އެމްޓީޑީ އިން މިއަދު ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

ސިޔާސީ ގޮތުން ބަހުސް ކުރެއްވުމަށް ވަޑައިގެންނެވުމަށް، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ ސީނިޔަރ ނައިބު ރައީސް އިސްމާއިލް އާސިފް، ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ އަށް ޗެލެންޖު ކުރައްވައިފިއެވެ.

މިއަދު އެމްޓީޑީން ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސް އެއްގައި އާސިފް ވިދާޅުވީ ޕާޓީގެ ނައިބު ރައީސްގެ ހައިސިއްޔަތުން، ސިޔާސީ މައިދާނުގެ ގޮނޑިއެއްގައި ވާހަކަ ދައްކާލަން އިށީންނަން ޗެލެންޖު ކުރައްވާކަމުގައެވެ.

"އެމްޓީޑީގެ އިސް ނައިބު ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު އިސްމާއިލް އާސިފް، ޝައިހް އިމްރާން އަށް މި ޗެލެންޖުކުރަނީ ސިޔާސީ މައިދާނުގަ މިތަނުން ގޮނޑިއެއްގައި މި ވާހަކަ ދައްކާލަން އިށީނަން ކެރެންޏާ އިށީންނަވާށޭ. އަޅުގަނޑުމެން ލައްކަ ސުވާލުކޮށްފަ، ލައްކަ ޖަވާބު ދޭނަމޭ އިނގޭތޯ" އޭނާ ވިދާޅުވިއެވެ.

އާސިފް މި ޗެލެންޖު ޝައިޚް އިމްރާން އަށް ކުރައްވާފައިވަނީ ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަޙުމަދު އަދީބު ގޭ ބަންދުން ޖަލު ބަންދަށް ބަދަލު ކުރި މައްސަލައިގައި އިމްރާން އިތުރުފުޅު ހައްދަވާފައިވާކަން ފަޅާ އަރާފައިވަނިކޮށެވެ.

މީގެއިތުރުންވެސް، އާސިފް ވަނީ ގިނަ ސުވާލުތަކެއްވެސް ކުރިމަތި ކުރުވާފައެވެ. އެގޮތުން ޑޮކްޓަރުންގެ ލިޔުމަށް އިމްރާން ޖަވާބު ނުދެއްވަނީ ކީއްވެގެންތޯއާއި އަދީބު ޖަލަށް ގެންދަން އައި ގަޑިއާ ބެހޭގޮތުންވެސް ސުވާލު އުފައްދަވާފައިވެއެވެ.

"ހަމަ އެއްވެސް ތަފާތެއް ނެތް. ރޭގަނޑު ގަނޑިއެއްގައި އައިސް މި ގެންދަނީ ގޭ ބަންދުގައި ހުރި މީހެއް. ރަސްމީ ގަނޑީގަ ވެސް ގެންދެވޭނެ ނޫންތޯ؟ ކީއްވެގެންތޯ ރޭގަނޑު ވަކި ގަނޑިއެއްގައި އައިސް ގެންދަން ޖެހެނީ. ޑޮކްޓަރުންގެ ލިޔުމަށް ކީއްވެގެންތޯ އިމްރާން ޖަވާބުދޭން ނޫޅެނީ" އާސިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަލެއަށް ވެސް ޗެލެންޖެއް އެބައިން. ނިކަން ހޯދަދީބަލަ އަދީބު ކައިގެން ހުރި ލާރިތައް

  2. ޢަދީބު ލާރިއެއް ނުކައި . ޢެއީދޮގެއް .

  3. އާސިފް ކިތަންމެރުޅިއަޔަސް ކުއްވެރިންތިބެންވާނީ ޖަލުގަ މިހާރުޑޮކްޓަރުންގެ އިހްސާސްތަކަކީވެސް ފައިސާއިންގަނެލެވޭއެއްޗަކަށްވެފަމިއޮތީ އެހެންވީމަ އެންމެޓޮކްޓަރެއްގެބަސް ގަބޫލުކުރުމަކީ ހެޔޮވާވަރުގެކަމެއްނޫން ފުރަތަމަ މިސާލަކީ އަންނި ދެވަނަ ގާސިމް މިހިރީކަނޑައެޅިގެން ނުބައިމަޢުލޫމާތުގެމައްޗަށް ބިނާކޮށް ފައިސާގެނުފޫޒުން ނިންމިނިންމުން