ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުންނަށް ސިއްހީ ފަރުވާ ދިނުމަށްޓަކައި ހުޅުވުމަށް ނިންމާފައިވާ ކްލިނިކް މާދަމާ ހުޅުވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ވިލިމާލޭގައި ހުޅުވާ މި ކިލްނިކް ހުންނާނީ ފިޝަރީޒް މިނިސްޓްރީގެ އިމާރާތުގައެވެ. މި ކްލިނިކުން ހިދުމަތް ދޭނީ އެޕޮއިންޓްމަންޓު ދޫކޮށްގެންނެވެ.

އެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރާއިރު، ދޫންޏާއި ބުޅާފަދަ ޖަނަވާރުތައް ޕެޓުގެ ގޮތުގައި ރާއްޖޭގައި ގެންގުޅޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންގޮސްފައި ވެއެވެ.

އަދި މިފަދަ ކްލިނިކެއް ރާއްޖޭގައި ހުރުން މުހިންމުކަމަށް މިފަދަ ޖަނަވާރުތައް ގެންގުޅެމުން އަންނަ ފަރާތްތަކުން ފާހަގަކުރެއެވެ. ޖަނަވާރުތަކަށް ބޭނުންވާ ސިއްހީ ފަރުވާ ނުލިބޭތީ އެކަމާވެސް ވާހަކަދައްކާ މީހުން މަދެއް ނޫނެވެ.

މާދަމާ ހުޅުވާ މި ކްލިނިކް ހުޅުވާފައި ހުންނަ ދުވަސްތަކާއި ގަޑިތައް އަދި އަގުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކިޔާ

  އަލްޙަމްދުލިﷲ.އުފާވެރި ހަބަރެއް.

 2. ކެޔޮޅު

  ފުރަތަމަ ދިވެއްސަކައް ކަމެއް ކޮއްދެވޭތޯ ބަލަންވީނޫންތަ؟

 3. ހަރުފަ

  އާސަންދަ ލިބޭނެބާ؟؟

 4. ޤސމ

  އެހެންވީމަ ނަޝީދުގެ މައިބަދައާއި ގާސިމުގެ ހިތުގެ ބައްޔާއި އިމްރާނުގެ ބޭރަށްހިންގުމާއި މައުމޫނުގެ ދެބަންދިހާރުވުމާއި އަދީބުގެ ލޮލާ ކިޑުނީއަށް ރާއްޖެއިން ފަރުވާކުރެވޭނެއެއްނު މާދަމާއިން ފެށިގެން

 5. ސުންބުލި

  މި ކްލިނިކުން ކޯބްރާ އާއި ވެލެ ޒިނޭ އާއި އާނިޔާ މެން ފަދަ މީހުނައް ފަރުވާ ދިނުމައް ގޮވާލަން

 6. ކޫރު

  الحمد لله ކޮންފަދައުާވެރި ޙަބަރެއް. މަގޭ ދަރި ގޮވައިގެން ދާންވީ އަވަހަށް ތިތަނައް