އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭކަމަށާއި ދެން ރާއްޖޭގައި ކުރާ އެންމެ ބޮޑު މުޒާހަރާ ކުރާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އުދުހެނީ ސަރުކާރުގެ ކޮންޓްރޯލު އޮވެގެން ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ހަވާލާދީ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް އެޓޭޗް ކުރައްވައި އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި އެވެ.

އުމަރު ވިދާޅުވީ ޝާހިދު އެހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި މި އުޅަނދުތައް އުދުހެނީ އިންޑިއާގެ ދިއްލީން ދޭ އޯޑަރަކަށް ކަމަށާއި އެމްއެންޑީއެފްގެ އޯޑަރަށް ނޫން ކަމަށެވެ.

"ރާއްޖެއަށް މި ހެލިކޮޕްޓަރު ގެނެވުނު ފަހުން ރާއްޖޭގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތިން ބޭފުޅަކާ އަޅުގަނޑު ސުވާލުކުރިން. އެބޭފުޅުން ވިދާޅުވީ މި އުޅަނދުތައް އުދުހެނީ އިންޑިއާގެ ދިއްލީން ދޭ އޯޑަރަކަށް ކަމަށް. އެމްއެންޑީއެފްގެ އޯޑަރަށް ނޫން ކަމަށް." އުމަރު ނަސީރު ވިދާޅުވި އެވެ.

އުމަރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭ ކަމަށާއި ސިޔާސީ ލީޑަރުންނަށް ސުޕާރީ ދެއްވައިގެން ގައުމުގެ މިނިވަންކަމާ ގުޅުން ހުރި ކަންކަން ހިންދައިލެވިދާނެ ކަމަށް ހީކުރެވޭ ނަމަ އެއީ ކުށް ހީއެއް ކަމަށެވެ.

"އިންޑިއާގެ ނިޔަތް ސާފު ނަމަ، އެގައުމުން އެއްބަސްވެ ސޮއިކޮށްފައިވާ ގޮތަށް ދިވެހި ސިފައިން ތަމްރީނު ނުކުރަންވީ އެއްވެސް ސަބަބެއް ނެތެއް ,އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭ. ސިޔާސީ ލީޑަރުންނަށް ސުޕާރީ ދެއްވައިގެން ގައުމުގެ މިނިވަންކަމާ ގުޅުން ހުރި ކަންކަން ހިންދައިލެވިދާނެ ކަމަށް ހީކުރެވޭ ނަމަ އެއީ ކުށް ހީއެއް." އުމަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އިންޑިއާ އިން ފުރަތަމަ އެއްބަސްވީ ދެއަހަރު ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ދިވެހި ސިފައިން ޓްރޭނިންކޮށް ދިވެހިންނާއި ހެލިކޮޕްޓަރުތައް ހަވާލުކުރާށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތައް އިންޑިއާ އިން އަމަލު ކޮށްފައެއް ނުވެއެވެ.

ޔާމީންގެ ސަރުކާރުން ހެލިކޮޕްޓަރުތައް ބޭނުން ކުރުން ހުއްޓާލާ ހެލިކޮޕްޓަރުތަކާއި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށްދާން އެނގިއެވެ. ނަމަވެސް އެއެންގުމަށް އިންޑިއާ އިން ބޯލަނބާފައެއް ނުވެއެވެ.

ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން ހެލިކޮޕްޓަރުތައް ރާއްޖޭގައި ބަހައްޓަން ނިންމާ، އިންޑިއާ ސިފައިންގެ ވިސާ ވަނީ އާކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. މާސް ސަލީމް

    އެކޮއެ މިނިވަން ފަންސާހުގެ ލާރިގަނޑު ހޯދަން މުޒާހަރާކުރުން މާ އަޢުލާކަން ބޮޑުވާނެ!

  2. ޖިންނި

    މިހާރު މި އޮތް ޚާއިނު ، ސެކިއުލަރ ކޮރަޕްޓް ސަރުކާރު ވައްޓާލާނަން އިންޝާﷲ

  3. ވިއްޓޭ

    މަ ތައްޔާރު. މިހާރު ކަނޑު ބަލަހައްޓަން މަނަވަރެއްވެސް ގެނެސްފި.މީ ބޮޑުވަރު.

