އެހެން ސިޔާސީ ލީޑަރުންނަށް ކުރެވުނު ޝަރީއަތްތައް މުރާޖަޢާ ކުރެވުނު ފަދައިން، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ކުރެވުނު ޝަރީއަތްވެސް މުރާޖަޢާ ކުރަން ޖެހޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ޓްވިޓަރ މެދުވެރިކުރައްވާ ފުއާދު ވިދާޅުވީ ކުއްލި ގޮތަކަށް އަދީބު ޖަލަށް ގެންދިއުމުން، އެކަމާމެދު ސުވާލު އުފެދޭކަމަށެވެ.

"އެހެން ލީޑަރުންގެ މައްސަލަތައް މުރާޖައާ ކުރެވުނު ފަދައިން އަޙުމަދު އަދީބުގެ ޝަރީއަތްތައްވެސް މުރާޖަޢާ ކުރެވެން ވާނެކަމަށް ދެކެން. ކުއްލި ގޮތަކަށް އޮނަރަބަލް އަދީބު ޖަލަށް ގެންދިއުމުން ސަުވާލު އުފެދޭ." ފުއާދު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އީސީގެ ކުރީގެ ރައީސް ވިދާޅުވީ އެންމެންނަށްވެސް އިންސާފު ހޯދައިދިނުމަކީ ސަރުކާރު އޮތުމުގެ ބޭނުންކަމަށެވެ.

ފުއާދު މިހެން ވިދާޅުވިއިރު، ގިނަ އަހަރުތަކަކަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައި ހުރި އަދީބު، ގޭބަންދަށް ބަދަލުކޮށްފައި ހުއްޓާ މި ހަފްތާ ތެރޭގައި ވަނީ އަލުން ޖަލު ބަންދަށް ބަދަލު ކޮށްފައެވެ. މިކަމާ ގުޅިގެން އަދީބުގެ އަނބިކަނބަލުން ނަޝްވާ ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ ޑޮކްޓަރުގެ ލަފަޔާ ޚިލާފަށްކަމަށެވެ.

ހަމައެހެންމެ، އަދީބު ރައީސްކަން ކުރައްވާ އެމްޓީޑީ އިންވެސް ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ޑެއިލް

  ދެން އަންނަ ސަރުމާރަކުން މިހާރުދޫކުރި އެންމެންގެ މައްސަލަ މުރާޖާކުރާނެ.

 2. ޡަހީރު

  ފުވާދޫ ހޭބަހައްޓަ ބަލަ އެހެން ލީޑަރުންނާ އަދިބާ ހުރި ތަފާތު ބަލާބަލަ އަދީބަކީ ސަރުކާރުގެ އެތައްމިލިއަން ރުފިޔާއެއް ބޭނުންކޮއްފަ ހުރިމީހެއް ޔާމީނު ވެރިކަމަށް އައުމުގެ ކުރިންވެސް ފަޅުތައް ގަވައިދާ ޚިލާފަށް ވިއްކައިގެން ރީދޫ ކުދިން ވަރަށް ހަޅެއްލެވި އެހެން ލީޑަރުންގެ މިފަދަ ފައިސާގެ މައްސަލައެއް އެބަ އުޅޭބާ ފުވާދު އަޅެ ބަލާލަ ބަލަ ދެނ ކިހިނެއް އެހެން ލީޑަރުންނާ އަދީބާ އެއްވަރު ކުރެވޭނީ ކޮސް ނުގޮވާ

