ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ އަޅުގަނޑުމެންގެ ޤައުމުގައި އަމާންކަން ދެމިގެން ނުދާނެކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުފުޅުތަކުގެ ތެރެގައި ހިމެނޭ، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު އަމީނިއްޔާ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މީގެ ކުރީގައި ދިވެހި ސަރުކާރުން ނުކުރާވަރުގެ ހޭދައެއް މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް އާއި މިނިސްޓަރ އައިޝަތު ބައިވެރިވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިލްމު އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ، މުދައްރިސުންގެ އަޑުއަހައި، މައިން ބަފައިންގެ ބަސްއަހައި، ފިލާވަޅުތަކަށް ޝައުޤުވެރިން ބަހައްޓައި، ފަސްވަގުތު ނަމާދުކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރާ ކުދިންތަކަކަށް ވުމަށް ހުރިހާ ދަރިވަރުންނަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅަށްފަހު، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އަމީނިއްޔާ ސްކުލްގެ ދަރިވަރުންނާއެކު ހެނދުނުގެ ނާސްތާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކަހެރުވައް

  ތީ ހަމަ ތެދެއް. ރާއްޖެ މިދަނީ އެއްދުވަހުން އަނެއްދުވަހަށް ނާމާންވެ ބިރުވެރިވެ ޖާހިލުވަމުން. ސިންގަޕޯރ ފިންލެންޑް ޖަޕާނުގެ ތައުލީމު ދިނުމުގައި ބޭނުންކުރާ އުސޫލުތައް ނަމޫނާއަކަށް ބަލަން އެބަ ޖެހޭ. ރާއްޖެއަކީ ސޫދާނަކަށް ޔަމަނަކަށް ވާކަށް ހެޔޮ ވިސްނޭ އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެ.

 2. މުހައްމަދު

  ރަގަޅުވާހަކައެއް ނަމަވެސް މުޅިގައުމު ސިޔާސީ ކުޅިގަނޑަކަށް ހަދާ ހެވާނުބައި އޮޅުވާލާފަ ޤާނޫނު އެކޮޅުކޮޅުން ޖަހާފަ ދެންކޮންޖީލެއް ބިނާކުރެވޭނީ ފުރަތަމަ ތިމާމެންގެ ނޭއްގާނީކަން ހަމަޔަކަށް އަޅުވާފަ މޮޅުވާހަކަ ދެއްކުން ރަގަޅު ނަމޫނާ ނުބައިވީމަ ކޮޕީވެސް ނިކުންނާނީ ހަމައެގޮތަކަށްނޫންބާ ހެހެހެހޭ

 3. އަބްދުއްލާ

  ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ ޤައުމު އަމާނެއް ނުވާނެ – ނައިބު ރައީސް -

  ޖެނުއަރީ 13, 2019

  ކޮބާ އެމްޑީޕީ މިޤައުމަށް ދިންގެއްލުން މިހާ ތިޔޮއްގޮވަނީ އަމިއްލަ ދުމުން .

  މީހުންގެ އަބުރު ކަތިލުން ، ލަދުހަޔާއްކެނޑުން ، އިސްލާމްދީނަށް އާޑަކިޔުން

  ،މާލިއްޔަތަށްޚިޔާނާތްވުން ، ދައުލަތުގެ މުދަލުގަ ހުޅުޖެން ، ނަނާހުވަފެނުގެ ވައުދު

  އަވާމެންދުރުން ފުއްދުން ، ޖާހިލުންނަށް ވެރިކަންދިނުން ، ޚާއިނުންނަށް ދައުލަތުގެ

  ޚަޒާނާ ހިބަކޮށް ދިނުން ، ބަނގު އާނމުކުރުމަށް ހިއްވަރު ދިނުން ، ރަނގަޅު

  ނުބަޔަށް ބަދަންކޮށް ޖިންސުއް ލަތީފުންގެ ނިޔަނެތިކަން މަގުމަތީ އުނގުނޅޭ

  ބާޒާރަކަށް ހެދުން ، ކުރުކޮށް ފޮނިކޮށް ބުނާނަމަ މިޤައުމުގެ ބަތާނަ އަށް ފަސާދަ އަޅާފުރާލީ.

 4. Anonymous

  ރަނގަޅު ޖީލެއް ބިނާކުރާ ވާހަކަ ދައްކާއިރު ފުރަތަމަ އަމިއްލަ ނަފްސު އިސްލާހް ކޮއްފަ ދެން މިގައުމުގައި އޮތް ލާދީނީ ވަޞުޢީ ގާނޫން އިސްލާމީ ޝަރިއްޔާއައް ބަދަލުކޮއްލާ އޭރުން ރަނގަޅު ޖީލްތައް ބިނާވެގެންދާނެ.