  4. ނަފާ

    އިންޑިއާއިން ކަލޭ ދުއްވާލާނި އޭރުން.. ކަލެއްއަށް އަދި އިންޑިއާގެ ހުރި ވަރު ނޭނގެނީ ބުރޯ.. ނުރައްކާ ބައެއް ގޭގަ އޮއްވެސް އައިސް ދުއްވާލަފާނެ.

  5. އެލެކްސް

    މިރާއްޖެ އަކީ މިނިވަން ގައުމެއްތޯ އުމަރު ގާތު އަހާލަ ދެއްވާނަންތޯ؟

  6. ޖިންނި

    އިންޑިއާއިން ކަލޭ ދުއްވާލާނި އޭރުން.. ކަލެއްއަށް އަދި އިންޑިއާގެ ހުރި ވަރު ނޭނގެނީ ބުރޯ.. ނުރައްކާ ބައެއް ގޭގަ އޮއްވެސް އައިސް ދުއްވާލަފާނެ……… ( ބުނަން ވާހަކައެއް '' ވަޅު ކައްޓަފުޅި ދާންޏަކަށް ނުސިހޭނެ '' )

  7. ޢަހްމަދު

    ކަލޭ ހޯމް މިނިސްޓަރަކަށް ހުރި އިރު ވީ ކަމެއް ނެތް ދެން މީހުންގެ ސަމާލް ކަން ހޯދަން ނޫޅޭ

  8. ޖޭ މޯލްޑިސް

    އިންޑިއާ ސިފައިން ތިބެނީ، އާއްމު ގޭގައި ކުއްޔަށް، އުޅެނީ އާއްމުންނާއެކު، ކުޅެ ކަސްރަތުކޮށްހަދަނީ އާއްމު ރައްޔިތުންނަށްވެސް ހުންނަ ތަންތަނުގައި، ޒުވާނުންނަށް ހުންނަ ތަންތަނުގައި، މީހުންގެ އަނބި ދަރީން އެމީހުން ބޭނުން ކުރޭ، ވިޔަފާރި ކުރުމާއި މިކަންކަން ކުރުމަކަށް ހުރަހެއް ނެތް، ބީޗްތައް ބޭނުންކޮށް އުޅުމަށް ހުރަހެއް ނެތް، އެމީހުން މަގުގައި ހިނގާ ބިނގާވެ އުޅެނީ ބޮޑާ ކަމާއެކީ. މީ ލ.ގަމުން ފެންނަ މަންޒަރުތައް. މިފުރުޞާތު މިގޮތަށް ލިބިލިބި އޮތުމަކީ ރައްކާތެރިކަމެއް ނޫން. ހަމަހިތަށްއަރަނީ ކީއްވެބާއޭ، އެމީހުން ކޭމްޕު ޖަހައިގެން ވަކިތަނަކު ގާއިމު ނުވެ، އާއްމުން އުޅޭތަންތަނަށް އަރައިގެން ވަރަށް ފުރީކޮށް މިއުޅެނީ.

  9. މުރާދު

    މުޒާހަރާއެއް ނުކުރިއެއްކަމަކު ބޭނުމެއްނެތި މިނިވަންމިގައުމުގައި އިންޑިއާސިފައިން ތިބުމާ
    އަހަރެންވެސް ދެކޮޅު