 3. އަދީބު

  އަދީބުގެ ބައްޔަކަށް ތިބުނާ ބައްޔަކީ ގްލައުކޮމާ. އެއީ ބައްޔެއް ކަމުގައި ވީނަމަވެސް ފުރާނައަށް ނުރައްކާވާ ބައްޔެއް ނޫން. އޭގެ އެންމެ ނުރައްކާތެރިކަމަކީ ފަރުވާ ނުކުރެވިއްޖެނަމަ ލޮލުގެ ފެނުން ގެއްލުން. ގްލައުކޮމާއަކީ ރަގަޅު ކުރެވޭ ބައްޔެއް ނޫން. އެކަމަކު އިތުރަށް ގޯސްވިޔަ ނުދީ ކޮންޓްރޯލް ކުރެވޭ ބައްޔެއް. އެހެން ވީމާ، ގްލައުކޮމާ ހުންނަކަން އެނގި، ބަރާބަރަށް ފަރުވާ ކޮށް ބޭސް އަޅަމުންދާނަމަ ލޮލުގެ ފެނުން ގެއްލުމަކީ ނާދިރުކަމެއް. އެހެން ކަމުން ގްލައުކޮމާ ހުރި މީހަކު ޖަލުގައި ހުރުމަކީ މައްސަލައެއް ނޫން. ގޭގަ ހުއްޓސް ނަޝްވާއަށް ކޮށްދެވޭނެ އިތުރުކަމެއް ނޯންނާނެ. އޭނާ ހުންނަން ޖެހޭނީ ޖަލުގަ. އަހަރެމެންގެ ލާރިތައް ކައިފަ އަދި ޕާރޓީ ހަދައިގެން އަހަރެމެން ޓެކްސްއަށް ދައްކާ ފައިސާ ކޮޅު އޭނާ ކެއަދީގެން ނުވާނެ.

 4. ާަަުުވެބްކެމް

  ބާރު ލިބުނު ދުވަހު ރައްޔިތުން ވަގަށް ނަގައި، ތިމާ ކުރިއަށްދާން އޮތް މަގު ސާފުކުރުމަށް އެތައްބަޔަކުމަރާލައިގެން ނަމަވެސް ކަންކޮށްލާ މީހުން ވެސް މިވަނީ ސިޔާސީ މީހުނަށް. ފުއާދޫ މިހިރީ “ކްރައިމްސް އެގެއިންސްޓް ހިޔުމަނިޓީ”

 5. އައްޓަމަސް

  މީހުންޖަލަށްގެންދާއިރު ދުވާލަކު ފޫޓަކަށް ގެންދޭ އޭރުން ކުއްލިޔަކަށް ގެންދިޔަކަމަކަށް ނުބުނެވޭން!

 6. ރާއްޖެ

  ފުއާދު އަށް "އޮނަރަބަލް"ގެ މާނަ އެނގިލައްވާތޯ؟

 7. ޔާމިން

  އެހެދީރަގަޅައް ކަލޭވެސްގެންދަންޖެހޭހާއިނެއް

 8. ޖޮއްބެ

  ހީވާގޮތުން މިވާގޮތަކީ މިހާރު އަދީބު އަތުން ރީނދޫ މީހުންނަށް މިވަގުތައްވާވަރަށް ލާރިކޮޅެއް ލިބުނީ. އެހެންވީމާ އަނެއްކާވެސް އަދީބުއަށް ޒާތީ މިނިވަން ކަމެއް ދޭންޖެހިގެން އެވާހަކަ ފުއާދު ލައްވާ މި ގޮއްވަނީ. ދެން ރީނދޫމީހުނަށް އެނގެން ވިއްޔޯ ފުއާދު އެބުނީ ތެދެކޭ. ދެން މާ ލަހެއްނުވެ ދޫކޮށްލަފާނެ.

 9. ނުރަބޯ

  އެއެއެއީ ތެދެއް. ކުއްލިއަކަށް ނުގެންދޭ. ގެންދަމުން ގެންދަމުން ގޮސް ގެންދޭ.

