އިސްލާމީ ޝަރީޢަތުގެ އަސްލަކުން ސާބިތުވާ އެއްވެސް ޙުކުމަކަށް އިންކާރު ކުރާކަން ފާޅުވެފައިވާ މީހަކު އިސްލާމީ ޤައުމެއްގެ ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ކެމްޕެއިން ކުރުން ހުއްދަވެގެން ނުވާކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެކިއެކި ދާއިރާތަކަށް ގިނަ ބަޔަކު ކެމްޕެއިން ފަށާފައިވާއިރު ޝައިޚް ސަމީރު ރޭ ކުރެއްވި ޓްވީޓުގައި އިތުރަށްވިދާޅުވެފައިވަނީ ﷲ ގެ ޝަރީޢަތުގެ ޙުކުމަކަށް އިންކާރު ކުރާމީހަކަށް ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ކެމްޕެއިން ކުރުމުގެ އިތުރުން އެފަދަ މީހަކަށް ވޯޓު ދިނުންވެސް ހުއްދަވެގެން ނުވާކަމަށާއި ޤާނޫނުއަސާސީ ބުނާގޮތުން ވެސް އެފަދަ މީހަކު ރައްޔިތުންގެ މަޖިލީހަށް ޝަރުތު ހަމަވެގެން ނުވާކަމަށެވެ.

”އިސްލާމީ ޝަރީޢަތުގެ އަސްލަކުން ސާބިތުވާ އެއްވެސް ޙުކުމަކަށް އިންކާރު ކުރާކަން ފާޅުވެފައިވާ މީހަކު އިސްލާމީ ޤައުމެއްގެ ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ކެމްޕެއިން ކުރުމާއި ވޯޓު ދިނުން ހުއްދަވެގެން ނުވެއެވެ. ޤާނޫނުއަސާސީ ބުނާގޮތުންވެސް އެފަދަ މީހަކު ރައްޔިތުންގެ މަޖިލީހަށް ޝަރުތު ހަމަވެގެން ނުވެއެވެ." ޝައިޚް ސަމީރު ކުރެއްވި ޓްވީޓުގައި ވެއެވެ.

ޝައިހް ސަމީރުގެ ޓްވީޓްގައި ހިމަނުއްވާފައިވާ ލިޔުމެއްގައި ވަނީ "އިސްލާމްދީނުގެ އަޞްލު" ކަމުގައި ބުނެފައި އެވަނީ ކީރިތި ޤުރުއާނާއި މަތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިވާ ނުވާ ޝަރުޢީ އުޞޫލުތަކާއި މުދެއަޞްލުން ދޭހަކޮށްދޭ އުޞޫލުތަކަށެވެ.

"އިސްލާމީ ޝަރީޢަތް" ކަމަށް ބުނެފައި އެވަނީ، ކީރީތި ޤުރުއާނާއި، ސުންނަތުގައި ޖިނާއީ، މަދަނީ، އަލްއަހްވާލުއްޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުންނަތި ވަލް ޖަމާޢަތުގެ އިލްމުވެރިން ބުރަވެ ވަޑައިގަންނަވާ ގޮތަށެވެ.

ދީނުގެ އަސްލަކަށް އިންކާރު ކުރާމީހަކަށް ވޯޓު ދިނުން ހުއްދައެއް ނޫން ކަމަށް ޝައިޚް ސަމީރު ވިދާޅުވިއިރު ވަކި މީހެއްގެ ނަން ފާހަގަ ކޮށްފައި ނުވި ނަމަވެސް ފަހަކަށް އައިސް ބައެއް މީހުން ގެންދަނީ ވަރަށް ފާޅުގައި އިސްލާމްދީނުގެ ބައެއް އަސްލުތަކަށް މީސް މީޑިއާގައި ދެކޮޅު ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ޝައިބާ