  10. عبدالله

    އެހާ ބާރުސްޕީޑެއްގައި މެކުހަށްޖަހައި، ކުރިއަރަމުންދާ ތަރައްޤީއެއް ދުވެލިމަޑުވެ ފިނިހަކަ ދުވެލީގައި އޮތުމަކީ، ގޯހެކެވެ. މުޒާހަރާ ކުރާނަމަ، ކުރިއަރަމުންދާ ތަރައްޤީއެއް ބާރުދުވެލީގައި ކުރިއެރުވުމަށް ބާރުއަޅައި މުޒާހަރާ ކުރެވިދާނެއެވެ. ނަމަވެސް މިރާއްޖޭގެ އިޤްތިސާދީ ކަނޑުގެ ސަރަޙައްދުގައި ފޯރިމަރަމުންދާއިރު، ބޭނުންކުރާ އާލާތްތަކާއި ސާމާނުތަކާއި ވަސީލަތްތަކަށް ދުވާލެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުގެ ވަރަށްބޮޑު އިންސައްތައެއް ހޭދަވަމުންދާއިރު، އެޚަރަދުތައް ކުޑަކުރުމުގެ ނިޔަތުގައި އަވަށްޓެރި އިންޑިޔާގެ ދާއިމީ އެހީވެސް އަދި ވަގުތީ އެހީވެސް ހޯދެން އޮތިއްޔާ މިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކަންކަން ނުކޮށް ފަރުނުޖެހޭނެއެވެ. މިހާރު މިރާއްޖޭގެ ކަނޑުތަކުގައި ޙަރަކާތްތެރިވާ ކޯސްޓްގާޑް މަނަވަރުތަކާއި ލޯންޗްތަކާއި ބޯޓްތަކާއި އުޅނދުތަކަށް ގަޑިޔަކު ކިތައް ރުފިޔާ ޚަރަދުވޭތޯ ޢުމަރު ބަލާނުލަންހެއްޔެވެ.

  11. ބޯބުޅި

    ވެދުން ސަލާމް ފަޙު ދައްނަަވަމެވެ އުމަރު ޙޯމުމިނިސްޓުރީގާ ޙުރިއިރު ނުވިކަމެއް ނުވާނެ ދެން
    އަގަ ނުތަޅާ ހުރުން އެދެން
    ވިޔަފާރިޔާގެން ކުރިޔައްދުރުވޭ

  12. ރައްދު

    ފޮރޮން މިނިސްޓަރ މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލަމެވެ ގައުމުގެ މިނިވަން ކަމާއި ސިއާދަތު ގެއްލޭގޮތައް ދޭދޭ
    ގުލުންތައް ތަރުތީބުކުރުމަކީ ގައުމަށް އޮތް ނުރައްކަލެކެވެ މިކަމުގައި ސާހިދުގެ ދައުރު ވަރަށް ބޮޑެވެ

  13. ހަލްސީނު މޫސާއިދީ

    އިންޑިޔާއިން މިގައުމުގެ ސަރަހައްދު ހިމާޔަތްކުރަން، ކަޑާއި އެއްގަމާއި ވައިގެ ސަރަހައްދު އެމިހުންގެ ދިފާޢީ ބާރުތަކުން ބަލަހއްޓާވާހަކަ، އެއީ ވަރަށް ހެއްވާ ވާހަކައެއް. މިދެްކެނީ ސިންގާޔަކާ ބަކަރިކޮއްޓެއްގެ ސަލާމަތް ކަން ބަލަހައްޓަން ހަވާލުކުރުން ކަހަލަ، ވާހަކައެއް. ތާރީޚްބައްލަވާ. މިގައުމުގެ ވެރިކަމާއި ބޭރުން ބަޔަކު ތޮޅުނު ކޮންމެފަހަރަކު އެއީ އިންޑިޔާއިން އައި މީހުން. އިންޑިޔާމީހުން. ޕޯޗްގީޒުން އައީ އިންޑިޔާގެ ގޯއާއިން. ހޮޅިންނާއި މަލަބާރީންނަކީ ސާފު އިންޑިޔާ މީހުން، ނޮވެމްބަރު 3 ގަ އައި ތަމަޅައިންނަކީވެސް ހަގީގަތުގަ އިންޑިޔާ މީހުން، އިންޑިޔާ ސަރުކާރަށް ދުރާލާ އެގިގެން ކުޅުނު ގޭމެއް އެވެސް. އޭރުވެސް މަގުސަދަކީ ދިވެހީން އަޅުވެތިކުރުން. މިގައުމުގެ އިްތިގްލާލާ މިނިވަންކަމާއި ދުވަހަކުވެސް އިންޑިޔާ ނޫން ބަޔަކު ބެހި މިގައުމަށް އަރައިގެން ފައެއް ނެތް!

