. ނަމަވެސް ހިތާމަޔަކީ މިއަދުވެސް ވަރަށް ގިނަ ދޮން ދައްތަމެން ބިކިނީގަ އާންމުން އުޅޭ ސަރަހައްދުގައި އަތުރާލާފައި ތިބިތަން. ވަރަށް ގިނަ ކުޑަ ކުދިން ބީޗްގައި މިދުވަސްވަރުތިބޭ. ވަރަށް ޤަބޫލްކުރެވޭ ޑޭ ވަން އިން ފެށިގެން މުޅި ހުޅުމާލެ ސުހައިލްގެ ބެއްލެވުމުގެ ދަށުން ޤަވާއިދުތައް ހަރުދަނާ ކުރެވޭނެކަމަށް.

  4. ހުޅުމީހާ

    ހުޅުމާލެ ހަމައަކަށް އަޅުވާނެ ކަމަށް އުއްމީދު ކުރަން

  5. ޑުކާ

    ހުޅުމާލެ ތަރައްގީ ނުވެ ޖަންގައްޔެެއްހެން އޮވެ ، ހަމައެކަނި ރޭގަނޑު ނިދަންދާތަނެއްގެ ގޮތުގައޮތް އޮތުން ނިމުނީ ސިހައިލް ދިޔަފަހުން. އެއޫކުރީގެ ވިސްނުމާ ފަހުގެ ވިސްނުމުގެ ތަފާތު. ނަމަވެސް ފަހުން ފަހުން އެޗްޑީސީ ގޭންގު އައްޑާޔަކަށްބަދަލުކޮށްލީ. ސުހައިލްގެ ކެ÷ޭސިޓީ ހުންނާނެ. ވިސްނުން ބަދަލުކޮށްލަންވީ. ބިޒްނަސް ޕާސްޕޭކްޓިވްއަކުން މެނޭޖުކުރަންވީ.