ރާއްޖެއަށް މީޓަރު ޓެކްސީ ތައާރަފް ކުރަން ނިންމައިފިއެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ވީހާވެސް އަވަހަށް މީޓަރު ބޯޑު، ޓެކްސީތަކުގައި ހަރުކުރުމަށް ނިންމާފައިވާ ކަމަށާއު، ޓްރާންސްޕޯޓް އިންވެސް އަދި އާއްމުންވެސް ބޭނުންވަނީ އެގޮތް ކަމަށެވެ.

"އަޅުގަނޑުމެން ބޭއްވި ފޯރަމުގައިވެސް ގިނަ ރައްޔިތުން ބޭނުންވީ ޓެކްސީތަކުގައި މީޓަރު ހަރުކުރަން. މިސަރުކާރަކީ ރައްޔިތުންގެ ބަސް އަހާ ސަރުކާރެއް. އެހެންކަމުން އަޅުގަނޑުމެން މި ނިންމީ އެގޮތައް" މިނިސްޓަރު ނަހްލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ޓެކްސީ މީޓަރު ހަރުކުރަން އަދި ވަކި ތާރީހެއް ނިންމާފައި ނުވާ ކަމަށެވެ ނަމަވެސް އެކަން ނިންމަވާނީ މަޝްވަރާކޮސް އެންމެނަށްވެސް ފަސޭހަވާނެ ގޮތެއްގެ މަތިން ކަމަށެވެ.

ސިނަމާލެ ބުރިޖު ހުރަސްކޮށް ހުޅުލެއަށްވެސް ހުޅުމާލެއަށްވެސް މިހާރު އާއްމުކޮށް ދަތުރެއް ކޮށްދެނީ 100 ރުފިޔާއަށެވެ. ޓެކްސީތަކުން ބުރިޖު ހުރަސްކޮށް ކުރަމުންދިޔަ ދަތުރުތަކަށް ބޮޑެތި އަގުތައް ނަގަމުންއައި މައްސަލާގައި ފުލުހުން ޓެކްސީތައް ހުއްޓުވަން ނުކުތުމުން ޑްރައިވަރުން ވަނީ ބުރިޖު ދަތުރުތައް ހުއްޓާލާ އިހުތިޖާޖު ކޮށްފަ އެވެ. އަދި ޓެކްސީ ތަކުގެ އަގު ކަނޑައެޅުމަށް މިފަހަކުން ވަނީ ފޯރަމެއްވެސް ބާއްވަފައިފައެވެ.

ޓެކްސީތަކުގައި މީޓަރު ހަރުކުރިއަސް މާލޭ ސަހަރައްދުގައި ދަތުރު ކުރާ އަހު 25 ރުފިޔާއަށް ވުރެއް ބޮޑު ނޫން ގޮތެއްގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީއިން ވިދާޅުވެއެެވެ.

ޓެކްސީތަކުގައި މީޓަރު ބޯޑު ހަރުކުރުމަކީ ތަރައްޤީވެފައިވާ ބައެއް ގައުމުތަކުގައްޔާއި އަދު ތަރައްޤީވަމުން އަންނަ ބައެއް ގައުމުތަކުގައި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ،

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ޢަލީ ނާޞިރު

  ޓިކަމާވެސް ޓެކްސީ ޑްރައިވަރުން އިހްތިޖާޖް ކުރާނެ ތޯއްޗެއް.....

 2. ބޯ

  މީޓަރ ހަރުކުރީމަ ޓެކްސީ ޑްރައިވަރުން ތަނަކަށް ދެވެން އޮންނަ ކުރު ގޮތުގެ ބަދަލުގަ ދިގު ގޮތަށް ނުދާނެބާ؟ ގިނަ ޑްރައިވަރުން ތީ ވަރަށް ވިޔާނުދާ ބަޔެއް

 3. ??