  14. އަދަބު

    ތިކަން އަވަސްކުރޭ އުމަރާ! ޝާހިދުމެންތިބީ އުނގަށްއެރި. ހުރިހާ ކުޅިއެއްކުޅެނީ ޝާހިދު. އިބޫއަކަށް ވާނުވާވެސް ނޭނގޭނެ. އެއީ ހަމަ ހުންނަ މީހެއް. ޝާހިދެއް ތެދެއް ނަހަދާނެ. އޭނާ އެހެންމީހުނަށް ވައްބަހުން ޖަހާނެ. މައުމޫނާދިމާއަށްވެސް ކޮރަލިތަކުރޭ ކިޔައިގެން އަނގަފުޅު އެރުވިއެއްނު. ޔާމީނަށްވެސް ވަދުނަގުގަ ކަންނެއްޔާ ލައްޓިއާ ކޮރަކައްޔާއޭ ކިޔއިގެން އަނގފުޅު އެރުވިއެއްނު. މިޖެހުނީ ކާކުބާ ނަނުގަ. މިހާރު އެއޮތީ ތައްޓުަ މައްޗަށް އެއްލާފަ

  15. ބަނާނަ މޭން

    ހއިންކޮއްޗެއް ހަރުގަންޑު

  16. ޖާން

    މިހުރިހާ ދުވަހު ހެލިކޮޕްޓަރ އުދުހުނުއިތު ތިޔަ ބީތާ ހުންނެވީ އަމާކައިރިޔަށް ހުނިގުރާބު ބަލާ ގޮއްސަތަ؟

  17. މަސްވެިރިޔާ

    މަސްވެރިޔާ ތައްޔާރު. ބޭނުންވަނީ ސަރުކާރު ޖަވާބު ދާރީކޮށް ހަމަ މަގަށް އެޅުވުމަށް އުމަރު ނުކުތުން... އުމަރު ނޫނީ ކެރި ޤައުމަށްޓަކާ ތެދުވާނެ އެއްވެސް ލީޑަރ އެއް ނެތް. މިއަދު އަތް އުރާލާއިގެން ތިބެއްޖެނަމަ ދަރިން އުޅެންޖެހޭނީ އިންޑިއާގެ އަޅުވެތިކަމުގައި ...ކެރިގެން ޤައުމަށްޓަކާ ޒުވާނުން އަތްގުޅަމާތޯ.

  18. އެދުރުބެ

    މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ ކަމެއް.

  19. ހަސަދު

    އެއަށް ތުރެ ކުރިން ސިފައިންގޭގައި އުޅުއްވިއިރު ކުރެއްވި އަނިޔާތަކާ ދެކޮޅަށްވެސް މުޒާހަރާ ކުރަންފެނޭ.

  20. އަހުސަން

    ދިވެހި ރައްޔަތުންނޭ ހޭ އަރާ! އިންޑިޔާ އަޑީގަ އޮވެގެން ނޮވެމަބަރު 3 ގެނައީ ޑަމީއެއްޖައްސައިގެން އައްޑޫގަމަށް އަރާ އެތާ ތިބެން. މާލެއައިސް ތަމަޅަ ޓައިގަރުން އޭރު ފިލައިގެން ދިޔައީމަ، ދެން އެން އެސް ގޮދާވަރީ ، މިސްރާބު ޖެހީ އައްޑޫ ގަމަށް. އެތަނަށް ތަމަޅަ ބާޣީން އަރާފާނެ އޭ ކިޔައިގެން. އެފަހަރު ކާމިޔާބު ނުވީ އެމެރިކާގެ ރުހުން އޭރު އިންޑިޔާ އަށް ނޯންނާތީ، ޑިޔަގޯ ގާޝިޔާއިން ގަމަށް ނުދާން އިންޒާރު ދިނުމުން. މިހާރުވެސް މާލަސްވެއްޖެ. މިކަމާ ދިވެހި ރައްޔިތުން ނިކުމެ ނުރުހުން ފާލުކުރަްވީދުވަސް މި ފައިތުވެ ދަނީ،

  21. ސާރީ

    އިންޑިޔާގެ ގެރިގޮރުންތައް ބޭރުއަރުވާލަން ޖެހޭ އެބަ. ބަލާއަކާ ހަމަކަމެއްނުތީ؟ އިބޫ އކަށް ވެސް އިންޑިޔާގެ ގެރިގޮރޭ މެން ސައިޒުނުކުރެވުން...................