 10. ޙަސަނުބެ

  ހީ އިޒް ނޮޓް އިން ށިޔާސީ ކުއްވެރުންގެ ކްލާސް. ހީ އިޒް އަ ޑޭނަޖަރްސް ކްރިމިނަލް

 11. ހަސްންބެ

  މުޅި ޤައުމުގެ ބަޖެޓުން މިނިސްޓަރުން ތަކަކާ ސްޓޭޓް މިނިސް ޓަރުން ލަިގެން މުރާޖާ ކުރަނީ
  ދެން މުރާޖާ ކރަން ތިއްބާ މިކަން ނިމު މުން ދެން އަންނަ މީހުން މިހާރު ތިބި މީހުންގެ މުރާޖާ ކޮށް ކޮށްތިބޭ؛

 12. ރިޒާ

  މީދޯ މީނަ މާ އެންޑީޕީވެގެން އުޅެފަ ޕުރައިމެރީގަ ވާދަ ނުކިރު ސަބަބަކީ. ބުރޯ ބުނީ މޓޑގެ ފަރާތުން މަޖިލީހަށް ހިވާދޭނަމޭ.

 13. ޜަނާ

  ފުވާދު އެޕާޓީއާ ގުޅެން އުޅޭވަސް ހާދަ ގަދައަކަށްދުވަން ފަށައިފިޔޭ

 14. ފްރޯޑް ޓޯޕީ

  އަނހާ ކަލެއަށްވެސް ވައްކަމުގެ ރަހަ ލާފަ ހުރީ؟

 15. عبدالله

  ރައީސް ޔާމިނުގެ ވެރިކަމުގައި ފަޓާސްބަރިއެއްހެން

 16. عبدالله

  ރައީސް ޔާމީނުގެ ވެރިކަމުގައި ހިފައި ހައްޔަރުކޮށް ގޮޅިއަށްލާފައިވާ މީހުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުއާއި ނާއިބު ރައީސް އަޙްމަދު އަދީބުގެ އެއްވެސް ކަމަކާއި ރައީސް އިބޫގެ ސަރުކާރުން އެއްވެސް އަޅާލުމެއް އަދި އެއްވެސް ބަލައިލުމެއް ދީފައިނުވަނީ، ޒާތީ ޙަސަދައެއް އޮވެގެން ކަމަށް ބެލޭއިރު، މިރާއްޖޭގައި 33 އަހަރުގެ ޖަލުޙުކުމެއް އިއްވާފައިވާ މީހެއްގެ މައްޗަށް 33 މައްސަލަ ކޯޓުގައި ހިނގަމުންދާއިރު، މިއީ އެއްވެސް އިރެއްގައި މިރާއްޖޭގައި ހިނގާފައިނުވާ ޒާތުގެ އާދަޔާޚިލާފު މައްސަލަތަކެއްކަން ފާހަގަކުރެވެއެވެ.

 17. ރެކިފުތާ

  މުރާޖައާ ކުރެވޭނީ އެމިހެއްގެ ސިޔާސީ ފެންވަރު ހުރި ނިސްބަތަކުން. ކުރީގެ ރައީސް ނަޝީދު ގެ ކަންކަން މުރާޖައާ ކުރަން މަޖްބޫރްވީ އެ މަނިކުފާނު ގެ އެ ފެންވަރު ހުރުމުން. އެ މަނިކްފާނު ގެ ފަހަތުގައި ރައްޔިތުންނާއި ބޭރުގެ ނުފޫޒުގަދަ ބާރުތަކުން އެމަނިކްފާނު ހިމާޔަތް ކުރަންތިބުމުން. ޢެހެނެކޭކިޔާފަ އަދީބަކީ ކާކު ތޯ. ފުއާދުމެންގެ ސިޔާސީ އުރަތްޕެއް ނެތް ކަން މިކަމުންވެސް އެބައިނގޭ.

 18. menang ceme

  Remarkable! Its really remarkable piece of writing, I have got much clear
  idea concerning from this article. http://menangceme.net/ref.php?ref=HONEYLEMON

 19. menang ceme

  Remarkable! Its really remarkable piece of writing, I have got much
  clear idea concerning from this article. http://menangceme.net/ref.php?ref=HONEYLEMON