ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމާއި ދެކޮޅު ހަދަނީ ބައެއްގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނާތީ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންއަށް ޕީއެންސީއިން ހުށަހެޅި 4،000 ފޯމް ތަކުގައި މައްސަލަ ހުރި ކަމަށް މިއަދު އިލެކްޝަންއިން ވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަވާ ޚަލީލް ވިދާޅުވީ ޕީއެންސީއަކީ އިންޤިލާބީ ބަދަލުތަކެއް ގެންނާނެ ޕާާޓީއެއް ކަމަށާއި އަދި ބަޔަކު އެޕާޓީއާ އުފެއްދުމަށް ހުރަސް އަޅާނީ އެފަރާތްތަކުގެ ސިޔަސީ ޙަޔާތް ނިމުމަކަަށް އަންނާތީ ކަމަށެވެ. އަދި ޕީއެންސީގެ ވިސްނުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފެތުރެމުން އަންނަ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ޕީއެންސީއަކީ ރާއްޖޭގެ ސިޔާސީ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ޕާޓީއެއް. މިޕާޓީ އުފެއްދުމާއި ދެކޮޅަށް ބަޔަކު މަސައްކަތް ކުރަނީ އެފަރާތްތަކުގެ ސިޔާސީ ޙަޔާތް ނިމުމަކަށް އަންނާތީ. ރާއްޖޭގެ ކަންކޮޅުތަކުގައި ޕީއެންސީގެ ވިސްނުން ހަލުވިކަމާއެކު ދަނީ ފެތުރެމުން" ޚަލީލް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

މިއަދު އިލެކްޝަން ކޮމިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ޕީއެންސީ އުފެއްދުމަށް ހުށަހެޅި ފޯމްތަކާއި ގުޅިގެން ޝަކުވާ އަންނަމުންދާ ކަމާށާއި، ޕާޓީ އުފެއްދުމަށް ހުށަހެޅުމުން އެފަދަ ގޮތަކަށް މީގެ ކުރިން ޝަކުވާ އައިސްފައިނުވާ ކަމަށެވެ. އެހެންކަމުން އެ ފޯމުތައް އެއީ ސައްހަ ފޯމުތައްކަން ބެލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިހާން

    ވަގުން ގެ ޕާރޓީ

  2. އަބްދުއްލާ

    ވަގުންނާ ޚާއިނުންނާ ، ޚިޔާނާތްތެރިންނާ، މުޖްރިމުން ބާޣީނާ އެބަސީތަކަށްވަދެފިލާ

    ފިނޑިން ފެންނާނެ . ތާރީޚް ރިސާޗެއް ކޮލައިފިއްޔާ. ނުވެސްކެރޭނެ މިކަންކުރާކަށެއް

    ތިއެއްޗިހިންނަކަށް .