  މިފަހަރު އިރާދަ ކުރެއްވިއްޔާ ލާދީނީ މީހަކައް ނުވަތަ ދީނުގެ އަސްލަކާއި މެދު ސުވާލު އުފައްދާފައި އެއްވެސް އިރެއްގައި ވާހަކަ ދައްކާފަ ހުރި އެއްވެސް މީހަކަ ދީނުގެ ހައްގުގައި ވޯޓެއް ނުލާނަން. ނުލާނަން އެފަދަ މީހަކައް ވޯޓެއް.. ތަކުރާރުކޮއް ބުނަން އެފަދަ މީހަކަ އެއްވެސް ވޯޓެއް ނުދޭނަން. ވޯޓު ހޯދަން ގެޔައްވެސް ނާންނާތި.

  • ސޮބާ

   ތިޔަފަދަ ދަރިން މިޤައުމުގަ ގިނަކުރައްވާށި. އާމީން

 2. ޖިންނި

  އީ ސީ ގައި އެތިބަ ޚާއިނުން ތިއްބާ މުރުތައްދު ވެލިޒިނީ ކުރިމަތިލިޔަސް އޭނަ ހޮވޭނެ

  • އެޑަމް

   ބަލަގަ އީސީ އަކުން ނޫނޭ ވޯޓްލަނީކީ، ރައްޔިތުން ކުރިމަތީގަ އެންމެނަށް ފެންނަގޮތަށް ހުންނަ ދެފުށްފެންނަ ފޮށްޓަކަށް ވޯޓްލާފަ ރައްޔިތުންނާ ކެމެރާ ކުރިމަތީގަ ކަރުދާސްތައް ނަގާ ގުނަނީ،،،،، ޔާމީން ބަލިވީމަ ހަޖަމް ނުވެގެން ތިއުޅެނީ، ޔާމީން ބަލިވާނެ މިފަހަރު މަ ނިކުތްނަމަވެސް.. އަނިޔާވެރިކަމާއި، ކޮރަޕްސަން އިންތިހާއަށް ދިޔައިމަ ނިކަމެތި ރައްޔިތުން ވޯޓެއް ނުލާނެ، ވަގިތީ މަންފާއެއް ލިބޭ މީހަކު މޮޔވެގެން ވޯޓް ލިޔަސްވެސް

   • ފަރުމާ ނަސީމް

    އެއްވެސް ގޮތަކުން ސާބިތުނުހިފޭ ކަންތަކެއް ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވާ ބަދޔނާމްކޮށް ދިވެހި ރައްޔިތުން ގެ ސިކުޑިޔާ ކުޅެލައިގެން ރައީސް ޔާމީންގެ ވެރިކަން ވައްޓާލީ. ޢެވެސް އެތައްގޮތަކުން ވައްޓާނުލެވި އޮއްވާ. އެމަނިކުފާނު އަވަހާރަކޮށްލަން މަސައްކަތް ކުރެވުނު. ބޭރުގެ އެހީގައި ސަރުކާރުވައްޓާލެވޭތޯ ގައުމުތަކުގައި ސަލާމްޖެހި. ޝަރުޢީ ދާއިރާ ގަނެލައިގެން މަސައްކަތް ކުރެވުނު. ދިވެހިގައުމީ ދިފާއީ ބާރުތަކަށް ނުފޫޒް ފޯރުވައިގެން ވޭތޯވެސް ބެލުނު. 
    އެންމެފަހުން ﷲ ސުބްހާނަހޫ ވަތަޢާލަގެ ނިންމެވުމާއި އެއްގޮތަާށް ސަރުކާރުވެއްޓުނެއްކަމަކު، ހަޖަމްނުވެގެނެއް އަޅުގަޑުމެން ނޫޅޭތީ ވެރިކަން ވެއްޓުމުން ފަހުދުވަހު ރައްޔިތުން ލައްވާ ގައުމު ހުޅުޖަހާ މަންޒަރު ނުފެނުނީ. ﷲ ގެ އިރާދަފުޅުގައި ކަޑައެޅިފައިވާ ވަގުތު އައިސް ޖެހުމުން ހައްގަށް ނަސްރުލިބޭނެކަން ޔަގީންކޮށްގެން މިތިބީ. والله اعلم