  22. ބަނާނަ މޭން

    ކުރިން ޖެއްސިވައްތަރު ނުޖެއްސޭނެ

  23. އަލީ

    އުމަރުސާބަސް މަވެސް ބައިވެރިވާނަން އަދި އެންމެންވެސް ބައިވރިވާނެ! އަވަސްކުރޭ!

  24. Anonymous

    ޠާމީނުގެއަތްދަށުން މިގައުމުސަލާމަތްކޮށް ދެއްވީތީ ށުކުރިއްޔާ ރައީސް ސޯލިހު

  25. މާހިރު

    މަވެސްދާނަން

  26. ޜާއްޖެ އިސްލާމް

    ޢުމަރުގެ ތިވާހަކައަށް 100% ތާޢީދުކުރަން ދެރަކަމަކީރައީސް ޔާމީން ތިފަދަ ކަންކަން ހުއްޓުވަން މަސައްކަތްފެށުމުން އަނިޔާވެރިޔޭ ވައްކަމޭ ކިޔަމުން ދިޔަ އިދުކޮޅުމީހުންނަށް އެއްލަވައެއް ވަކި ހިސާބުން ޢުމަރުވެސް ކިޔަން ފަށިކަން.

    ޤަބޫލް ކުރަންޖެހޭ ހަޤީގަތަކީ 30 އަހަރު މިރާއްޖޭގަ ވެރިކަންކުރި ބޭފުޅާ ވެރިކަން އެކުރީ ހަމަ މިއަޅުވެރިކަމުގަ ޤައުމު ކުރިނޭރި ސަބަބަކީއެއީ މިޔަދު އެކަން ވަޒަންކޮއްލެވޭނެ އޭގެފަހުން އަންނި ވެސް ހަމަވީ ގޮނޑިކޮއްކޮއަކަށް .
    އިސްލާމްދީނާ ދިވެހި ސަގާފަތާ ތަރިކަ ހިމާޔަތްކުރުޟައެކު ޤައުމުގެ އިގްތިސާދު ކުރިއަރުޥާ އިޖްތިމާއީ ދުޅަހެޔޮކަން ޤާއިމް ކުރުމާއެކު ސިޔާސީ މައިދާނުގަ ޚުދުމުޚްތާރުނުވެ މިރާއްޖޭގެ ވެރިކަމެއް އެއްވެސް މީހަކަށް މުސްތަޤްބަލްގަވެސް ނުކުރެވޭނެ.

    ޢުމަރައް ކުރިޔަށް ދެވިދާނެ ޔާމިންއާ އެއްގޮތަށް ބައެއް ކަންކަން އެއަށްވުރެވެސް ރަނގަޅަށް . އެހެންނަމަވެސް ޤާސިމްގެ މަޝްވަރާ ނުވަތަ ޤާސިމްއަށް ވެދާނެ ގޮތަކަށް ބަލައިގެން ސިޔާސީ ކުރިމަގެއް ޢުމަރަކަށް ނެތް މިހާރު ސަރުކާރު ތެރެޔަކު ނެތް ޚަރުދަނާ އެކަކުވެސް އެހުރިހާ މީހުންނަކީވެސް އިންޑިއާގެ އަޅުން.

    އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުވެސް ހަމަ އިންޑިއާގެ ނުފޫޒުގަ ފޭރިގަތީ އިލެކްޝަން މިހާރުވެސް ހިންގަނީ އެމީހުންގެ ނުފޫޒުގަ.

    މިހާރު ފެންނަމުންދާ ކަންކަމުގެ ހަޤީގަތަކީ އެލެކްޝަން އޮޅުވާލިކަމުގެ ލާމަސީލް މިސާލު. ޕޮލިހަކަށް އެ މައްސަލައެއް ނުބެލުނެންނު. ޢުމަރުވެސް ބުނީ ކިހިނެއްހޭ ވޯޓް އޮޅުވާލާނީ އެހެންނަމަވެސް އެނގޭ އެއީ ޔާމިންއާ އޮތް ހަސަދައެއްގެ ސަބަބުބް ދެއްކި ވާހަކައެއްކަން.
    ޢުމަރަށްވެސް ވިސްނެނީ މާފަހުން އަޅުވެތިނުވެ ސަރުކާރު ދެމެހެއްޓެން އޮތްއިރު އެކަން ކުރާކަށް ބޭނުމެއްނުވި. މިހާރު މަގުމައްޗަށް ނުކުމެގެން އެތަކެއް ގުރުބާނީއެއް ވާންޖެހޭނެ.

