މިމަހުގެ 18 ވަނަ ދުވަހު އެމްޑީޕީއިން ބާއްވާ މަޖިލިސް ޕްރައިމަރީގައި ރަށްރަށުގެ ވޯޓް ފޮށިތައް ބަހައްޓާނީ އެރަށެއްގައި ހުންނަ އެޕާޓީގެ ހަރުގޭގައި ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަންގެ ފަރާތުން އިންތިހާބުގެ ކަންކަން ބެލުމަށް ހަމަޖެއްސި ހަތް މެންބަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ވަހީދު ވިދާޅުވީ، ރަށްރަށުގައި ވޯޓް ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ އެރަށެއްގައި ހުންނަ އެމްޑީޕީ ހަރުގޭގައި ކަމަށެވެ. އަދި ހަރުގެ ނުހުންނަ ރަށްރަށުގައި އިޖުތިމާއީ މަރުކަޒު ފަދަ ތަނެއް ހަމަޖައްސައި ވޯޓް ފޮށި ބަހައްޓާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

"ހުރިހާ ރަށެއްގައިވެސް ހަރުގޭގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައި މި ވަނީ. ހަރުގެ ނުހުންނަ ރަށްރަށުގައި އެހެން އިންތިޒާމެއް ހަމަޖައްސާނެ" ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގައި ކިއު ދިގުވެދާނެ ކަމަށް ބަލައި 300 މީހުންނަށްވުރެ ގިނަ މީހުން އެއް ފޮއްޓަކަށް ވޯޓްލާން ރަޖިސްޓްރީވެފައިވާނަމަ އެތަނަކުން އެއް ޑެސްކަށްވުރެ ގިނަ ޑެސްކް ބަހައްޓައިގެން ވޯޓް ލެވޭނެ އިންތިޒާމްވެސް ހަމަޖައްސާނެ ކަމަށެވެ.

އެމްޑީޕީން އަންނަ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަ ކުރަން ނިންމައި، އެދާއިރާތަކަށް ކުރިމަތިލާން ހުޅުވާލުމުން 86 ދާއިރާއަކަށް ވަނީ 280 މީހަކު ކުރިމަތިލާފައެވެ. އޭގެ ތެރެއިން ޕްރައިމަރީއަކާއި ނުލައި ވަނީ 9 ދާއިރާއަކަށް ޓިކެޓް ދީފައެވެ. އެހެންކަމުން 18 ވަނަ ދުވަހު ވޯޓުލުން ކުރިއަށް ދާނީ 77 ދާއިރާއެއްގައެެވެ.

އެމްޑީޕީން ބުނި ގޮތުގައި ޕްރައިމަރީގެ ވޯޓާސް ލިސްޓު މާދަމާ އިއުލާން ކުރާނެއެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 20:00 އަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސުރައްޔާ

  އޭ މިތިބަ ގަމާރުންނޭ! ޤަވްމު ހުއްޓި އިޤްތިޞާދު ފުޑުފުޑުވެ ތަރައްޤީ މަޑުޖެހި މުޅި ޤަވްމު ހަނާވަނީއެވެ. 2014 ފެށުނުއިރު ފަނަވަންކައިރިވެ އެއްވެސް މަރާމަތެއްވެސްނުކޮށްހުރި 145 މިސްކިތާ ، 219 ސުކޫލާ ، 123 އޮފީސް ޢިމާރާތް ރައީސް ޔާމީންގެ ވެރިކަމުގަ ވަނީ މަރާމަތުކޮށް އާބާތުރަ ފިލުވައިފައެވެ. ހުރިހާރަށަކަށް ފުދޭވަރުގެ ކަރަންޓް ގެނެސްދީ ރައްޔިތުންގެ އެތަކެއް އުދަގޫތައްވަނީ ޙައްލުކޮށްދީފައެވެ. އަލުން މިފެންނަނީ ތަންތަން ފަނާވެ ކަރަންޓު ނުލިބި ބޭސްނުލިބި ޑޮކްޓަރުން ނުލިބި ރައްޔިތުން ހާސްކަމެއްގެތެރޭގައި ވާތަނެވެ. އަދިވެސް ޕްރައިމަރީ ބޭއްވޭތޯ ބަލާށެވެ.

 2. މުހައްމަދު

  ނަޖިސް މޫނުތަކެއް މިތިބަ ފެންނަނީ

  • ބިލް

   ނަރަކައިގެ 3 ދަރުގަނޑު