 3. ލިންލިން

  ދީނުގެ އަސްލަކަށް އިްނކާރު ކުރާ މީހަކު އަދި ނުފެނޭ މަޖިލީހަށް ލައިގެން އުޅޭތަނެއް.. އެހެނެއް ނޫން ވަރަށ ްފާޑު ފާޑުގެ ސުވާލުތައ ްކުރާ މީހުން އެބަފެނޭ.. ދީނީ އިލްމުވެރިން ގާތު ކަމެއް އޮތް ގޮތް އޮޅުން ނުފިލާތީވެ ސާފުކޮށްދޭށޭ ތިމަންނައަކަށް ސާފެއް ނުވެއޭ މިވެނިކަމެއް ނޫނީ އިލްމުވެރިން ވިދާޅުވާއެއްޗެއް މިފަދަ ގޮތަކަށް އެހުންވެސް އެއީ ދީޏުން ބޭރުވުންތޯ ނޫނީ ހުކުމަކަށް އިންކާރުކުރުންތޯ؟

  • ފޯއްބެ

   އަންނި! ލޮލުން ބެލީމަ ފެންނާނެ އިތުރަށްވެސް...

   • ހެޕީ

    އަޅޭ ލިންކެއް ނޫނީ އޯޑިއޯ ވީޑިއޯ ކޮޅެއް ޝެއަރކޮށްލަބަލަ އަންނި ބުނަނިކޮށް ކަނޑައެޅިގެނަ ތިމަންނަ ދީނުގެ މިވެނި އަސްލެއް ޤަބޫލެއް ނުކުރަމޭ އިންކާރުކުރަމޭ....

  • އަލީ

   ނުން.. ދީނުގަ އޮންނަ ގޮއި އޮޅުންފިލުވަން ސުވާލުކުރުމަކީ ދީނުންބޭރުވުމެއްނޫން. އެކަމަކު އެކަމަކު އޮޅުން ފިލުވާދިނީމަ އެކަމަށް އިންކާރު ކުރުމަކީ ދީނުން ބޭރުވުން

 4. ކަހެރުވައް

  ކޮބާ ތިޔަ ބުނާ އަސްލަކީ؟

  • އަލީ

   ގުރުއާނާއި ސުންނަތުން ސާބިތު ވާ ކަންކަން އެއީ އަސްލަކީ. އޭގެ ކަމަކަށް އިންކާރު ކުރުމަކީ ދީނުން ބޭރުވާނެ ކަމެއް.

  • ޢަސްލު

   ޢަސްލު ކަލެއްއެގޭގެ ގިޔާމަތް ދުވަހުން

   • ދަރިވަރު

    އޭގެ ކުރީން ކަލޭ އޮޅުންފިލުވާ ދޭން ވެއްޖެއެއްނު؟

  • އެނަ މީނަ

   ކަހެރުވަކަސް ދަންނަވާލަން. މުސްލިމަކަސް ފުދޭވަރަށް އިސްލާމް ދީން ދަސްކުރޭ. އޭރުން އެނގޭނެ އިސްލާމް ދީނުގެ ޙުކުމްތަކާ އެ ޙުކުމް ތަކުގެ އަޞްލުތައް.

 5. ެެެެެބބބބބ

  އީވާ އަށް ވޯޓު ގޭކަން ނުވާނެ

 6. ފަންސުރު

  ފިތުރަތުގެ އުސޫލުން ރާއްޖެ ތަރައްގީ ކުރަން ތިއްބާ މިއޮތް އަރާ ކަނީނު؟ އަވަސްގޮތަކަށް މިކަންތަކާ ކުރިމަތިލާނެ ބަޔަކު ނުކުމެ މި ޖަހާލަތުން ރާއްޖެ ސަލާމަތްކޮށްދޭން ވެއްޖެއެއްނޫންތ؟

 7. އަހުމަދުބެ

  މަޖްލީހައް ކުރިމަތި ލާމީހުންގެ ތެރެއިން އެއީ ކޮން ބައެއް ކަން އެނގެން ބޭނުމެވެ.

