ވިލިމާލޭގެ މަގެއްގައި ދުއްވާފައި ދިޔަ ބަގީ ވޭނެއް ގަހެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތުގައެވެ.

މައުލޫމާތު ލިބުނު ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ވޭން ދުއްވަން އިން ޑްރައިވަރަށް އޮޅުމަކުން ނުބައި ފިއްތަކަށް ގަންބާލެވުމުން ބާރު ސްޕީޑުގައި ވޭން ގޮސް ގަހެއްގައި ޖެހުމުންނެވެ.

އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ގައި އަނިޔާވެފައިވަނީ ވޭން ދުއްވަން އިން މީހާއަށް އެކަންޏެވެ. އިތުރު އެއްވެސް މީހަކަށް އަނިޔާއެއްވެފައިވާކަމަށް މައުލޫމާތު ލިބިފައި ނުވެއެވެ. ޑްރައިވަރު ވަނީ އެކްސިޑެންޓްގެ ސަބަބުން ހޭނެތިފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނާރައެވެ. އެހެންނަމަވެސް، އޭނާއަށްވެސް އިތުރު އެހެން އެއްވެސް އަނިޔާއެއްވެފައި ނުވެއެވެ.

އެކްސިޑެންޓްގެ ސަބަބުން މީހަކަށް ގެއްލުންވެފައި ނުވިކަމުގައިވިޔަސް، ވޭން އަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިއަދުވަނީ ސިނަމާލެ ބުރިޖުގައިވެސް އެކްސިޑެންޓެއް ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    އަސްލު ޓަޔަރު ފާޅައިގެންދިޔައިމަ ކޮންޓޮރޯލް ނުވީ ، މަށަކަށް ނޭގެ މިމީހުން މި ޙަބަރު ހޯދަނީ ކިހިނެތް ކަމެއް، ބޯ ހަލާކު...