  ސާބަހޭ އައިޝާ މެޑަމް

 4. މާމިގިލީ މީހާ

  ދެން ޑުރައިވަރުން ދުއްވާނީ ދުރު މަގުމަގުން. ކިތައްމެ ކައިރީ ތަނަކަށް ދާން މީހަކު އެރިޔަސް. ހަމަ ހަދާނީ ހުސް މަކަރު..ހަމަ އިންޑިޔާ އާ ލަންކާގެ ޑުރައިވަރުން ހަދާ ކަހަލަ މަކަރޭ ހަދާނީ.. ބަލަ ރައްޔިތުންނައްށޭ މިގޭ ހަސްކާ އޮތީ. ރާއްޖެތެރޭގެ ރައްޔިތުންނަށް.. މިނިސްޓްރީން ވިސްނާންޖެހޭ.

 5. ޑުރައިވަރެއް

  މިސަރުކާރު ގެނެވުނީތީ ހިތާމަކުރަން. ހެސްކިޔާފަ ތާއީދުކުރީތީ ހެސްކިޔާފަ ދޯކާ މިދިނީ.

  • ޕާޓޭ ގެ ޑެޑީ

   ކަލޭ ބޭނުންހާ ކަމެއް ނުވާނެދޯ

 6. ބބ

  މީޓަރުބެހެއްޓުންލަސްވެސްވެއްޖެ ލިބޭމިންވަރައް
  އީމާންނުވާމީހުނައް ކޮންމެވެސްހަންލެއްބޭނުންވާނެ

 7. ޒާ

  ތީ ވެސް ރަނގަޅު ކަމެއް. އެކަމަކު ހިތަށް އަރަނީ ދެން ހާދަ މަގު ދިގުކުރާނޭ.

 8. Anonymous

  ޑްރައިވަރޫ ދެން ބާރައް އަތްޖަހާ

 9. އިންސާފު

  އައިށާ ވަރެއްނެތް

 10. ދޮންމޮހޮނު

  ތިން މާލޭގައި ކުޔަށް ދޭ ތަންތަނުގެ ކުލި ކޮންޓްރޯލު ކުރަން ކެރޭނެބާ؟ ނުކެރޭނެ

  • މާލޭ މީހާ

   މާލެ ނާރާ ރަށުގަ އޮވެބަލަ.

  • މާލެ އަހަންމަދު

   ނިކަން ބެންކުން އިމާރާތް ކުރަން ދޫކުރާ ލޯނު ތަކުގެ އިންޓްރަސްޓް އަދި އިމާރާތް ކޮއްދޭ އަގުތައް ކުޑަ ކޮއްދީބަލަ...ޕްލީޒް

 11. ވގ

  ހަހާ ހިހާ މީޓަރުހަކުރަނިއްޔޯ

 12. ޢިއްބެ

  ޥަރަށް ރަނގަޅު ނިއްމުމެއް ސަރުކާރަ ކީސަރުކާރު
  ކޮއޮމެހެން ނުޖޭ އިހްތިޖާޖް ކުރާހާ ބަޔަކައް ތަބާވާކަށް
  ޟަގު ދިގުވާ ގޮތަށް ދަތުރު ކޮއް ހެދީމަ އަޅާނެ ފިޔަވަޅެއް ވެސް ގަވާަިދުގަ އޮތުން ރަނގަޅު އަދި ޓެކްސީ ދްރައިވަރުން ޔުނީފޯމްވެސް ލާން މަޖުބޫރު ކޮއް ގަވާއިދު ހެދުން ވަރަށް މުހިއްމު
  ޚޮއްމެހެން ސަރުކާރު ގެއްނަން ތާއިދު ކުރީމައޭ ކިޔާފަ ނުޖެހޭ ދޫދޭ ކަށް
  ޓެކްސީ ޑޮރައިވަރުންގެ އަހުލާގް އާއީ ސުލޫކް އަށް ވެސް ބަލާފަ އަދަބާ ހިލާފް ވީމާ ދޭނެ އަދަބެއްވއސް ގަވާއިދުގަ އޮތުން މުހިއްމު

 13. ޟާމިންސަ

  ދެން އެއާޕޯޓް ޓެކްސީ ކޮންއިރަކުތޯ

 14. ޓެކްސީ

  މީޓަރ ޓެކްސީ ތައާރަފް ކުރިއަށް ޓެކްސީ ޑްރައިވްރުން އާންމުނަށް ދަތުރު ކޮށްދޭނީ އެޑްރައިވަރަކު ހިތައްއެރި އަގެއްގައި.

