ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އިން 23 ނަރުހުން ހޯދަން އިއުލާން ކޮށްފިއެވެ.
އައިޖީއެމްއެޗް އިން ކުރި އިއުލާނެއްގައި ވިދާޅުވީ ނަރުހުން ހޯދަން އިއުލާން ކުރީ އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް ބޭނުންވާތީއެވެ.
ނަރުހުންގެ މުސާރައަކީ މަހަކު -/9060 ރުފިޔާ ކަމަށާއި ސަރވިސް އެލެވަންސްގެ ގޮތުގައި މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/188 ރުފިޔާ އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ދަންފަޅި އުސޫލުން މަސައްކަތްކުރައްވާނަމަ ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭ ފައިސާ ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ.
ވަޒީފާ އަށް ކުރިމަތިލާ މީހުން ވާން ޖެހޭނީ ނާރސިންގގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށް ކަމަށް އިއުލާނުގައި ވެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނީ ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވެއެވެ.
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން، އައިޖީއެމްއެޗްގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަދި ފެކްސް ނަންބަރީ 3316640އެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އައިޖީއެމްއެޗް އިން ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާން ކުރިއިރު ދަރުމަވަންތަ ހޮސްޕިޓަލް ވެސް ހުރީ މިހާރު މަސައްކަތް ނިމެން ކައިރިވެފައެވެ.
އަދި ކިރިޔާ ދުވަސް އެހާ ގިނައިން އެޕްލައިކުރަން ފުރުސަތު ތިޔަ ލިބުނީ އެހެން ނޫނީ އައިޖީއެމްއެޗް އިން 3 ދުވަސް ނޫނީ 4 ދުވަހުން މުއްދަތު ހަމަވާ ގޮތަށް ހަދާފައި ހުރީ
އައިޖީއެމް އެޗް އެސްރޭގަ ވެސްތިބެނީ ހުސް ބޭރުމީހުން ކިޔާނުކިޔާ އެއްޗެއް ނޭގޭ ވ އުދަގޫވޭ، ދިވެހިން ތިބޭނަމަ ވ ރަގަޅުވާނެ