 8. ސަޕްނާ

  ކޯޕެންހޭގް ގައި އަލްޓަރނޭޓިވް ގޮތެއްނުފެނިގެން ރަސޫލާގެ ސުއްނަތަށް ޖޯކްޖެހި ވެއްޓުނު ރައީސް ދެއްކިވާހަކަ މަތިން ހަނދާންވަނީ.

 9. އިބޫ

  ވަގުންގެ ފަހަތުގަ ތިބުމަކީ ކޮންކަހަލަ ކަމެއްތޯ؟

 10. ސަމާސާ

  ބަންނި އާއި ޅަދިޔާނާ އަކީ ފާޅުގައި ދީނީ އަސްލު ތަކަށް ދެކޮޅު ހަދާމީހުން.

 11. Anonymous

  އަލްޙަމްދު ﷲ

  މިއަޅާއަށް ހެޔޮގޮތް މިނ

 12. އަލީ

  އަންނި އަކީ ފާޅުގަ ދީނަށް ފުރައްސާރަ ކުރާމީހެއް އެއޮތީ މިފަހަރު މަޖިލީހަށް ކުރިމަތިލާފަ

 13. muslim

  ސަމީރު، މި ރާއްޖޭގައި އިސްލާމީ ޝަރިއަތާއި އެއްގޮތަށް ކުރަނީ ﷲ ބާވައިލެއްވި ކޮން ހުކުމުފުޅެއްތޯ ބުނެދީފާނަންތޯ؟ ﷲ ގެ ހުކުމް ތަންފީޒު ކުރުމަށް ނުވަތަ އެ ހުކުމްފުޅު ޤާނުނަކަށް ހެދެނީ ތިޔަ ކުފުރު ރައްޔިތުންގެ މަޖިލީހުން ހުއްދަ ދިނީމަތޯ؟ ތިޔަ ރައްޔިތުންގެ މަޖިލީހަކީ ﷲ ބާވައިލެއްވި ހުކުމްފުޅުތައް އަމިއްލަ އެދުމަށް ބަދަލުކުރާ ތަނަކަށްވާއިރު އެ މީހުން ހޮވުމަށް ވޯޓު ދިނުމަކީވެސް މިހާ ކުފުރުވާ އަމަލެއް ކަމުގައި ހަދުމަފުޅުކޮށް ތިޔަ ހުރިހާ ލޮބުވެތި އަހުންނާއި އުހުތުންނަށް ދަންނަވަން

 14. ބަކުރުބެ

  ވަކި ދީނުގެ އަސްލަކާ ޚިލާފުވާތީއެއް ނޫން. ހައްދުފަހަނެޅީން ބިރުގަންނަނީ އެއްބަޔަކު އެމީހުންގެ އަސްލިއްޔަތު ފަޅާ އަރުވައި ބޭޒާރު ކުރާތީ.

 15. އައްޔޯ

  ސަމީރުގެ ޚިޔާލުގެ މައްޗަށް ލިޔެފައިވާ ސިޔުމުގެ ސުރުޚީ ގައި އެބުނާވާހަކަ އަކީ 100 ވާހަކައެއް، އެފަދަ މީހަކަށްމަށެއް ވޯޓެއް ނުދޭނަން. ބައްޕަ ކަމަށްވިޔަސް މަންމަ ކަމަށްވިޔަސް ރައްޓެއްސަކަށް ވިޔަސް ގުޅޭ ޕާރޓީގެ މީހަކަށްވިޔަސް.

 16. މައުމޫން

  ނަމާދުގަ އައްތަހިޔާތުގަ އެއްއިނގިލި ހަލުވާތީ އެކަކައް ވޯޓްލާންޖެހޭ ސަބަބު ކަމައްބުނި މީހަކީ ކާކު؟