 15. ކޮބާ

  ރީތި ވެއްޖެނުން އޭރުވެސް މަޑުން ތިބިނަމަ ....

 16. މޮހަނު

  މި ޤައުމުގަ މިހާރު ޓެކްސީ ދުއްވާތޯ! ޓެކްސީ އެއް ވެއްޖެއްޔާ އޭގައި ދަތުރު ކުރާ މީހުންގެ ޙައްޤުތައްވެސް ޙިމާޔަތް ކުރެވެން ވާނެ، އެއްތަނުން ދަތުރު ނަގައިގެން އެދަތުރު ނުނިމެނީސް އަނެއް ތަނުން މީހުން ނަގާއިރު އޭގައި ދަތުރު ކުރާ މީހުންގެ ޙައްޤު ކޮބާ! މިގޮތަށް އެއް ދަތުރު ނުނިމެނީސް އަނެއް ދަތުރު ނަގާއިރު މީޓަރ ބޭނުން ކުރާނީ ކިހިނެތް! ސްޓޮޕް ވޮޗް ބޭނުން ކުރާހެން ބޭނުން ކުރެވޭ މީޓަރ އެއް ބަހައްޓަން ޖެހޭނީ

 17. މޫސާ

  މީޓަރު ފެށޭ ޢަދަދަކީ ދިވެހި -/25 ރު. އަށް ވެއްޖެއްޔާ އެއީ އެމެރިކާގަ ނަގާ އަގާ އެއްވަރުގެ ބޮޑު އަގެއް. ލަންކާގައި ޖެހެނީ ދިވެހި 5/50 ރު.، ބެންކޮކް ގައި ޖެހެނީ ދިވެހި 16/60 ރު.

 18. ޕާޓޭ

  ތިކަން ކުރަން މާ ލަސްވެއްޖެ. އެހެންޏާ، މި

  މީހުން ކުލި ދައްކަޔޯ، ކާން ބޯން ޖެހެޔޯ 4ކޭ..

  ބަލަ އެއަށް އަރާ ކަސްޓަމަރު މީހާވެސް އެ

  ހުރިހާ ކަމެއް ކުރަންޖެހޭ.ޓެކްސީ ތަކުން ނަގާ

  އަދަދު ބޮޑު ކުރިއޭ ކިޔާފަ އަހަރުމެންގެ މުސާރަ

  ވަކި ބޮޑެއް ނުވޭ.

 19. އައިކުޑް

  ހެލްމެޓް އަޅަން މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އޯ މޭން އިބޫގެ ވެރިކަމުގައި ރައްޔިތުންނަށް ޖެނުއިން ކޮށް ކަމެއް ކޮށްދެވޭތޯ ބަލާކަމުގެ ފީލިންގްސް މަމެން ނަށް ފީލް ވާން ފަށައިފިއޭ މަމެން އުއްމީދުކުރަމޭ ކެނެރީގެ ނަޝީދުގެ ޕަޕެޓަކަށް ވެގެން އޭނާ ބުނާ ގޮތަށް ނަހަދާނެ ކަމަށް އިބޫ އައި ރިއަލީ ލައިކް އިޓް އޯއް އައި އޭމް ސޯ ސޮރީ އައި އޭމް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި..

 20. އައްޑޫސިޓީ

  ވަރަށް ރަނގަޅު ނިންމުމެއް.