    ޢެހެންނަމަވެސް ޢުމަރު އިސްނަގައިގެން ނުކުމެއްޖެނަމަ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތް ވެވިދާނެ އެކަމު އަވަހަށް އެކަން ކޮއްފުނަމަ

  27. ނައިންޓީ

    ސާބަހޭ ޢުމަރާ! އިންޑިޔާއިން މިހާރު ބައެއް ދިވެހިންނަށް ސުޕާރީ ކާންދީގެން އެއުޅޭ އުޅުމަށް ބަހެއް ބުނެލާނެ ދިވެއްސެއް ޢުމަރު ނޫނީ ނެތްކަމީ މިއަދުގެ ދިވެހިންގެ ގޮތްކުޑަކަމާ ގައުމިއްޔަތެއް ނެތްކަމުގެ ސާފު ހެއްކެއް. އިންޑިޔާ ގެ އެންމެންނޫނަސް ވެރިކަމުގެ ބާރުތެރޭގައި ވެރިކަން ކުރަނީ އިންޑިޔާ މީހުން ނޫން ދެން އެންމެންނަކީ އެމީހުންގެ ނަޒަރުގައި އެއްވެސް ބައެއް ނޫންކަމުަށް ދެކޭ ޕްލޭނެއްގެ ތެރެއިންކަން އެއީ މިހާރު ދުނިޔެއަށް އެނގޭ ހަގީގަތެއް. އިންޑިޔާއަކީ ދުވަހަކުވެސް ދިވެހިގައުމަށް ހެޔޮ އެދޭ ވެރިކަމެއް ކުރާ ތަނެއްނޫން. އެމީހުން ބޭނުންވަނީ މަލިކަށް ހެދިހެން ރާއްޖެއަށް ހަދަން. ދިވެހި ސިޔާސީ މީހުންތިބެނީ ރުފިޔާ ލިބޭ ކޮޅަކަށް ގޮސް ހުސްވެފަ. ގައުމު ވީދިޔަސް ވަރިހަމަވެފަ ނުތިބެ ޝާހިދާ އޭނަފަދަ އެންމެންނާ ދެކޮލަށް ތެދުވަން އެބަޖެހޭ. އިންޑިޔާ ސިފައިން ބޭރުކުރޭ. ޝާހިދުއާ އެފަދަ ޚާިއިނުން ވެސް ހައްޔަރުކުރޭ.

  28. އިބްރާ

    ރައީސް ސާލިހުގެ ވެރިކަމުގައި ކޮންމެހެން އެގްރިމެންޓް އާކުރާކަށެއްވެސް ބޭނުމެއްނޫނެވެ. ކުރީ ސަރުކާރުން އާނުކުރި އެގްރިމެންޓަށް އިންޑިޔާއިން އަމަލުނުކުރީ ކީއްވެތޯ އިބޫ ސަރުކާރުން އިންޑިޔާގެ ކިބައިން އޮޅުންފިލުވާފައި ނުވަނީ ކީއްވެތޯ ބަލަންޖެހެއެވެ. ރިޝްވަތޭ ކިޔައިގެން އައި ސަރުކާރުގެ ރިޝްވަތުގެ ކަންތަށް މިއޮތީ ހާމަވެ ފެންނާކަށްނޫންތޯއެވެ؟ ރައްޔިތުންނޭވެ. މިވަރުގެ ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ގައުމު ފަނާވުމަށް މާކަގިނަދުވަހެއް ނުނަގާނެއެވެ.

  29. އިބްރާ

    ދެވަނަ އިޒްރޭލު.

  30. ލަކީ

    އުމަރު އެކަނި މުޒާހަޜާ ކުރާނީ

  31. އިންޑ އައުޓް

    ބައިވެރިވާނަން